ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު މިދިޔަ އޮގަސްޓް މަހު ހައްޔަރުކުރި މީހަކު އެތަކެތި ރާއްޖެ ގެނައި ކަމަށް ކޯޓުގައި އިއުތިރާފު ވެއްޖެއެވެ.

މާލެ އަތޮޅު ކާށިދުއަށް ނިސްބަތްވާ ނަމަވެސް ހުޅުމާލޭގައި ދިރިއުޅެމުން އައި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި އަޑުއެހުމުގައި އޭނާ ބުނެފައިވަނީ އެ މަސްތުވާތަކެއްޗަކީ އޭނާ އަމިއްލަ އަށް ބޭނުން ކުރުމަށް ގެނައި ތަކެތި ކަމަށެވެ.

އެތަކެތީގެ ބަރުދަނުގައި 2.98 ކިލޯ ހުއްޓެވެ. އެހެންކަމުން އޭނާގެ މައްޗަށް ފުލުހުން ކުރަނީ ވެސް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތެވެ. މަސްތުވާތަކެތި ޓްރެފިކް ކުރުމަކީ 25 އަހަރުގެ ޖަލު ހުކުމެއް އަންނަ ކުށެކެވެ. ނަމަވެސް މަސްތުވާތަކެތި އަތުގައި ބެހެއްޓީ ބޭނުން ކުރަން ކަމަށް ވާނަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްގެން ޖަލު އަދަބުން ސަލާމަތް ވުމުގެ ފުރުސަތު އޮންނާނެއެވެ.

ކޯޓު އަމުރުގައި ބުނެފައި ވަނީ މަސްތުވާތަކެތި ފެނުނީ ޕޯސްޓް މެދުވެރިކޮށް އައި ފޮށިގަނޑެއްގައި އޮތް ފުޓް މަސާޖާއެއްގެ ތެރެއިން ކަމަށެވެ. އޭގެ ތެރެއިން މަސްތުވާތަކެތި ހުރި ދެ ރަބަރު ޕެކެޓް ފެނުނެވެ.

"މީނާ ވަނީ މަސްތުވާތަކެތި އެތެރެކުރި ކަމަށް އިއުތިރާފްވެފައި. ނަމަވެސް އެއީ ވިޔަފާރިކުރުމަށް ނޫން ކަމަށާއި އެއީ ބޭނުންކުރުމަށް ކަމަށް މީނާ ބުނޭ." ކްރިމިނަލް ކޯޓުގެ އަމުރުގައި ވެއެވެ.

ކޯޓު އަމުރުގައި ވަނީ އެ މަސްތުވާތަކެއްޗަކީ އޭނާ ބޭނުންކުރުމަށް ގެނައި ތަކެތި ކަމަށް ބުނި ނަމަވެސް، އެކަން އެކަށީގެންވާ ގޮތެއްގައި އޭނާއަށް ސާބިތު ކޮށްނުދެވޭ ކަމަށެވެ.

ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަންގެ ތެރެއިން އޭނާ ފިލަން މަސައްކަތް ކުރި ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

ފަހަކަށް އައިސް ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަގިލި

    މާމޮޅު ގޮތެއްނު ސަލާމަތްވާން

  2. އަހްމަދު

    ހުރިހާ ކަމެއްވެސް މިހެން
    ލިވާތުކޮށްފައެއްބަސްވީމަ ކުޑައަދަބު
    ދައިލަތުން ވައްކަންކޮށްފަ އެއްބަސްވީމަ ކުޑައަދަބު
    ގައުމެއް ނެތް.....

  3. ފަލަކު

    ކޯޓްގަ އިއުތިރާފު ވުމުން ހުކުމް ލުއިކޮށްދިނުމުގެ ގޮތުން 3 ކިލޯ ޑޮރަގު ވެރިފާރާތާ ހަވަލު ކޮށްދެއްވާ

  4. އަދުރޭ

    ޢަންހެނެއްތަ؟ފިރިހެނެއްތަ؟ ތިމީހާގެ ނަމެއްވެސް ނެތީތަ؟