މިދިޔަ ހޯމަ ދުވަހު އަންހެން ހެދުމުގައި ރަސްފަންނު ސަރަހައްދަށް އެއްވި ފިރިހެނުންގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވިދާޅުވެ ފުލުހުންގެ ރާގު ބަދަލުކޮށްފިއެވެ.

މި މައްސަލަ ތަހުގީގުކުރަމުން ދޭތޯ "ވަގުތު"އިން މިއަދު ހެނދުނު ސުވާލުކުރުމުން ފުލުހުން ވަނީ އެތަނަށް އެއްވި މީހުންނަށް ނަސޭހަތްދީ ފޮނުވާލި ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ތަހުގީގުކުރަމުން ދާކަމަކަމެއް ހާމަ ނުކުރައްވައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އޭގެ ފަހުން "ވަގުތު" އަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާފައިވާކަމަށެވެ.

މިކަން ހިނގާފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ހަވީރުއެވެ. މަންޒަރުދުއް މީހުން ބުނެފައި ވަނީ އަންހެން ހެދުމުގައި އެވަގުތު ރަސްފަންނަށް 10 ވަރަކަށް ދިވެހި ފިރިހެނުން ޖަމާވި ކަމަށެވެ. އެމީހުންނާއި އެކު ޒުވާން އަންހެނުންތަކެއް ވެސް އުޅުނުކަމަށް ވެއެވެ.

އާއްމު އިޖުތިމާއީ މިންގަނޑާއި ހިލާފަށް އުޅުމަކީ ގާނޫނުލްއުގޫބާތު ބުނާ ގޮތުން ޖިނާއީ ކުށެކެވެ. އާއްމު އިޖުތިމާއީ މިންގަނޑާއި ހިލާފު ވެގެން މީގެ ކުރިން ވެސް ބައެއް މީހުންގެ މައްޗަށް ޖިނާއީ ދައުވާ ވެސް ކޮށްފައި ވެއެވެ.

ފިރިހެނުން އަންހެން ހެދުން ލުމަކީ ދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައިވާކަމަކަށް ވާއިރު، ރާއްޖެ ފަދަ އިސްލާމީ ގައުމެއްގައި މިފަދަ މަންޒަރުތައް އާންމުވެ އެކަންކަމާއި މެދު އެކަށީގެންވާ ފިޔަވަޅުތައް އެޅިގެން ނުދާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބާރީ

    ދެޖިންސު ގުޅިގެން ހުތުރުކަން ބޮޑު ފާޙިޝް ޢަމަލުތައް ހިންގުމަށް ހިތްވަރުދީ އެކަން ޕްރޮމޯޓް ކުރާ ބަޔަކު އެފަދަ ކަންކަން ތަޙްޤީޤް ނުކުރާނެކަން ހެޔޮވިސްނޭ ޠާހިރު ކޮންމެ މީހަކަށް ވެސް ޤަބޫލުކުރެވޭނެ ދޯ ؟

    64
    1
  2. ނޫރާ ބާރީ

    ދެޖިންސު ގުޅިގެން ހުތުރުކަން ބޮޑު ފާޙިޝް ޢަމަލުތައް ހިންގުމަށް ހިތްވަރުދީ އެކަން ޕްރޮމޯޓް ކުރާ ބަޔަކު އެފަދަ ކަންކަން ތަޙްޤީޤް ނުކުރާނެކަން ހެޔޮވިސްނޭ ޠާހިރު ކޮންމެ މީހަކަށް ވެސް ޤަބޫލުކުރެވޭނެ ދޯ ؟

    38
    1
  3. ހެހެހެހެެ

    ފުލުހުންގެ މައްސަލަ ބަލާނީ
    ޕްރެޝާ ބޮޑުވީމަކުރާނެ ކަމަކީ ސީނަށްދިއަ ފުލުހުންގެ މައްސަލަ ބެލުން

    އާމު އުސޫލު

    30
  4. އަސްލު

    އެއީ ޕްރެޝަރު ބޮޑުވެގެން ބަލާތި ނުދޭނެ ރަނގަޅު އަދަބެއްވެސް

    25
    1
  5. ނަމަ

    އަނެންކާ އެވެރިންވެސް ހިތް ކިޔާ ޒާތުގެ ހެދުމަކައްވީބާ

    20
  6. އަބްދުﷲ

    ދެޖިންސު ގުޅިގެން ހުތުރުކަން ބޮޑު ފާޙިޝް ޢަމަލުތައް ހިންގުމަށް ހިތްވަރުދީ އެކަން ޕްރޮމޯޓް ކުރާ ބަޔަކު އެފަދަ ކަންކަން ތަޙްޤީޤް ނުކުރާނެކަން ހެޔޮވިސްނޭ ޠާހިރު ކޮންމެ މީހަކަށް ވެސް ޤަބޫލުކުރެވޭނެ ދޯ ؟

    16
  7. ދިވެހި ޒުވާނުން

    ދިވެހި ފިރިހެނުން އެމީހުންގެ ތުނބުޅި މަތިމަސް ބާލައިގެން އުޅުމަކީވެސް އަންހެން ވުމުގެ ވައްތަރެއް އެމައްސަލަވެސް ބަލަންވީނޫން އަދި ދީން ކިޔަވައިގެން ތިބެ ތުބުޅި މަތިމަސް ބާލާއިގެން އަންހެންވެގަނެގެން އުޅޭ ޝޭޚުންގެ މައްޗަށް ވެސް ޤާނޫނު ހިންގަންޖެހޭނެ އަދި ދެޖިންސުގެ ހެދުން އޮޅުވާލައިގެން އުޅޭމީހުންނަށްވެސް އަދަބު ދޭންވާނެ.

    7
    16
  8. ނަމަސްތޭ

    ސުޓޭޖްތަކުގަ ވެސްއުޅޭ އަންހެނުން ފިރިހެން ހެދުންލައިގެން . . އާމު ދިރިއުޅުމުގަވެސް . . ކުރުހެދުންލައިގެން މަގުމަތީ އުޅޭ މަންޖެތަކޯ . . ބުރުގާ އަޅުވަން ވީނު އެއްމެންގެ. . ތިމާމީހާ ގޭގަ ނުވަތަ އާއިލާގަ ބުރުގާ ނާޅާ ކިތައް ބޭފުޅުން އުޅޭތަ . . މި ކަމަކީ އޭގެޒާތުގަ ރަނގަޅުކަމެއްނޫން . . ހަމަބުނެލީ

    2
    2
  9. ޝާއު

    ކޮން ތަހުގީގެއް.. ތިއީ މާބޮޑު ތަހުގީގެއް ބޭނުންޥަކަމެއް ނޫން. ޕޮލީސިން ނޭގެންޏާ ގޭގަތިބެބަލަ.

    6
    1
  10. ހުސޭނުބޭ

    ފިރިހެނެއްގެ ޔުނިފޯމްލައިގެން އިން އަންހެނަކު ޕޮލިސް ކަމިޝަނަރަކަށް ހުރުމުން ތިހެން ވެދާނެ

  11. Anonymous

    ނ. އަތޮޅު މަނަދުއަށް ވެސް ހުތުރު
    ނ. މަނަދޫ ޝޭޚް މުޙައްމަދުގެ ދަރި ނާހިދުވެސް އެހެރީ އެތާ. ކޮބާ އެމްޑީޕީ އާއިގެން އަންނިއާއި ގެން މަރުދޭ ވަރުގައި ހުރިހާ ދަރިން އެމްޑީޕީއަށް ވައްދައިގެން. ތާހިރު ެެެެެެެެެެެެވެއްޖެ. ރައީސް މައްމޫނަށް އެތިވަރުގޮވާ އައްނިވަރެއް ނެތިގެން ޑިމޮކްރަސީ
    ފައްކާ ވީ. ދެން އަތްޖަހާ