ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު، ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ ނުރަސްމީ ދަތުރުފުޅަކަށް ރައީސް މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.

ރައީސް ސޯލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ބަހްރައިންގެ ރަސްގެފާނު، ހަމަދު ބިން އީސާ އަލް ހަލީފާގެ ދައުވަތަކަށް އެގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފައިވަނީ މީގެ 3 ދުވަސް ކުރިން ނެވެ.

އެ ދަތުރުފުޅުގައި ރައީސް ވަނީ، ބަހްރައިންގެ ރަސްގެފާނާއި ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރައްވާފައެވެ. އެ ބައްދަލު ކުރެއްވުމުގައި، ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ދެގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބާރުލުންދީ، ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައި މަޝްވަރާކުރެއްވި އެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލަވް

    ދެން ނެތް މާކަ ގނަ ދުވަހެއް ތި ފްރީ އުދުހުން އުދުހޭކަށް!! އަންނި އެބަ ހަނާ އަޅާ!!

    9
    1
  2. ހުސެން

    ދުނިޔެ ކުޑަކޮށްފި މި ލުއްޗާ ވެރިކަމަށް އަރާ.ދުނިޔެ ވަށާ ބުރު ޖެހުން މީނަ ކުރާ ހިތްވާކަމީ

    7
    2
  3. ސަމްކުޅިބޭ

    އަނެއްކާ މިފަހަރުވެސް ނައިބުރައީސް ހުވާކުރައްވަން ނުޖައްސަވާތި.

    7
    1