މިދިޔަ ހޯމަ ދުވަހު އަންހެން ހެދުމުގައި ރަސްފަންނު ސަރަހައްދަށް އެއްވި ފިރިހެނުން އެ ސަރަހައްދަށް ޖަމާވުމުގެ އެއް ދުވަސް ކުރިން ވަރަށް "އެކްސައިޓިން" ކަމެއް އޮންނާނެކަން އެންގިކަން ހާމަވެއްޖެ އެވެ.

އެކަމުގައި އިސްކޮށް އުޅުނު ރާއްޖޭގެ މަޝްހޫރު ފިރިހެން ފެޝަން ޑިޒައިނަރެއް މިދިޔަ އާދިއްތަ ދުވަހު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ ޖެހިގެން އައި ހޯމަ ދުވަހު ހަވީރު 04:30 ގައި ރަސްފަންނަށް އެންމެން ދިއުމަށެވެ.

ނަމަވެސް ރަސްފަންނުގައި އޮތީ ކޮންކަހަލަ ހަރަކާތެއް ކަމަށް އޭނާ ނުުބުނެެ އެވެ. ހަމައެކަނި ބުނީ އެއީ ވަރަށް "އެކްސައިޓިން" ކަމަކަށް ވާނެ ކަމަށެވެ.

އަދި އެއީ ފެޝަނާ ގުޅޭ ހަރަކާތެއްކަން ދުރުދުރުން ހީވާ ގޮތަށް އެކަމާ ގުޅޭ ހޭޝްޓެގެއް ވެސް ބޭނުންކޮށްފައި ވެއެވެ.

އެ ފޭސްބުކް އެކައުންޓާ ގުޅިފައިވާ އެހެން އެކައުންޓްތަކުގައި ފިރިހެނުން އަންހެނުންގެ ހެދުން ލައިގެން އުޅޭ ފޮޓޯތައް ވަރަށް ގިނައިން ފެނެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ރަސް ފަންނަށް އަންހެން ހެދުމުގައި 10 ވަރަކަށް ފިރިހެން ދިޔަ އެވެ. އެމީހުންނާއި އެކު ޒުވާން އަންހެނުންތަކެއް ވެސް އުޅުނުކަމަށް ވެއެވެ. ނަމަވެސް އާންމުންގެ ބަޔަކު ރިޕޯޓް ކުރުމުން ފުލުހުން އެ ސަރަހައްދަށް ގޮސް ވަނީ އެ މީހުންނަށް ނަސޭހަތްދީ ފޮނުވާލައިފަ އެވެ.

އެ މައްސަލަ ތަހުގީގު ނުކުރާ ކަމަށް ފުލުހުން ފުރަތަމަ ބުނި ނަމަވެސް އާންމުންގެ ފާޑުކިއުންތައް ބޮޑުވުމުން ފުލުހުން ފަހުން ބުނީ އެކަން ތަހުގީގުކުރަމުންދާ ކަމަށެވެ،

އާއްމު އިޖުތިމާއީ މިންގަނޑާއި ހިލާފަށް އުޅުމަކީ ގާނޫނުލްއުގޫބާތު ބުނާ ގޮތުން ޖިނާއީ ކުށެކެވެ. އާއްމު އިޖުތިމާއީ މިންގަނޑާއި ހިލާފު ވެގެން މީގެ ކުރިން ވެސް ބައެއް މީހުންގެ މައްޗަށް ޖިނާއީ ދައުވާ ވެސް ކޮށްފައި ވެއެވެ.

ފިރިހެނުން އަންހެން ހެދުން ލުމަކީ ދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައިވާކަމަކަށް ވާއިރު، ރާއްޖެ ފަދަ އިސްލާމީ ގައުމެއްގައި މިފަދަ މަންޒަރުތައް އާންމުވެ އެކަންކަމާއި މެދު އެކަށީގެންވާ ފިޔަވަޅުތައް އެޅިގެން ނުދާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ހަވާސާ ހާދިސާ

    ރާއްޖޭގެ މަޝްހޫރު ފިރިހެން ފެޝަން ޑިޒައިނަރެއް ވިޔަސް އެކުރީ ކޮށްގެން ނުވާނެކަމެއް! ފިރިހެނުން އަންހެން ހެދު އަޅަގެން އަންހެނުން ފިރިހެން ހެދުން އަޅަގެން އުޅުމަކީ އިސްލާމްދީނުގައި ނުކުރަން އަންގައިފައިވާކަމެއް!

    115
    2
  2. Anonymous

    މިގައުމު މީ މިހާރު ހަލާކުވެ ނިމިފަ އޮއްގައުމެއް.

    98
    1
  3. ޖާނޭ

    ތިޔައީ އޭ ބިރަކާނުލާ މަޖާ ކުރުމަކީ. ތިޔައީއޭ އެބުނާ "އިންސާފު' އަކީ. ހުރިހާ އިމެއް، ހުރިހާ ހައްދު ތަކެއް. ހުރިހާ ހުރަސް ތަކެއް ފަހަނައަޅާ ދިއުމަކީ "އިންސާފު/އިންފާރު" ފަހަނައަޅާ ގޮސް މަޖާ ކުރުމެވެ.

    96
    3
  4. އާމިރު މޫސާ

    މިސަރުކާރުގެ ޕޮލިޝް ކަމިޝަނަރާއި، ޕީޖީ ރާފުޅިދައްކާ ޝަމީމު ހުރެގެން މިގަވް ނުދާނެ ސަހަލު މިސްރާބަކަށް، ވަލިއްޔުލް ޢަމުރު އެއުޅުއްވަނީ ދެވަނަ ދައުރަކަށް ރައީސްކަން ނުކުރެވިގެން.

    29
  5. Anonymous

    ކޮބާތަ ކީރިތިރަސޫލާ ޞޢވ ވެރިކަން ކުރެއްވި ގޮތަށޭ އިބޫސޯލިޙް ވެރިކަން ކުރަނީ ބުނި ސޭކު އިމްރާނު، މިކަހަލަ ޝޭކުން މިގަވްމު ހަލާކުކޮށްފި، މަގާމަށް ދީންވިއްކާ ޝޭހުން، ކޮބާތަ މާ ޑރ. ކަމަށް ހެދިގެން އުޅޭ އިޔާޟް

    30
  6. ބަޑަންޑޫ

    ކީއްވެތަ ފެޝަން ޑިޒައިނަރުގެ ނަންޖަހާލަން ނުކެރިގެން ތިއުޅެނީ

    35
  7. ލާހި

    ތިނާ މަސްހޫރު ޑިޒައިނަރަކީ ކޮން ބޭފުޅެއްތޯ ކީއްވެތަ ނަން ހާމަކޮށްލަން ނުކެރެނީ އޭނުންތާ ކިހާވަރެއްގެ މަސްހޫރު ޑިޒައިނަރެއްކަން އިނގޭނީ

    29
  8. އީކުއޭޓާ މުހައްމަދު

    ކޮބާތަ އަންހެން ހެދުމާ ފިރިހެން ހެދުމަކީ. މިރާއްޖޭގަ އަންހެން ހެދުމާ ފިރިހެން ހެދުން ވަކިވޭތަ؟

    5
    8
    • ބުރާންތި

      ޢަންހެން ހެދުމަކީ ފިރިހެނުންލާ ނޫޅޭ އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ ހެދުންތައް. ޙަމަ އެގޮތަށް ފިރިހެނުންނަށް ޚާއްސަ ކުރެވިފައިވާ ހެދުންތައް.

  9. ސައިނީ

    ދެން ރާއްޖޭގައި އުސް ފެމިނިސްޓުން ބޯހަލާކު

    12
  10. އހ

    ކިހިނެއްވީ ހާދަ އިރަކުން ނޭ ތިހެން ތި ބުނެވުނީ ބޮޑު ވެގެން ވާ ދޮގެއް ހަދާލީ

  11. ހަބަރުބޭ

    ރަސޫލާ ދުޢާދެއްވިފަދަ ވެރިއެއް ވެރިކަމުގައިހުރެ މުޅި ޤަވްމު ލާދީނީކުރަމުންދާ މަންޒަރާ ، ފާޅުގައި މުރުތައްދުވާ މީހުންނާ ، އެކަންކަމަށް ހިތްވަރުދީ އެފަދަ ޢަމަލުތައް ހިންގާމިހުން ހެކިނެތްކަމަށްބުނެ ދޫކުރަމުންދާ މަންޒަރު އަޅެފަހެ އިލްޔާސް ހުސައިންއަށް ނުފެންނަނީ ހެއްޔެވެ؟

    24
    1
  12. ކޮރަލް

    ތިޔަ މައްސަލައިގަ އެމީހުން އިސްލާމިކް މިނިސްޓްރީ އަށް ހާޒިރު ކޮށް ސުވާލު ކުރަން ޖެހެ އެވެ.

    18
  13. އެދުރުބެ

    ޑިޒައިން ހުންނަ ގޮތުން ނޫނީ ފޮތި ހުންނަ ގޮތުން އެއީ އަންހެން ހެދުމެއް ނުވަތަ ފިރިހެން ހެދުމެއްކަން ކަނޑައަޅަނީ ކާކުބާ. ނޫނީ ކޮން ކޯޓަކުންބާ؟ ނޫނީ އަންހެން ހެދުން ނޫނީ ފިރިހެން ހެދުން ހުންނާނެ ގޮތުގެ ޑިޒައިންތަކެއް ގާނޫނަކުން ނުނީ ގަވާއިދަކުން ފާސްކޮށްފައި ވޭބާ؟

    2
    18
    • ބުރާންތި

      ތި ބުނާ ގާނޫނާއި ގަވައިދު އޮޅައިލާ.. ޤުރުއާނާއި ސުންނަތް ފަހުމްނުވާނީ ޖަހިލުން..

  14. ޖަމީ

    ޑިމޮކްރެސީގައި ފައްކާވެ ނުތާހިރުކަން މިހާރު ތާހިރުވެެގެން މިދަނީ 2023 އަށް ލާދީނީ ކަލޭގެ ވިހަ އަނގައިން ބޭރުކުރާ ހަރުފަވިހަތައް ބޮއެެގެން މި ގައުމުގެ ޒުވާނުން ވަރަށް ތާހިރު ވާނެ . އެމްޑީޕީމީހުންތީ ހުސް! ނުވާނެ ތިޔަ ރަނގަޅެއ! ކޮބާ އެ އުޅޭ ސޭކު އިމްރާނު! ސޭޚޫން ގެ ބޮޑު އަނގަގަނޑުތައް ކޮބާ! ހަހަަހަހަހަ! ލާދީނިއްޔަތަށް ވިކިފައި ތިއޮތީ ސޭކޫޫޫ

    17
  15. ޖާނޭ

    ފިލްމުކުޅެންވެސް އެހެންކަމަކުވެސް ފިރިހެނުން އަންހެން ހެދުން އެޅުމަކީ ދީނީ ހުއްދަކަމެއްނޫން.

    18
  16. ބ

    ނަށީދު އަންނި ބުއްޅަބޭ ބުނެގެން ކުރި ކަމެއްމީ. ލާދީނީ ކަންތައް ނޯމަލައިޒް ކުރަން. މިސަރުކާރައް ވޯޓްދިނުން ނިމުނީ

    16
    1
  17. ހަންނާނުބޭ

    މީ ގޯސްކަމެއް. ދީނުގައި ހަރާމްކަމެއްކަމަށްވާތީ މިކަންކަން ކޮށްގެން ނުވާނެ. މިކަމަކީ މީގެ އަހަރުތަކެއް ކުރިން މިރާއްޖޭގައި އީދުތެރޭގައި ކޮށްއުޅުނު ކަމެއް. އޭރު އެކަންކަން ގޯސްކަމެއްގެ ގޮތުގައި ފާހަގަ ނުކުރެވޭތީ އެކަންކަން މާބޮޑު ކަމަކަށް ނުވޭ. އޭރު މަހާނަތަކަށް ނަދުރު ބުނުމާ ޒިޔާރަތްތަކަށް ތަކެތި ހަދިޔާކުރުންފަދަ ކަންކަންވެސް ވަނީ ހިނގާފަ. މިއަދު މިފަދަ ކަންކަމުގެ ގޯސްކަން އެނގުނީމަ ދެން އެބަޖެހޭ މިކަންކަމާ ދުރުވާން. މިކަންކަން ޒުވާނުންނަށް ވިސްނައިދެވޭތޯ ކިޔައިދެވޭތޯ މީ އުފެދޭ ސުވާލެއް.

    12
  18. ޙުސައިނުބެ

    ހާދަގޮތްކުޑަބައެކެވެ. ދީނުގައި ކުރަން އަންގަވާކަންކަން މިއަލާތުން ލައްވައި ގަދަބާރުންވެސް ނުކުރުވެއެވެ. އެކަމަކު ކަމެއް ޙަރާމްކޮށްފައި އޮތިއްޔާ އެކަމެއް ނުކުރެވިގެން މިއަލާތުން ހީވަނީ ގުއިދަތިވެގެން އުޅޭހެންނެވެ. ތިފަދަ ކަންކަން ލުއިކޮށް ދޫނުކޮށްލުމަށް ސަރުކާރާއި ކަމާގުޅޭ ބޭކަލުންނަށް ގޮވާލަން.

    21
  19. ސުވާލެއް

    ކުރިން އަންގައިފައި ކިތަންމެ ބޮޑުކުށެއް ކުރިޔަސް ޑިމޮކްރަސީގައި ހުއްދަ އޭތަ ތިޔަބުނަނީ.

  20. ކަމަނަ

    ޜާއްޖޭގެ ބޮޑު ދަންނަ ކަލޭފާނު (ކެނެރީގޭ ނަަޝީދު ) ތިކަމާ ދޭތެރޭ ބުނަނީ ކީކޭބާ މަމެން މިހާރު އޭނާ ބުނާ އެއްޗަކަށް ބަލަނީ ތޮޔަފަދަ ކަންތަކުގަ

  21. އަހްމަދު

    ސްކޫލްތަކުގެ އެކްޓިވިޓީ ޔުނީފޯމް ހުންނަނީ އަންހެން ކުދިންނާ ފިރިހެން ކުދިންނަށްވެސް ހަމައެއްގޮތަށް. ހަރުވާޅާ ޓީޝާޓް. އެއީ އަންހެނުން ފިރިހެން ހެދުން ، ފިރިހެނުން އަންހެން ހެދުން އަޅަނީ ކަމަށް ނުފެންނަނީ ކީއްވެބާ؟އިސްކަންދަރުސްްކޫލް ޔުނިފޯމްވެސް ހުންނަނީ އަންހެންކުދިންވެސް ފިރިހެން ކުދިންވެސް ގަމީސްލާފައި. ހަރުވާޅު ނޫނީ ފަޓުލޫނުލާފާ.

    2
    3
  22. ވޯޓުން ޖަވާބުދީ

    މުޖުތަމައުގެ އަގުތަކާ ޚިލާފު ތިކަހަލަ އެތައް ކަމެއް ކުރިއަށް އެގެންދަނީ. އެންމެންގެ ކުރިމަތީގައި ވަރަށް ކެރިގެން. މި ކަމާ ނުރުހޭ އެންމެން އެ މީހުންގެ ނުރުހުން، އަންނަ އަހަރުގެ ރިއާސީ އިންތިޚާބުގައި އޮންނަ ވޯޓު ދިނުމުން ދައްކާލުން މުހިއްމު. އިސްލާން ދީނަށް ފުރައްސާރަ ކުރުމާއި ލިވާތުކުޅި އާންމު ކުރުމާއި އަންހެން ފިރިހެން އެއީ ވަކި ނުވާ ބައެއްކަން ދައްކަން އުޅުން ވެސް އާންމުކުރުމާއި މިފަދަ ކަންކަމަށް ހިއްވަރުދޭ ބައިގަނޑެއް ވެރިކަމުން ދުރުކުރުމަށް ލިބޭ އެންމެ ރަނގަޅު ފުރުސަތު އަންނަ އަހަރު ލިބޭނެ. އެހެންވެ، މިކަން ހަނދާންކޮށް، މިފަދަ ކަންކަމާ ހަގީގަތުގައި ވެސް ނުރުހޭ ނަމަ، ވޯޓުން އެކަން ދައްކުވައިދީ!

  23. Anonymous

    ތިޔަތާ އެހެރީ ނ. އަތޮޅު މަނަދޫގައި އެމްޑީޕީ އާއިގެން މަރުދޭ ޢާއިލާއެއްގެ ސޮރެއް.
    ހަޑިދޯ މުދިމެއްގެ ދަރިއެކޭ ބުނާތީވެސް.
    މިހާރު ޑިމޮކްރަސީގެ ފައްކާކަން އެނގޭނެ.