ށ. ކީކިމިނީގައި ގާއިމްކޮށްފައިވާ ފިޝަރީޒް ކޮމްޕެލެކްސް އިން ކަނޑުމަސް ގަންނަން ފަށައިފިއެވެ.

އައިލެންޑް އެންޓާޕްރައިޒެސް އިން ހިންގާ ކީކިމިނީ ފިޝަރީޒް ކޮމްޕެލްސް މިފަހަކުން އޮޕަރޭޝަނަށް ގެނެސްފައި ވަނީ އިއްޔެ އެވެ.

އެތަނުގައި 1900 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމް ކޮށްފައި ވެއެވެ.

ކީކިމިނީގައި ގާއިމްކޮށްފައިވާ ފިޝަރީޒް ކޮމްޕެލެކްސްއިން މަސް ގަންނަން ފަށައިފި

އެ ކުންފުނިން ބުނީ، އިއްޔެ އިން ފެށިގެން ކީކިމިނީއަށް ކަނޑުމަސް ގަތުމަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ކީކީމިންޏަށް މަސްވިއްކަން ބޭނުންވާ ފަރާތްތަކުން 799230 އަށް ނުވަތަ 9754667 އަށް ގުޅައިގެން މަސް ކިރުމުގެއިންތިޒާމްތައް ހަމަޖެއްސުމަށް ވަނީ އެދިފައެވެ.

ކީކިމިނީން ގަތުމަށް ހަމަޖެހިފައި ވަނީ ކަޅުބިލަ މަހާއި ކަންނެލިއެވެ. އެގޮތުން 1.5 ކިލޯއިން މަތި ނަމަ 13ރ އަށް އެ ތަނުން ގަތުމަށް ނިންމާފައިވާއިރު، 1.5 ކިލޯއިން ދަށް ނަމަ 5.5ރ އަށް ގަތުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑެނީ

    މައުމޫނުގެ ޒަމާނުންސުރެ ހަދަމުން އައި ކީކިމިނި އަދިކިރިޔާ ސާބަހޭ ބުރުމާ ކަށި އެނބުރޭ ސުޕީޑައް އެޒަމާނުގެ ހަދަމުންދާ ކަނބާލިފަރު ރިސޯޓް ހުޅުވަނީ ކިހާ ތާކުބާ. ދޮޅިޔަދޫ އާއި