ބޯހިމެނުގެ މަސައްކަތަށް މާލޭ ސަރަހައްދުގެ ބައެއް ތަންތަނުން އަދިވެސް މައުލޫމާތު ނުނެގޭ ތީ އިތުރު ހަފްތާއަކަަށް ބޯހިމެނުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނިންމައިިފިއެވެ.

ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިއަދު ބުނީ، މާލެ ސަރަހައްދުގައި ތަޅުލާފައި ހުރި ތަންތަނުގެ ތެރެއިން 41 އިންސައްތަ ތަނުން މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ބޯހިމެނިފައިނުވާ ކަމަށް އެ ބިއުރޯއަށް އަންގަމުންދާ ފަރާތްތަކުގެ މައުލޫމާތު އެއް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ބޯހިމެނުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ބުނެފައި ވެއެވެ.

ބޯހިމެނުމުގެ މައުލޫމާތު އެއްކުރާ ޓީމުތައް ހަރަކާތްތެރިވަނީ ކޮންމެ ދުވަހަކު ވެސް ހެނދުނު 9:00 އިން 19:00 އަށެވެ. ހުކުރު ދުވަހު ހެނދުނު 9:00 އިން 11:00 އަށް އަދި 14:30 އިން 19:00 އަށް މަސައްކަތް ކުރާއިރު، ހާއްސަ ހާލަތްތަކުގައި ރޭގަނޑު ވެސް މަސައްކަތް ކުރެއެވެ.

ބޯހިމެނުމުގެ ނަތީޖާ ތަފާސް ހިސާބުތަކާއި ބެހޭ އިދާރާއިން ނެރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގައެވެ.

މި އަހަރު ބާއްވާ ބޯހިމެނުގެ ޝިއާރަކީ "8 ބިލިއަން މީހުންގެ ދުނިޔެއެއް: ކެތްތެރި މުސްތަގުބަލަކާ ދިމާއަށް، ފުރުސަތުތައް ބޭނުންކޮށް އެންމެންނަށް ހައްގުތަކާއި އިހްތިޔާރުތައް ކަށަވަރުކުރުން" އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަނބިލި ކުޑައާދަނު

    ތި ޝިޔާރުގެ ދަށުންތަ ލިވާތީން ރަސްފަންނަށް އެއްވީ! ހުރި ހަލާކެއްގެ ބޮޑުކަމާއެ.

  2. ޢެސޮރު

    ދުވަސް އިތުރު ތިޔަކުރީ ވަކިބަޔަކައް އިތުރައް ލާރިކޮޅެއް ހޯދައި ދިނުމައް ، ބައެއްކުދިން ކައިރީގައި ނިމުނީކަމައް ބުނެ ގިނަކުދިން އަތުން ފާސްތައް އަތުލާފައި ގެއައް ފޮނުވާލީ.
    ޢެކުދިންނައް ލިބެންވާ އުޖޫރަ ލިބޭނެބާވޭ ހިތައް އަރަނީ

  3. ދަރަނި ދަންތުރަ

    މިސަރުކާރަށް ބޯ ހިމަނާ ނުނިމޭނެ ، ސޯލިބޭގެ ގަމާރު ކަމުން ،. މިވެރިކަމުގައި މޯކުޅިކުޅޭ ގުރޫޕުތައް ވަރަށްގިނަވެއްޖެ ދެންކިހެނެއް ބޯ ހިމަނާ ނިންމަނީ