ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަަދަވެފައިވާ ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ހަތަރު ދުވަހު ވައިބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.

ރާއްޖޭގެ މޫސުން ވަރަށް ގޯސްވެ، ބައެއް ހިސާބުތަކަށް މިހާރު ދަނީ ވާރޭ ވެހެމުންނެވެ. އަދި މިރޭ 12:00ގެ ނިޔަލަށް މުޅި ރާއްޖެއަށް ހުދު ސަމާލުވެސް މެޓް އޮފީހުން ވަނީ ނެރެފައެވެ.

މެޓް އޮފީހުން މިރޭ ވިދާޅުވީ، ކުރިއަށް އޮތް ހަތަރު ދުވަހު، ހާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގައި ވައިބާރުގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަދި މީގެ އިިތުރުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށްވެސް ވިދާޅުވިއެވެ.

"ވީމާ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ދަންނަވަން". މެޓް އޮފީހުން މިރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލަވް

    ރާއްޖެ ސަރަހައްދުގަ އެކަންޔެއްނޫން ލަވް ގެ ހިތަށް ވެސް ހުޅަމގުމޫސުމުގެ ބާރުގަދަ އަސަރުކޮށްފި!!