ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހެއް ކަމަށް ފުލުހުން ބުނެފައިވާ ގދ. ހޯޑެއްދޫ/ އަލޯރާ، އަރުޝަދު ހާލިދު ފުލުހުން ދޫކޮށްލައިފި އެވެ.

އަރުޝަދު މި ފަހުން ދުބާއީއަށް ދިއުމުން އޭނާ ލަންކާއަށް ޑީޕޯޓްކޮށްލި އެެވެ. އަދި އެ ގައުމުގެ ޑިޓެންޝަންގައި ހުރުމަށް ފަހު މިދިޔަ ހޯމަ ދުވަހު ރާއްޖެ އައުމުން ހައިކޯޓުގެ އަމުރެއް ތަންފީޒުކުރުމަށް ކަމަށް ބުނެ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔަ އެވެ.

ނަމަވެސް ވަގުތަށް އެނގިފައިވާ ގޮތުގައި އޭނާ މިހާރު ވަނީ ފުލުހުންެގެ ބެލުމުގެ ދަށުން ދޫކޮށްލައިފަ އެވެ. އެކަމަކު ހައިކޯޓުން ވަނީ އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފަ އެވެ،

އަރުޝަދުގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުރު ބަޔަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ޓްރެފިކްކުރުމެވެ.

އޭނާއަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އިތުރު ބަޔަކާ ބައިވެރިވެގެން ދިވެހިރާއްޖެއަށް ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ޓްރެފިކްކުރި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ، ކްރިމިނަލް ކޯޓުން ދޫކޮށްލުމުން، ފަހުން އަނެއްކާވެސް ހައްޔަރު ކުރި މީހެކެވެ.

ނަމަވެސް އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތު ނުވެ ފަހުން ވަނީ ރާއްޖެއިން ބޭރަށް ފުރައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކިސް

    ހަހަހާ،،ސަޅި

  2. ހަބަރުބޭ

    މިކަން އިލްޔާސް ޙުސައިނަށް އަންގާ

  3. ދިވެހިދަރި

    މިގޮތަށް ކަންތަށްވަމުންދާތީވެ ނުރައްކާތެރިކަންތަށް ނުހުއްޓިކުރިޔަށްމިދަނި މިކަމުގައި
    ޒިންމާވާންޖެހޭ ފަރާތެއްވާނެ ވީމާ ، ނުރައްކާތެރި ނުބައި ޢަމަލުތަކަށް ފުރުސަތު ނުލިބޭގޮތަށް
    އަވަސްފިޔަވަޅުއަޅުއްވާ ގައުމެއްގައުމެއްގެގޮތުގައިއޮންނާނީ އޭރުން އޭރުން ގައުމުގެ ރަށްޔިތުންނަށް އަމާންމާހައުލެއްގައި ދިރިއުޅެވޭނީ ޕާޓީއަށްމީހުންގިނަކުރުމާ ނިޒާމްބަދަލުކުރުމާ އާޕާޓީތައް އުފެދުމުގެކުރިން ގައުމަށް އަމާންކަންގެންނަޥާ

  4. ޑުރަގްސް

    ތިޔަހުރިހާ ޑުރާމާ ނުކުޅެ ކުރީމަ ވީނުން އަހަންނަށް ގައިމު އެއްވެސް ސަރުކާރަކުން މިކަން ހުއްޓުވާކަށް ނޫޅޭކަން

  5. ޖާބެ

    ފުލުހުން މިކަހަލަ ތާކުންތާކު ނުޖެހޭ ޑްރާމާ މިކުޅެނީ ، ދުބާއިން ލަންކާޔައް ލަންލާއިން މާލެޔަތެނެސް ދޫކޮށްލުން ކޮންކަހަލަ ހެއްކެއްގެ މައްޗައްބާ މިކަންމކުރަނީ

  6. ހުސޭނުބޭ

    އެސޮރަކަށް ކަމެއް ނުކުރެވޭނެ. އެ ސޮރު އެ ކުރާ މަސައްކަތުގެ އެއްކޮޅުގައި ސަރުކާރުގެ ބޮޑުން ތިބޭނެ. އެހެންވެ ބިރުކަނޑާލާފައި އެ ސޮރު އެ އުޅެނީ