ރ. ކިނޮޅަސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން ގްރޮއިން ޖެހުމުގެ 84 އިންސައްތަ މަސައްކަތް އެމްޓީސީސީން ނިންމައިފި އެވެ.

އެމްޓީސީސީން މިއަދު ބުނީ ކިނޮޅަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ގްރޮއިން ޖެހުމުގެ މަސައްކަތުގެ 84 އިންސައްތަ ނިންމާފައިވާ ކަމަށެވެ.

އަދި އައު ހާބާ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 81 އިންސައްތަ ނިމިފައިވާ ކަމަށް ބުނެފައި ވެއެވެ.

އެ މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމާއި، 162 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، 285 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމަށް ވަނީ ހަމަޖެހިފައެވެ.

އަދި 65 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހައި، 186 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލައި ރޭމްޕެއް ހަރުކުރާނެއެވެ.

މީގެ އިތުރުން 1663.36 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއަކީ 45.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބް ދޯ

    ޝުކުރިއްޔާ އިބޫ

  2. އަބްދޯ

    ޝުކުރު