އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއިން ހަވާލުކޮށްގެން ކުރިއަށްގެންދާ އައްޑޫ ސިޓީގެ މަގު ހެދުމާއި ފެން ހިންދާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ ކޮލެޓީ ދަށްކަމުގެ ޝަކުވާތައް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

މި މަޝްރޫއުގެ މަސައްކަތް ފަށާފައި ވަނީ މި އަހަރުގެ މާރިޗް މަހުގެ ފަހުކޮޅުގައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގެން އެ މަޝްރޫއުގެ މަސައްކަތް ފައްޓަވާދެއްވިއިރު، މިއީ 1.1 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެފްކޮންސް އިންފްރާސްޓްރަކްޗާއާއަކީ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލުމަށް ހަދާ ބޮޑު ބްރިޖުގެ މަަސައްކަތްވެސް ކުރަމުންދާ ކުންފުންޏެވެ.

ނިހާދް މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، އެފްކޮންސް އިން އައްޑޫގައި ހިންގާ ބިޔަ މަގު ހެދުމުގެ މަސައްކަތުގެ ކޮލެޓީ ދަށް ކަމުގެ ޝަކުވާ އިންތިހާއަށް ބޮޑު ކަމަށެވެ.

"އެތައް މިލިއަން ޑޮލަރެއްގެ މި މަސައްކަތް ގާތުން ބައްލަވާ ރަނގަޅު ކުރުވަން އާދޭސް ކުރަން". އިންޑިއާ ހައިކޮމިޝަނާއި، އެފްކޮންސް ކުންފުނީގެ އިތުރުން، ހައުސިންގ މިނިސްޓަރާއި އަދި އައްޑޫ ސިޓީ ކައުންސިލް ޓެގް ކުރައްވާ އޭނާ ކުރި ޓްވީޓްގައި ވެއެވެ.

އަައްޑޫ ސިޓީ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ގާތްގަނޑަކަށް 40 ކިލޯ މީޓަރުގެ މަގު ޒަމާނީ ފެންވަރަކަށް ހެދުމާއި މަގު ބައްތި ޖެހުން ހިމެނެއެެވެ. ތާރުއަޅަން ކަނޑައަޅާފައިވާ މަގުތަކުގެ އިތުރުން ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް ލޭޔާ އެޅުމަށް ނިންމާފައި ވެއެވެ.

މަޝްރޫއުއާ ގުޅޭ ކަރުދާހުގައިވާ ގޮތުން ހިތަދޫ އާއި މަރަދޫ ގުޅާލުމަށް ހަދާފައިވާ މަގު، ހަތަރު ލޭނު ހިމެނޭ ގޮތަށް (ކޮންމެ ބްރިޖެއްގައި ދެ ލޭން) ދެ ބްރިޖެއް ހަދާނެއެވެ. ގާތްގަނޑަކަށް 1.5 ކިލޯ މީޓަރު ހުންނަ ސަރަހައްދެއްގައި މަޝްރޫއު ކުރިއަށް ގެންދާ އިރު، އެ ސަރަހައްދުގެ ގޮނޑުދޮަށް ހިމާޔާތް ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހުސޭނުބޭ

    މަ ހީކުރީ ސޯލިބޭ އިންޑިޔާ މީހުން ގެނެސްގެން އައްޑޫ މަގުތަކުގައި ތަށިމުށި ޖަހާދެނީކަމަށް

    26
    1
    • ސޮރީ

      އެފްކޮންސް އިން ބްރިޖްގެ ތަނބު ޖަހަން އުޅެ އެކަންވެސް ނުވެ ދޮގު ހަދަނީ

      17
      1
  2. ދީދީ

    އިންޑިޔާއިން މިރާއްޖޭގައި ހިންގާ އެއްވެސް ޕްރޮޖެކްޓަކީ ކޮލިޓީއެއް ހުންނާނެ ޕްރޮޖެކްޓެއްނޫން. އިންޑިޔާއިން މިހާރު މިރާއްޖޭގައި ހިންގާ ޕްރޮޖެކްޓްތަކަކީ ރައީސް ނަޝީދާއި ސޯލިހާއި އަބްދުއްﷲ ޝާހިދުމެން ގުޅިގެން ހިންގާ ދަރަނި ދަންތުރައެއް.
    ކޮލިޓީއެއް ހުއްޓަސް ނެތަސް އެއަކީ މިރާއްޖޭގެ ރައްޔިތުންނަށްވެސް ސަރުކާރަށްވެސް އެކަމަކާއި ފާޑުކިޔޭނޭ ކަމެއްނޫން. އެމީހުން ބޭނުންވާގޮތަކަށް ބޭނުންވާ ދުވަހަކަށް ނިންމައި ހަވާލުކުރަންދެން މިރާއްޖޭގައި މިއަދު މިއޮތް ސަރުކާރު ޖެހޭނީ ޖައި ހިނދު ކިޔައިގެން ތިބެން.
    ތިބާވަތަށް ހަޅޭލަވާ ކުދިން އެމްބަސީއަށް ގެންގޮސް ސިޓީއުރައެއް ދިއްކޮށްލީމައި އެއޮތީ އެކަން ހަމަޖެހިފައި. ނިކަން ބަލާބަލަ މަވޯޓާމެން އަސްލަމްމެން ރަޝީދުމެން އެއުޅޭ ނަލަކަން.

    21
  3. ލަކީ

    ޙެހެ ނިހާދު ކޮންކަމެއް ކޮލިޓީ ދައްވީ ވިދާޅުވެ ދެއްވަބައްލަވާ ނިހާދު އަކަށް ވިދާޅުވެ ދެއްވާކަށް ނޭގުނު. ދެން އަނެއްބޭފުޅާ ވިދާޅުވަނީ އިންޑިޔާ އިން ކުރާ އެއްވެސް ކަމެއް ރަނގަޅު ނުވާނެޔޭ އެބޭ ފުޅާވެސް މައިބަދައިގެ އޮޕަރޭޝަނައް ވެސް ދަނީ އިނޑިޔާ އައް މީ މީގެ ހެއްވާ ކަމަކީ

    1
    3
  4. މިތުރާ.

    ލާރިކޮޅު ކާލީދޯ

  5. ފަލަކު

    ތި ވާނީ އެފޮކޮންސް އަގުވައްޓާލާންވެގެން ފަތުރާ ޚަބަރަކަށް ދުނިޔޭގަ ނުހުންނާނެ ތިމަސައކަތް އެފޮކޮންސް އާއެވަރަށް ކުރެވޭނެ އެހެން ބަޔެއް

    1
    1
  6. ޙުގޖ

    ޢެފްކޮންސް އިން މޑޕ ހިތަދޫ ހަރުގޭގައި އެޅި ތަޅުންގަ ޑު ހަމަ ރަނގަޅު . ކޮލިޓީވެސް ރަނގަޅު.

  7. ރަސީދު

    އައްޑޫ މީހުނަކީ އާދެ...އައްޑޫއަތޮޅަކީ މާލޭމީން ގޮސް ފޭކުވާހަކަ ދައްކާ ގުނބޯ ހައްދާ ހުވަފެން ދައްކާ ބަޔަކު އުޅޭ ތަނެށް. ސަބަބަކީ މިހާރު އައްޑޫގެ ވަޒަންވެރިއނަކީ ޑުރަގުގެ ދަރި ފަސްވެފަ އޮތްތަނެށް،
    އެބާމީހުންނަށް ހަގީގަތައްވުރެން ޚިޔާލީ ހުވަފެން ރަނގަޅުވާނެ، ވަނީވެސް އެހެން! އެންމެ ކަމަކަށް ނަޒަރު ހިންގާލިއަސް ނުދަތުމާއި ޢާފިލުކަމުގަ ތިބިކަން ހާމަވާނެ، އެއީ ހިތަދޫ ބޮޑުމަގުގަ ތާރަ އެޅުމުގެ ކުރިން މަގުގެ މެދުގަ އެއްކޮޅުން އަނެއްކޮޅަށް ހައްދާފަހުރި ބޮޑެތި ބިޔަ ގަސްތަށް އުފުރާލީ އެއްވެސް ރަހުމެއްނެތި، ކެރަފާ ނަޝީދު،