ހުޅުމާލޭގައި މަދިރި އާލާވާފަދަ ތަންތަން ނައްތާލުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފަށައިފިއެވެ.

އެޗްޑީސީން ބުނީ މި ދުވަސްވަރު ޑެންގީ ހުން ހަލުވިކަމާއިއެކުގައި ފެތުރެމުންދާ ކަމަށެވެ. އެހެންކަމުން އެ ބަލި ކޮންޓްރޯލް ކުރުމަށް އެ ކޯޕަރޭޝަންގެ ފަރާތުން ކުރެވެން އޮތް މަސައްކަތެއް ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ

އެގޮތުން ހުޅުމާލޭގައި މަދިރި އާލާވާނެ ފަދަ ތަންތަން ދެނެގަނެ އެ ތަންތަން ނައްތާލުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ޑެންގީ ޖެހިގެން މި މަހުގެ ތެރޭގައި ތިން ކުޑަކުއްޖަކާއި ދެ ޒުވާނަކު މިހާތަނަށް ވަނީ ނިޔާވެފަ އެވެ.

ޑެންގީގެ އަލާމާތްތަކުގެ ތެރޭގައި ކުޑަކަމުދާ މިންވަރު މަދުވުމާއި، ވަރުދެރަވުމާއި، ތުއްތުުކުދިންނަށް ގާތުން ނުބޮވުމާއި، ބަނޑުގައި ރިއްސުމާއި، ގިނަގިނައިން ހޮޑުލުމާއި، ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭ އައުން ފަދަ ކަންކަން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    ހުލުމާލެއިން މަރުވެފަ އޮއްކުއްޖާފެނުނު ބިމުގައޮވޭ 6 ސުވިންޕޫލް އެތައްއަހަރެއްވީ މަދިރިއާލާވަނީއޭކިޔާފަ 500އެމްއެލް ފެންފުޅިތަކެއްހޮވަނީ ވެދާނެއެއީ މަދިރިނައްތާ ތަނަކައްވެސް އެވަރައް ގަސްއޮވޭ އެހިސާބުގަދިރިއުޅޭ މީހުނައް ނޭވާނުލެވޭ މަސްކެއްކުމާ ބަންގާޅި ހޮޓާހިންގުމާ ޕާކުކުރުމާ މަގުމަތީ ގޮނޑިމޭޒް ބަހައްޓާ އަދިމަދިރިވެސްއެވަރުން ތިރިންވެސްނެއްސަލާމަތެއް މައްޗައްއެރިއަސްއެވަރު މަދިރި ހޮޓާތަކުގޭ ބަދިގެހޮޅި ގޭތެރެއައް މިކަމަށްހެދިފަހުރިގާނޫނެއް ގާވާއިދެއް ތަންފީޒްކުރެވޭތަނެއްނުފެނޭ ސަރުކާރުގެ ނިޝާންޖެހި ބަސްތައްވެސް ހުއްނަނީ ހުޅުމާލެ އެކިދީމާފޭމަންޓްމަތީ ޕާކުކޮއްފަ ފުރަންދާމީހާއަތުގަ ކިއްލިއެއްއޮއްތޯ ޗެކްކުރަންވެސްމިތިބެނީއެމީން ހަމައެލޯގޯގަ