އައްޑޫ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ފޭދޫ ސޮލިޑް މުހައްމަދު ޒަޔާން މޫސާ، 21، އަށް ހަމަލާ ދީފައި ވަނީ އޭނާ ދިރިއުޅޭ ގެއަށް މެންދަމު ވަގަށް ވަދެގެން ކަމަށާއި، އެ ހަމަލާއާ ގުޅޭ އިސް މީހުން އެވަގުތު ތިބީ ކެފޭއެއްގައި ކަން ފުލުހުންގެ ތަހުގީގުން ހޯދަައިފިއެވެ.

މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހު މަރާލި ޒަޔާންގެ މަރާއި ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެތް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ، ޒަޔާން އަށް ދިން ހަމަލާއަކީ ދުރާލާ ރޭވިގެން ދިން ހަމަލާއެއް ކަމަށެެވެ. އަދި އޭނާއަށް ހަމަލާ ދީފައި ވަނީ އޭގެ ދެ ތިން ދުވަސް ކުރިން އައްޑޫގައި ހިނގި މާރާމާރީއަކާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ.

އޭގެ އިތުރުން ޒަޔާން އަށް ހަމަލާ ދިނުމަށްޓަކައި، މެންދަމު އޭނާ ދިރިއުޅޭ ގެއަށް ބަޔަކު ވަދެ ފިލާ ތިބި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ޒަޔާން އުޅޭ ގެއަށް މެންދަމުގެ ވަގުތު ހަމަލާ ދިނުމަށް ބަޔަކު ވަގަށް ވަދެ ޒަޔާން އަށް ފާރާވެރިވެ ތިބުމަށްފަހު ތޫނު ހަތިޔާރު ބޭނުންކޮށްގެން ޒަޔާންއަށް ހަމަލާދީފައިވާކަން ފާހަގަކުރެވޭ". ސާމިހް ވިދާޅުވިއެވެ. އަދި ހަމަލާ ދިން ބައެއް ހަތިޔާރުތައް އަލިފާންގަނޑެއް ރޯކޮށްގެން ނައްތާލަން މަސައްކަތް ކުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސާމިހު ވިދާޅުވީ، މި މައްސަލައިގައި ހައްޔަރު ކުރި ބައެއް ފަރާތްތައް އައްޑޫ ސިޓީ ފޭދޫ ގެއެއްގެ ތެރޭގައި ފިލާ ތިބި ކަމަށާއި، އެތަނުން ބައެއް ފަރާތްތައް ހައްޔަރު ކުރި ކަމަށެވެ.

"މި ހާދިސައާ ގުޅިގެން ސީން އިން އެއްކުރެވުނު މާއްދީ ހެކިތަކުން މި މައްސަލައިގެ ތުހުމަތުގައި ބަންދުގައި ތިބި މީހުންގެ ތެރޭގައި ހިމެނޭ ފަރާތެއްގެ ޑީއެންއޭ ލިބިފައިވާކަން".

ސާމިހު ވިދާޅުވި، މި ހާތަނަށް ކުރެވުނު ތަހުގީގުން ކަށަވަރު ކުރެވޭ އެއް ކަމަކީ މި ހަމަލާ ދިނުމުގައި އާއި ހެކި ނައްތާލުމުގައި ހަރަކާތްތެރިވެފައި ވަނީ ހަ މީހެއް ކަަމަށެވެ.

"އެގޮތުން އެ ފަރާތްތަކުގެ އުމުރު ފުރައަކީ 15 އަހަރާއި 19 އަހަރާއި".

އެހެން ނަމަވެސް މި މީހުންނާއެކު އިތުރުން، މި ހަމަލާ ދިނުމުގައި މި މީހުންނަށް މަޝްވަރާ ދީ، މިކަމަށް ހިތްވަރުދީ، ހަމަލާ ދިނުމަށް ބޭނުން ކުރާނެ ހަތިޔާރާއި އެ ނޫންވެސް އާލާތްތައް ފޯރުކޮށްދިނުމުގައި އިތުރު މީހުންގެ ބައިވެރިވުންވާކަން ސާމިހު ފާހަގަކުރެއްވިއެވެ. އަދި ހަމަލާއަށް ބޭނުންވާ އިތުރު ހަތިޔާރު ހޯދާފައިވާ ގޮތް ތަހުގީގަށް ދެނެގަނެވިފައިވާކަމަށްވެސް ވިދާޅުވިއެވެ.

"މި ހަމަލާ ދިނުމަށް ދިޔަ މީހުން ސޮލިޑް ގޭ ތެރޭގައި ތިބިއިރު، ރޭވުމުގެ މަސައްކަތުގައި އިސްކޮށް އުޅުނު މީހުން ސ. ފޭދޫގައި ހުރި ކެފޭއެއްގެ ތެރޭގައި އެރޭގެ މެންދަމު 12:00 އިން 1:00 އާ ދެމެދު، ހަމަލާ ދިނުމާއި ހަމައަށް، ހަމަލާގެ އިންތިޒާރުގައި ތިބިކަން ތަހުގީގަށް ފާހަގަކުރެވިފައިވޭ".

އެގޮތުން ހަމަލާ ދިނުމަށްފަހު ހަމަލާދޭން ދިޔަ މީހަކު، ކެފޭގައި ތިބި މީހުންގެ ތެރެއިން އެކަކަށް ގުޅާފައިވާކަން ތަހުގީގަށް އެނގޭ ކަމަށް ސާމިހު އިތުރަށް ވިދާޅުވިއެވެ.

"އެ ފަރާތްތައް ކެފޭގައި ތިބި ތިބުމަކީ މައިގަނޑު ގޮތެއްގައި އެ ފަރާތްތަކަކީ މި ހަމަލާގެ އެއްވެސް ކަމެއް އެނގޭނެ ބައެއް ނޫންކަން، އަދި އެއިރު އެ މީހުން ތިބީ އެ ކެފޭގައި ތިބި ރައްޔިތުންނަށާއި، ތަހުގީގަށް ދެއްކުމުގެ ގޮތުން ތިބި ތިބުމެއްކަން ތަހުގީގަށް ފާހަގަކުރެވިފައި ވޭ".

ސާމިހު ވިދާޅުވި، މި ހަމަލާ ރޭވުމުގައި އިސްކޮށް ތިބި ފަރާތްތަކުގެ މައިގަނޑު ރޭވުމަކީ މުޖުތަމައުގައި އުޅޭ ކުޑަކުދިން ނޫނީ ހަގު އުމުރު ފުރައިގެ ކުދިންނަށް އެކި ގޮތްގޮތަށް އެހީތެރިކަން ފޯރުކޮށްދީގެން، އެ ކުދިން "އެކްސްޕްލޮއިޓް"ކޮށްގެން ކުށުގެ ވެއްޓަށް އަހުލުވުވެރި ކުރުވުން ކަމަށެވެ.

އަދި މި ހަމަލާގެ މޯޓިވްއަކީ ބަދަލު ހިފުމުގެ ގޮތުން ކުރި ކަމެއް ނަމަވެސް، އޭގެ އިތުރުންވެސް އިތުރު މޯޓީވްއެއް މިކަމުގައިވާކަން ތަހުގީގަށް އެނގިފައިވާކަމަށް ސާމިހު ވިދާޅުވިއެވެ. އެހެން ނަމަވެސް އެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.

ޒަޔާންގެ މަރުގެ މައްސަލައިގައި މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަޖީ

    މީހުންގެ ޅަދަރިންލައްވާ ހެކިބަސްފަންކުރާވާހަކައެއް ނުބުނިދޯ

    5
    4
    • ވާނުވާ

      ޕޮލިހުންނަކީ މީހުން ކުށުގައި ބައްދަލުމަށް ޓަކައި އެމީހުންގެ ރައްޓެހިންނާ ގާތް މިހުންގެ ކުދި ޅަދަރިން ބޭނުންކޮށްގެން ޟިހުނަށް އަނިޔާ ދެމުންދާ ބައެއްކަން ބުނެލިނަމަ އަސްލު ފުރިހަމަވީސް. އެވާހަކައެއް ނުބުނި، ނުވެސްބުނާނެ . އެކަން ކުރާކަމަކަށްވެސް ނުވާނެ.
      އަދި އެމިހުން ބޭނުންވާ މީހުންގެ ދުވަސް ދުއްވާލުމަށްޓަކައި ކުށެއްނެތް މީހުންގެ މައްޗަށް ތުހުމަތު އަޅުވާ މީހުން ލައްވާ ދޮގުހެކި ލިޔުއްވާ ހަދާފައި އެބަހުރި ޕޮލިހުން. މި ބުނީ އެތާ އުޅޭ އެންމެންގެ ވާހަކައެއްނޫން. ދެން ބުނާނީ އެހެންވިއްޔާ އެކަން ކަން ބަލަން ހުންނަ ކަމާ ބެހޭ ފަރާތްތަކަށް އަންގައިގެން ބަލަންވިއްޔޭ. އެކަމަކު އެއީވެސް ޥާނެ ކަމެއްނޫން.

  2. ކަމަނަ

    ކޮބާތަ ގެއްލިގެން އުޅޭ ބިދޭސީމީހާ މިހާރު ފެނުނީތަ

  3. ބަޅާ

    ތިޔަކަންތަށް އަތްނުފޯރާހިސާބަށް މިދަނީ މީހަކު މަރައިފިނަމަ އެޔަށް ދޭންޖެހޭ ހައްގު އަދަބު ޝަރިއްޔަތުން ނުދޭތީ "މީހަކު މަރައިފިނަމަ ހަމަ މެރުމުގެ އަދަބު ދިނުން" މިކަން ކުރަނިކޮށް 2 މީހުން ނޫނީ 3 މީހުންނަށް ހައްގުވެގެން ވާ އަދަބު "މެރުން" ދީފިނަމަ މައިތިރިވާނެ. އަދި ތިޔަ ގޭންގް ތަކުން ކުއްކުރުން މަދުވެ، ޖެހިލުންވާނެ. މިފަދާ ހައްގުވެގެންވާ އަދަބު ނުދެވުމުން އެތައް ބަޔަކު މިތިބެންޖެހެނީ ބިރުވެރިކަމާއި ނާންމާންކަމެއްގެ މަތީގައި. ގޭންގްތަކަށް މިލިބެނީ ހިއްވަރަކާއި އިތުރު ބާރެއް ކުއްކުރުމަށް. މީހެއްގެތަނެއް ބުރިކޮށްފިނަމަ އެމީހެއްގެ އަތް ބުރިކުރަންވީނޫނީ އެޔާއި އެއްވަރުގެ އަދަބެއް ސަރުކާރުން ދޭންޖެހޭ.
    މިކަމުގައި އަހަރެން ބުނާނީ ބެލެނިވެރިންވެސް މިކަމުގައި ޒިންމާ ނަގަންޖެހޭ. 18 ނުފުރޭ ކުޑަކުދިން އުޅޭ ނޫޅޭ ގޮތް ބެލެންޖެހޭނެ. ރޭގަނޑު ދަންވަރު ބޭރުގައި އުޅެވިގެނެއް ނުވާނެ އަދި އެމީހުންނާއި ފޯނުންގުޅާ ކޮންތާކުތޯ އުޅޭނޫޅޭގޮތްނވެސް ބެލެންޖެހޭ. ދަރިޔަކު ދުނިޔެމައްޗަށް ނެރުނީމާ އެއީ މައިން ބަފައިންގެ ހައްގު ނިމުނީކީ ނޫން، އެކުއްޖަކީ ޤައުމަށާއި ދީން އަދި ރަގަޅުކުއްޖަކަކަށް ހެދުމަށް ފުރިހަމަ އިސްލާމީ ތަރުބިއްޔަތު ދިނުމަކީ ކޮންމެ ބެލެނިވެރިއެއްގެ ހައްގެއް.

  4. ހިތާމާއިގެ ކޮޅެއްނެތް..

    މިއީތޯ މިޤައުމުގެ މުސްތަޤުބަލަކީ؟!