ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ދެކުނު ޕޮލިސްގެ ފުލުހުން ގުޅިގެން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ގދ. ހޯނޑެއްދޫގެ ވަލު ތެރެ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފިއެވެ.

އެ އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުން މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، މިއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށްގެންދާ އޮަޕަރޭޝަނެއް ކަމަށެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައި ވަނީ ގދ. ހޯނޑެއްދޫން ކަމަށް ފުލުހުން ވިދާޅުވެފައި ވަނީ ފަހުންނެވެ. ފުރަތަމަ ވިދާޅުވެފައި ވަނީ އެ މަސްތުވާތަކެތި ފެނިފައި ވަނީ ފަޅު ރަށަކުން ކަމަށެވެ.

އެ މަސްތުވާތަކެތި ފެނިފައި ވަނީ ކޮން ރަށަކުން ކަން ފުލުހުން ކުރިން ހާމަކޮށްފައެއް ނުވެއެވެ.

އިތުރަށް ފުލުހުން ވިދާޅުވީ، މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އަދި މި އޮޕަރޭޝަންގެ ތެރެއިން، ކޯޓު އަމުރުގެ ދަށުން އިތުރު ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އެޑިޓަރ ނޯޓް: މި ހަބަރުގައި ކުރިން ފަޅު ރަށެއް ކަމަށް ލިޔެވިފައި ވަނީ ފުލުހުން ހިއްސާ ކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ. ފަހުން ފުލުހުން ވަނީ އެއީ ގދ. ހޯނޑެއްދޫ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ނާސާ ޑިޓެކްޓަރ

    ގދ. އަތޮޅުން ކުއްލިއަކަށް ގިނަ ޢަދަދެއްގެ ޑްރަގް ފެނިއްޖެ. ކިލޯ އާއި ބަރުދަން ނުބުނެ މިކަން މީޑިއާ ގުރޫޕްތަކަށް ފުލުހުން ފޮނުވީ ގަސްތުގައި ފުލުހުންގެ އިހުމާލުން މަރުވި ގދ. ހޯނޑެއްދޫ ޢަބްދުﷲ ރަޝީދާ މިކަން ގުޅުވަން. ފުލުހުން ކުޅޭ ޑްރާމާއެއްމީ.

    60
    9
    • އަހްމަދު

      ބަލަމީގެދުވަސްކޮޅެއްކުރިން ރައީސް އޮފީސްތެރޭގަވެސް އެބޭނުންކުރާވާހަކައެއް ނޫހުގައޮށްވާފެނުނު. އެހެންވީމަތިދެން އެހާބޮޑުކަމެއްނޫނެންނު

      25
      2
    • ކަބީކަބީ

      ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ހިރިލަންދޫ ޕޮލިހާއި ވޭމަންޑޫ ޕޮލިހާއި، ކިނބިދޫ، ތިމަރަފުށި، ގުރައިދޫ، މަޑިފުށި އަދި ވިލުފުށީ ފުލުހުން ގުޅިގެން ހިރިލަންދޫ ޑުރަގު މީހުން ކިބައިން ސަލާމައް ކޮއްބަލަ.. ބޮނީ ވިއްކަނީ، ވައްކަންކުރަނީ، ބޮއިފަ ފާޅުގަ އެވާހަކަ ދައްކަނީ... ވާކަމެއްހަރާމުން ހަރާމް

      10
  2. އަލީ

    ދެން ފުލުހުންނައް ފެެންނާނެ ހުރިހާ އެއްޗެއް ވެސް. ޑުރަގް އުފައްދާ ފެކްޓްރީއެއް ވެސް ފެނިދާނެ ހޯޑެއްދޫއިން. ފުލުހުންގެ ގޮތް މިހާރު ދިވެހި ރައްޔިތުންނައް އެބަ އެންގޭ ވަރަށް ރަނގަޅައް.

    52
    6
  3. އަލީ

    އެއް އަތުން ވަޅުލާފައި އަނެއް އަތުން ހޯދަނީ... ގަދަ ކަލޭމެން.

    51
    5
  4. ވޭވަށު ޢަލީ

    ކޮމެންޓެއް ކުރީމަ ބުނާނެ ކޮށްފިއޭ. މީހަކު މަރުވީމަ ދެން ޑްރަގެއް ވަޅިއެއް ކަނޑިއެއް ބޭނުމެއްނޫން.. މައްސަލައިގެ މިސްރާބަކީ ހަމަ މަރުވި މީހާ... ދެން ޑްރަގޭ ވަޅުލާފައޭ.. ގޭގައޭ އުނދުޅިއޭ ނުކިޔަސް ހެޔޮ...

    46
    3
    • ކުއްބެ

      އެތެރެކޮއް ވިއްކާ އެންމެންވެސް ހަމަ މަރަންވީ….

      22
      4
    • ޖިންނި

      ވަލު ތެރެއިން ފެނުނީ ބޮޑު ދައިތަގެ ސިފައިގައި ހުރި ޖިންނިއެއް!

  5. ސޫއޫދު

    ފުލުހުންތަ ގަބޫލެއްނުކުރެވޭނެ ތިހެން މާލެ ގެއްގެތެރެއިން ބަޑިވެސްހޯދި އަދިފަޅުތެރެއިން ހަތިޔާރުވެސްނެގި މިއަދުކޮބާ އެދެއްކިވާހަކައެބުނި ބޭފުޅުން މިހާރުތިބިމަގާމުތައް ކޮބޯބުރޯ ތީހަމަ މިހާރުއޮޅުވާލާ ކުރިކަންތަކުގެއަޑުކަނޑުވާލަން ކަލޭމެން އަނިޔާކުރި ކަލޭމެންގެ ތެރެއިންވެސް މީހުނައް ލައިވްކޮއް ޓީވީތަކުންދިއައީދައްކަމުން

    31
    3
  6. ްްްަްަޤައުމު

    ޕޮލިހުން ފޭކުޖައްސަނީ ތީމީހުންމަރާފަ މަތިއޮމާންކުރަން ޖައްސާ ގޭމެއްކަން ހުރިހާދިވެހިންނަށްވެސް އިނގޭ
    ތީ އިސްރާއީލް ފުލުހުންނަށް ވުރެ އިންސާނިއްޔަތުކަން ބޮޑުތަނުން ނުބައިބައެއް

    35
    2
  7. Anonymous

    އެއްމެ ފަހުން ހޯދީ ދޯ. ތީ ތި ހޯދަން އުޅޭއެއްޗެހި. މިހާރު ވަލުތެރޭގައި ދޯ ތިހުންނަނީ.

    31
  8. Anonymous

    މީހަމަ މަރުވިމީހަގެ ބޮލުގަ އަޅުވަން ވަޅަކުން ފެންނަ އެއްޗެހި . އެހެންތާ ވާނީ ހޯމްމެނިސްޓަރކަށް ހުރީ އެތައްބައެއްގެ މަރު ރ. ޔާމީން ބޮލުގަ އަޅުވަން މަސައްކަތް ކުރި މީހެއްވިޔއްޔާ . މިއީވެސް މީހަކު ތިމެންނާމެންގެ އިހްމާލުން މަރުވީމަ އެއީ ޑްރަގަ ކައިގެން މަރުވީކަމަށް ދައްކަން ކުރާކަންތައްގަޑަކަށް ޝައްކުކުރާނެ ރައްޔތުން.

    20
  9. ނޫރު

    މިޗެރިންގެ މަކަރު ވެރިކަން މި މީހުންގެ ތެރެއިން ފަޅާ އަރާނެ. އަބުދުﷲ ރަޝީދުގެ މަރާއި އީވާން ނަސީމުގެ މަރާތަފާތު ވަނީ ބަޑި ޖެހުމާއި، ފޔރަތަމަ އެހީ ދިނުމަށް ހުރަސް އެޅުން.. ދިވެހި ފުލުހުންނޭވެ. ކަނޑުމަތީގައި އެއްވެސް އަނިޔާ އެއް މީހުންނަށް ކުރުމީ ކަނޑާއި ބެހޭ ޤާނޫނު މަނާކުރާކަމެއް. މިމަށްސަލަ ބައިނަލް އަޤްވާމީ ކޯޓްގައި ދައުވާ އުފުލިދާނެ.

    22
    1
  10. ޢަދި

    މިދޯ އާއިލާ ތެޅޭ ކަމަކީ

    5
    23
  11. ޢައުޗު

    ދިވެޙިންގެ މެންޓަލިޓީ ޖަސްޓު ވައު

    13
    1
  12. ފާތިމާ

    އޭނައަކީ އަލިފެއް..

    2
    10
  13. ވެލިދޫ

    ނޫނު ވެލިދޫގައިވެސް ޑުރަގު ވިއްކާވަރުން ވިއްކަނީ. ބޯވަރުން ބޮއިނަގަނީ. ސަރުކާރު ވަޒީފާތަކުގައިވެސް އެބޮމީހުން އެބަތިބި.
    އެވިއްކާ މީހުންނާ އެ ބޯމީހުންއަކީ ކޮބާކަމާ އެމީހުން އުޅޭ ގެތައް ރަށުރައްޔެތުންނައް އިގޭ ރަށުގެ ފުލުހުންނައްވެސް އިގޭ.
    ވެލިދޫ ފުލުހުންނައް ކެހެރުވަކެކޭވެސް ހީނުވޭ. ހިރުވާވެސްނުލާ. އަތޮޅު ފުލުހުންވެސް އެކަމާ ކުރާކަމެެއް ހަރާން. ކައުންސިލު ނިދާ ހަރުވެފޭ. ތިޔާ ކަހަލަ ފައުޖެއް ފޮނުވަގެން ވެލިދޫ މައިތިރި ކޮއްބަލޭ. ރައްޔެތުންނައް ދިރިއުޅެން ނުކުޅަދާނަ މިތާ މިހާރު

    26
    1
    • 2023

      މިވެރިކަމުގައި ބޯން ބޭނުން މީހުންނަށް ބޭނުންވަރަކަށް ބޮވޭނެ...ސޯލިހު އައުޓު

      23
      1
    • އެޖެންޑާ19

      ތެދު ވާހަކަފުޅެއް.

      17
      1
    • އަދުރޭ

      ގުޅިގެން ވިއްކާ ބޮނީ އުތަ؟

  14. ޙެހެ

    މީހަކު މަރާފަ އޭތި ޖަސްޓިފައި ކޮއްދޭން ނޫޅޭ. ތީ އެމްސީ ހަމީދު ޕްލާންޓް ކޮއްފަ ހުރި އެއްޗިސް

    27
    1
  15. ކޭން

    ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި އުތުރު ޕޮލިސްގެ ފުލުހުން ގުޅިގެން ނވެލިދޫ ޑުރަގު މީހުން ކިބައިން ސަލާމައް ކޮއްބަލަ މުޅިރަށުގަ ތިޔެއް ބޮއިގެން އެތައް ބައަކު ބިތްޖެހިފާ ތިބެނީ

    18
  16. ވާންޗޮ

    ޕާޓީތަކުގެ ސިޔާސީ ނުފޫޒުގަދަ މީހުން ރައްރަށުގަ ހަކުރު ވިއްކަަ. ޕާޓީއަކީ އެމީހުންގެ ކަވާ

    12
    1
  17. ކަބީކަބީ

    ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ހިރިލަންދޫ ޕޮލިހާއި ވޭމަންޑޫ ޕޮލިހާއި، ކިނބިދޫ، ތިމަރަފުށި، ގުރައިދޫ، މަޑިފުށި އަދި ވިލުފުށީ ފުލުހުން ގުޅިގެން ހިރިލަންދޫ ޑުރަގު މީހުން ކިބައިން ސަލާމައް ކޮއްބަލަ.. ބޮނީ ވިއްކަނީ، ވައްކަންކުރަނީ، ބޮއިފަ ފާޅުގަ އެވާހަކަ ދައްކަނީ... ވާކަމެއްހަރާމުން ހަރާމް

  18. މަހާ

    މަރާލި މީހާގެ ޕޯސްޓް މޯޓަމް ރިޕޯޓް ދޯ މިހާރު ފުލުހުން ތި ނެރުނީ،
    ދިވެހި ފުލުހުންމީ ނޫނޭ މޮޅު ބައެއް،

    • ޔޫސޭ

      މަ ވާ ގަދަ ހެދީމޭ ނުބޮން ގަދަ ހެދީމޭ އެމީހުންގެ ބާރުން ބޮވޭގޮތް ވަނީއޭ.

  19. ަައިބޫ

    ދެން މަރުވެފައޮތް މައްޔިތާ ޖަލައް ލާންވީނު. ބޯގޯސްތައް

  20. ރާކަނި ސައްތާރު

    ތިތަކެތި އަބުދުﷲ ރަސީދު ގެ އާއިލާ އާއި ހަވާލު ކޮށްލަނި ކޮށް ހަށިގަނޑާ ހަވާލު ވެދާނެ.

  21. Anonymous

    އަބުދުﷲ ރަޝީދު ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވުމަކީ އިހުމާލެއް، އޭނަ ޑުރަގް ބޭނުން ކުރުން ވިއްކުން އެއީ މުޅިން ތަފާތު މައްސަލައެއް !