ހދ. ކުޅުދުއްފުށީ ރީޖަނަލް ޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ވޯރކްޝޮޕް އިމާރާތް ކުރުމާއި ގަރާޖު އިމާރާތް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްޓީސީސީން ބުނީ ކުޅުދުއްފުށީ ރީޖަން ޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ވޯކްޝޮޕް އާއި ގަރާޖު އިމާރާތް ކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ.

މިހާރު ކުރިއަށްދަނީ ސައިޓް ކްލިއާ ކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެ މަޝްރޫއުގެ ދަށުން، އިމާރާތް ކުރެވޭ ވޯކްޝޮޕާއި ވެހިކަލް ގަރާޖުގެ ޕްލޮޓް އޭރިއާއަކީ 1461 އަކަ މީޓަރެވެ.އަދި ބިލްޑް އަޕް އޭރިއާއަކީ 1122 އަކަ މީޓަރެވެ.

ކުޅުދުއްފުށީ ޕޯޓް ލިމިޓެޑްގެ ފަަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގަކީ 26.07 މިލިއަން ރުފިޔާ އެވެ.

ކިޔުންތެރިންގެ ހިޔާލު