ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމަށް ވަކާލާތު ކުރުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 2016 އަދި 2017 ގައި ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފާޑު ވިދާޅުވެއްޖެއެވެ.

އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޗާގޯސް އަކީ ރާއްޖޭގެ ބައެއްގެ ކަމުގައި ދެކޭނަމަ އެވާހަކަ ދުނިޔެއަށް އަޑު އިއްވަން އެންމެ އެކަށީގެންވާ ފުރުސަތެއް ލިބިފައި ވަނީ 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު ކަމަށެވެ.

"މިއަދުވެސް އެވާހަކަ ދައްކަވާ ބޭފުޅުން ފުރިހަމަ ހެކި ގެންނެވުމުން އެންމެން އެވާހަކަ ދައްކަންވީ އެވެ" މިނިސްޓަރު އިމްރާންގެ ޓްވީޓުގައި ވިދާޅުވިއެވެ.

ޗާގޯސް މައްސަލާގައި ރައީސް ޔާމީން ސަރުކާރު ކުށްވެރިކޮށް އިމްރާން ވާހަކަ ދައްކަވާފައިވާއިރު، ރައީސް ޔާމީން ވަނީ ޗާގޯސް މައްސަލާގައި ގޮތް ނިންމާފައި ވަނީ އިންޑިއާގެ ނުފޫޒުން ކަމަށް ވިދާޅުވެފައެވެ.

ޗާގޯސް އައިލެންޑްސްްއަކީ މޮރީޝަސްގެ ސިޔާދަތުގެ ބައެއް ކަމަށް ރާއްޖެއިން ތާއިދުކުރާކަން ހާމަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރީޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އާންމުކުރުމަށް ގޮވާލާ އިދިކޮޅުގެ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އަށް ވަނީ މައްސަލައެއް ހުށަހަޅައިފައެވެ.

އެ މައްސަލަ ޓްރައިބިއުނަލްގައި އޮއްވައި ޗާގޯސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަނެ، އެ ގައުމާ އެއްކޮޅަށް އދ. ގައި ވޯޓު ދިނުމަށް ނިންމުމަކީ އިމުގެ މައްސަލައިގައި ހިލާފު އުފެދިފައިވާ ސަރަހައްދު މޮރިޝަސް އަށް ދޭން ނިންމުން ކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިއުން ދިވެހި ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

އެކަމަކު، ރާއްޖެ އިން ވިސްނުން ބަދަލު ކުރީ ޗާގޮސްގެ މިނިވަންކަމާ މެދުގައި ކަަމަށާއި އިމުގެ މައްސަލާގައި ނޫން ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އަލީ

    ތީބުރާންޗެއް ޖަލުގޮޅީގައޮއްނަންޖެހޭ

    21
  2. ވިކިލީކްސް

    ސުޕަރ..
    އިމްރާން އަކީ މަ ތާއީދުކުރާ ހަމައެކަނި ހޯމްމިނިސްޓަރު.

    1
    9
  3. ފާއިޒް

    ކަލޭގެ ލަދު ހަޔާތް ކޮބާ ސޭކު ދޮގާ މަކަރާ ހީލަތުން ނަހީ ކުރެއްވި ކަންކަމަށް ފާޅުގައި އަރާގަންނަ ބަޔަކާއެކު އުޅެން ލަދުކޮބާ ބުރާންޗާ.

    11
  4. ހުސޭނުބޭ

    ކޮބައިހޭ ތިބުނާ އެއްޗެއްގެ ކިތާބީ ހެކި. ނިކަން ހުސް ކަރުދާސްބޮނޑިއެއްނަމަވެސް މިއޮތީ ހެތްކޭ ކިއާފައި ދައްކާބަލަ. ލޮލް

    10
  5. 20000

    އިމްރާން ދައްކާ ވާހަކަ ގަބޫލު ކުރާނެ މީހެއް ނެތް....... ކޮބައިތާ ފެބުރުއަރީ 7ގެ ގެންގުޅުނު ޑޮކިއުމަންޓް.

    10
  6. ހަސަން

    ކަލޭ ދައްކާވާހަކަ ގަބޫލުކުރާނީ ކިހިނެއް! އަފުރާސީނު މަރާލީ ޔާމީނުއޭބުނެ ގަޑުތަކެއް ހޫރުވި ހަދާން އިބަހުރިތަ! މިހިރަގައްދާރާ! އިބޫ ހަލާކުކޮށް މަގުފުރައްދަނީ ތިޔަ ޖާހިލު އިމްރާނު!

  7. ސޯލޭ

    މިވެސް ފިރެހެނަކާ ހިތާވެ އެމީހާގެ ފަހަތުން ނުނެއްޓިގެން ފުވާ އަލަމްގިރިއެއް

  8. ހަގީގަތް

    ތީ އެެއްކަލަ ކިތާބީ ހެކިވެރިޔާ ދޯ

  9. އަހްމަދު

    ކުއްވެރިވާމީހުންނާ ކުއްވެރިނުވާމީހުން އަދި އެނގޭނެ ޢިމްރާނުހީނުކުރާތި މަރުހޫމް އަފްރާސިމްއާ ބެހޭގޮތުން ދެއްކިވާހަކަތައްތަހްގީގުނުކޮށްދޫކޮށްލާނެކަމަށް

    6
    1
  10. ބޯގަޅި

    އިމްރާނު ދައްކާ ވާހަކަ މިހާރަކު ހޭބުއްދިވާ މީހަކު ޤަބޫލެއް ނުކުރާނެ.

    10
  11. ސަލާމް

    ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމަށް ވަކާލާތު ކުރުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 2016 އަދި 2017 ގައި ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފާޑު ވިދާޅުވެއްޖެއެވެ
    ހޯމް މިނިސްޓަރ

    ފަސްކުޅަނދު މަދު އިމްރާނަކީ ހެއްކެއް ޤަރީނާއެއް ނެތި
    ވާހަކަ ދައްކަވަން ކުޅަދާނަ ބޭފުޅެއް. ޢޭރުވެސް މިހާރުވެސް

  12. ކޮޔާ

    އޭރު ކަލޭ ހެދި ދޮގުތަށް ކޮބާ ގެންގުޅުނު ކަރުދާސްތައްކޮބާ ރިލުވާނަށް ހޯދައިދެވުނު އިންސާފަކީ ކޮބާ!

    10
  13. އިބިލ

    ޔާމީނޭ ކިޔޭ ފެންވަރުގެ އެއްޗެއް ނޫން ތީކީ

  14. މޮޔަ

    ގޮތެއް ފޮތެއްނެތް ލަދުހަޔާތް ކުޑަ ވގއް މީ. ކަލޭ ހީސްލެވުނަސް ޔާމީނަށް ދޯ ފާޑުކިޔާނީ. މިބައި ޝައިތާނެއް.

  15. މުހަންމަދު

    މިމީހުންގެ އަގައިން ނުކުންނާނީ ޔާމީނުގެ ނަން...

  16. ޖަހުލު

    ތިޔައީ މިގައުމަށް ދިމާވެގެން އުޅޭ މައްސަލައަކީ!! ކަމަށް ޤާބިލް މީހުން މަގާމް ތަކަށް ނުލުން!! އެކަމަކު އަބަދު ތިޔަ ގޮތަށް މަގާމަކު ނުހުރެވޭނެ!! އިންޝާ الله އަހަރުމެންގެ ދުވަސް އަންނާނެ އަދި.