ރާއްޖޭގެ ރިސޯޓެއްގައި ސޮލީބު ޖަހައިގެން ގަބުރުސްތާނެއް ފަދަ ތަނެއް ހަދައިގެން ހެލޮވީން ފާހަގަކޮށްފިއެވެ.

ހެލޮވީން ފެސްޓިވަލަކީ ކްރިސްޓިއަނުން ފާހަގަކުރާ ދީނީ އީދެކެވެ. އެމީހުން އެއީދު ފާހަގަ ކުރަނީ ގަމަރުވެފައި ތިބޭ ނުބައި ރޫޙުތައް ތެދުވެގެން އައިސް ރަށުތެރޭގައި މީހުނަށް ގޯނާކޮށް ހަދާނެ ކަމަށް ބުނެއެވެ. އެރޫހުތަކަށް އޮޅުވާލުމަށް ބިރުވެރި ސިފައަށް ހެދުންއަޅައި ބިރުވެރި މޭކަޕް ކޮށްގެން ނިކުމެ ރަށުތެރޭގައި މަޖާކޮށް ޕާޓީ ބާއްވާ މިއުޒިކްޖަހާ ނަށާ ހަދައެވެ.

މިއީ އޮކްޓޯބަރ މަހުގެ ފަހު ހަފްތާ އިން ފެށިގެން ނޮވެމްބަރ މަހުގެ 01 ވަނަ ދުވަހާއި ހަމައަށް ހުޅަނގުގެ ގިނަ ގައުމުތަކުގައި ފާހަގަ ކުރާ އީދެކެވެ.

ރާއްޖޭގައި ހެލޮވީން ފާހަގަ ކުރާ މަންޒަރުތައް ފެންނަ ވީޑިއޯއެއް ޓްވިޓާގައި ހިއްސާ ކުރައްވާފައި ވަނީ ދީނީ އިލްމުވެރިޔާ އައްޝައިޚް އާދަމް ނިޝާންއެވެ. ޝައިޚް ނިޝާން ވިދާޅުވީ ވީޑިއޯއިން ފެންނަނީ "ދަ ރިޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލޭންޑް" ރިސޯޓް ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

ފަރި އައިލެންޑަކީ މާލޭ އަތޮޅު އުތުރު ބިތުގައި އޮންނަ ރިސޯޓެކެވެ.

ޝައިޚް ނިޝާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިހާރު އެންމެ ފަހުން މިރާއްޖޭގައި ޞަލީބުވެސް ޖަހައިގެން ނަޞާރާ ދީނުގެ ފެސްޓިވަލްތައް ފާޅުގައި މިދަނީ ފާހަގަ ކުރަމުން ކަމަށެވެ.

ރާއްޖޭގައި މިއޮތް އެމްޑީއެން ސަރުކާރުން ސިއްރު އެޖެންޓާތައް މިހާރު މިދަނީ ފާޅުގައި ތަންފީޒު ކުރަމުން ކަމަށް ޝައިހް ނިޝާން ވިދާޅުވިއެވެ. "މިދީބުގެ މުސްލިމް އަޚުންނާއި އުޚްތުންނޭ! މިއެމްޑީއެން ސަރުކާރުގެ ސިއްރު އެޖެންޑާތައް މިހާރު މިދަނީ ފާޅުގައި ތަންފީޒު ކުރަމުން. މިކުފުރާއި ޝިރުކުން މިފަސްގަނޑު ނަޖިސްކުރަމުންދާއިރު، އަޅުގަނޑުމެން މިކަމާއި ހަމަ އަޅައިވެސް ނުލާ ތިބެންވީތޯ؟ މިއަދު މިކަންކަން ވަރިހަމަކޮށްލައިގެން ތިބެއްޖެނަމަ މާދަމާ މިކަމުގެ ހިތި ދެކޭނެ." ޝައިޚް ނިޝާން ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ދިވެހިރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން އެހެން ދީންތަކުގެ ރަމްޒުތައް ދިވެހިރާއްޖޭގައި ގެންގުޅުމަކީ ވެސް މަނާ ކަމެކެވެ. ނަމަވެސް ދިވެހިރާއްޖޭގައި ހެލޮވީން ފާހަގަ ކުރި މައްސަލަ އެއްވެސް އިދާރާއަކުން އަދި ބަލަމުން ގެންދާކަމެއް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

  1. ހަހަހަ

    އަމައްޔާއި!

    11
    1
  2. ސޮވެލިސަސް

    ސޭހު ނިޝާނޫ ދިވެހިރާއްޖޭގައި ހިންގާ ގިނަ ރިސޯރޓް ތަކަކީ ބޭރުގެ ކުންފުނިތަކުން ހިންގާ ތަންތަން އެތަންތަން ހިންގަނީ ސަރުކާރާ އެއްވެސް ގުޅުމެއް އޮންނަ ގޮތަކަށްނޫން އެމީހުން ފާހަގަކުރާ ދުވަސްތަކާ ފެސްޓިވަލް ތަކަކީ އެތާތިބޭ ގެސްޓުން ހިތްހަމަޖެއްސުމަށް ކުރާކަމެއް ދިވެހިން މަގުފުރައްދާ ނަސޯރާދީން ފަތުރަން ކުރާކަމެއް ނޫން ޝޭހުން ސިޔާސީވީމަ ދެއްކޭނީ ތިކަހަލަވާހަކަ

    14
    53
    • ހުވަދު

      އެހެން ވިޔަސް އެކަމެއް ނުކުރެވޭނެ.

      49
      6
      • ނަން

        އެއޮތީ ކޮށްފަ. އަދިވެސް ކުރާނެ. ދެން ލަލަލާ

        2
        15
  3. ސޫސަން

    ރިޒްކާލްޓަން ހިންގަނީ ސަރުކާރުންތަ

    11
    13
  4. އުމަރުބެ

    ބަލަ ސޭކު އާދަމް ނިޝާން ތީ ދީނީ އިލްމުވެރިޔެއްތޯ ނޫނީ ސިޔާސީމީހެއްތޯ ފުރަތަމަ އަހާލާން ބޭނުން ކަލޭގެ އެއްވެސް އިންސާފެއްނެތްކަން އެގިގެންދަނީ ........ރިސޯޓަކުން ކުރިކަމަކުން ސަރުކާރު މިގޯސްވީ ބަލަ ކަލޭ ގޯސްކަމެއްކުރިޔަސް ހަމަ ސަރުކާރު ދޯ ގޯސްވާނީ ...ތިކަހަލަ އިލމުވެރިން ގިނަވާތީ މުޖުތަމައުފަސާދަވަނީ މުޅިންވެސް އަމިއްލަޔައް ހުކުން އިއްވާ ތަންފީޒުމިކުރަނީ

    12
    47
  5. އިލި

    މި ނިސާނަކީ ސިޔާސީ އިލްމުވެރިޔެއް މީނާގެ ސަބަބުން މީހުން ދީނާމެދު ނަފުރަތުކަން އުފެދެނީ

    8
    43
  6. ބަމަށިން

    އެމްޑީއެން ސަރުކާރުން ޝޭހު މުފްތީ މެންކް ރާއްޖެ ގެނެސް އެކި ރަަށްރަށަށް ފޮނުވައިގެން ނަސޯރާ ދީން ފަތުރާވާހަކަ ޓްވީޓްކޮށް ނޫހުގަ ލިޔެބަލަ

    8
    36
  7. އަން ރިޒޯލްވްޑް

    ދިވެހިރާއްޖޭގަ އަލައްތަ ހެލޮވިން ފާހަނަގަ ކުރީ؟ އަހަރެން ރިސޯޓްގަ އުޅުނިން 15 އަހަރު ކުރިން، އޭރުވެސް ތިކަންއޮވޭ، މިހާރު ގަޔައް ކޮންބާރެއް ތިއަރަނީ؟

    12
    29
  8. ކެކެކެ

    މިވެރިން މައިތިރިވާނީ އަސްލު ތިކަހަލަ ބިރުވެރި ކަމަކާ ދިމާވީމަ..

    30
    1
  9. ތިންތުނބުޅި

    މީ އަލަށް ރާއްޖެ އައިސްގެން އުޅޭ ސޭކެއްތަ؟ ރާއްޖޭގެ ރިޒޯޓުތަކުގަ އަބަދުވެސް ގިނަމީހުން އެއްވެ ރާބޮއި ގައިގޯޅިވެ ނަށާ އެއްޖިންސުން ގުޅުންހިންގާ ކުރިސްމަސްއާ ނިއުއިޔާ ފާހަގަކުރޭ. ސަޢުދީގަ ހެލޯވީން ފާހަގަކުރީމަ އެތާއުޅޭ ޝެއިހުން ހޭދެބައިވެގެނެއް ނޫޅޭ. ބުރާންޗާ ދުނިޏޭގެ ތަފާތު ފިކުރުތަކުގެ އިންސާނުންނާއެކު ދިރިއުޅެން ދަސްކޮއްބަލަ. ޖަޒާދެއްވުމަށް ވަކިދުވަހެއް ކަނޑައަޅުއްވާފަވޭ

    6
    30
  10. ހައްގުބަސް

    މި ސަރުކާރު ވަރައް ކަޑަ. ނުދޭނަން ވޯޓެއް

    28
    3
  11. ނަމަސްތޭ

    މާކަންތައް ބޮދުކުރަން ނޫޅެބަލަ . . ރިސޯޓު ތަކުަގަ ފެސްޓިވަލް ބާއްވަނީ އަލަކަންނޫ . . އެތާ ސޮލީބް އިނީމަ މީހުންގޮސް އަޅުކަންކުރަނީތަ . . ބޮޑު ބލއއ މި ވާންޗޯ ދިވެހިންގަނޑު

    6
    30
  12. އެދުރުބެ

    އަޅެ ފާޅުކަން ބޮޑު ގޮތެއްގައި ހަރާންކޮށްފައިވާ ބަނގުރަލާއި އޫރު މަސް ވިއްކައިގެން ލިބޭ އާމްދަނީން މުޅި ގައުމު ތަރައްގީކޮށްފައި ދެން މި ދައްކަނީ ހޮލޯވީން ވާހަކަ. ރާ ވެސް ވިއްކަނީ ފަރަންޖީންނަށް. އޫރު މަސް ވެސް ކަނީ އެ މީހުން. ދެން ރިސޯޓްތަކުގައި އެ މީހުން ހޮލޯވީން އާއި ކްރިސްމަސް އާއި އެހެން ދުވަސްތައް ފާހަގަކޮށްގެން ސަރުކާރަށް ބަވަންޖެހޭ ސަބަބެއް އެބަ އޮތްތަ؟ ޝެއިޙް ވެސް ހުސް ސިޔާސީ ވާހަކަ ތި ދައްކަނީ

    3
    22
  13. ނަޒީ

    ޢިމްރާނޫ ....! ޢިޔާޒޫ .....! އިލްޔާސޫ ....! ޒައިދޫ......! މައުމޫނޫ ....! ޤާސިމޫ .....!
    އަގައިންވެސް ބުނަން ނުކެރިފައި ތިޔަ ތިއްބަވަނީ ލިބެމުން އަންނަ ބައިވަރު ގެއްލިދަނެއެތީތޯ؟

    18
    4
  14. ބެއްޔާބެ

    ދިވެހިރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން އެހެން ދީންތަކުގެ ރަމްޒުތައް ދިވެހިރާއްޖޭގައި ގެންގުޅުމަކީ ވެސް މަނާ ކަމެކެވެ. ހަމަ އެހެން ރާ ވިއްކުމާއި އެ ބުއިން ވެސް ހަރާން. އެކަމަކު ރިސޯޓްތަކާއި ހުޅުމާލެ ފަޅުގައި އޮންނަ ސަފާރީތަކުގައި ހުއްދަ. އެހެންވީމާ ރިސޯޓްތަކުގައި ކްރިސް މަސް އާއި ހޮލޯވީން އާއި އީދާއި ދަސޭރާ އާއި ހޯލީ އަދި އެހެން ފެސްޓިވަލްތައް ވެސް ހުއްދަ ނުވާންވީ ސަބަބެއް އެބަ އޮތްތަ؟

    5
    10
  15. ގަންޓާބެ

    މީހަމަ މިމަގުސަދުގަ މިގޮތަށް ލިޔެން އެންމެ ރަގަޅު ހަބަރެއްތަ ހީވަނީ ވަކި ބޭނުމަކު ވަކި މަގުސަދަކު ލިޔެފައޮތް ހަބަރެއްހެންމީ އެއީ ހުރިހާ ރިސޯޓެއްގަވެސް މިކަހަކަދުވަސްތައް އަބަދުވެސް ފާހަގަކުރޭ

    3
    11
  16. މޕ

    މިއީ ހަމަ ލާދީނީ ސަރުކާރެއް ކަން ޔަގީންވެއްޖެ

    14
    8
  17. މި ފަދަ ކަން ކަން އާންމުވެ ކުރެވެމުންދާ ކަމީ މިތާވެސް ލޭ އޮހޮރުވުމާއި ކުރިމަތިލުންތައް ފެށިގެން ހިނގައިދާނެ ކަމުގެ އަލާމާތެއް…ބައެއް ރުއްސުމަށް އަހަރެމެން ގެ އެއްބައިވަންތަކަން ގުރުބާން ކުރުމުގެ ބޭނުމެއް ކޮބައިތޯ…

    9
    8
  18. ކާސިމްބޭ

    މިތާއުޅޭ މިކަހަކަ ދެތިން ޝެހަކު ދެން މާދީނީވެގެން ކަމެއްވާއިރައް މީބޮޑުގައުމީ ކަމަކަށް ހަދާ ދަމާ ބޮޑުކޮށްގެން ތިމާމެންގެ އަމިއްލަ އެޖެންޑާއެއް ފަތުރަން އުޅޭހެން ހީވަނީ

    3
    17
  19. ރަން ރީނދޫ

    ރިސޯޓްގައި ރަލާއި އޫރުމަސް ވިއްކުމެކޭ ހެލޮވިން،ކްރިސްމަސް ،ހަނޫކާ ފާހަނގަ ކުރެމެކޭ ތަފާތެއް ނެތް. އޮތީ ދެ ގޮތެއް. މިފާޑަށް ދެ އަތަށް ކިރިކިރި ތިބުމާއި، މާތްﷲ އެންގެވި ގޮތަށް ތަބާވެ ރިސޯޓް ޓޫރިޒަމް ދޫކޮށްލުން. ތިޔަބައިމީހުންނަށް ރަނގަޅު އީމާނާއި ވަރުގަދަ އަގީދާއެެއް ލިބިގެންވާނަމަ،މަސައްކަތް ކުރުމުން މާތް ﷲ ރިޒުގު ތަނަވަސް ކޮއްދެއްވަފާނެ. އެކަލާނގެ އީ ހަނަފަސް ސަހަރާއިން ވިޔަސް ބޮޑުވެގެންވާ މުއްސަނދިކަން ދެއްވާ ރަސްކަލާނގެ.

    14
    2
  20. ށސ

    އެއްމެ މުގައްދަސް ބިމުގަ ވެސް ތިކަމެއް ނޫންތޯ އެކުރަނީ. ދައްޖާލުގެ ފިތުނަ އިން ސަލާމައް ކުރވޭނީ އެމީހަކު އަމިއލް ނަފްސް. އަމިލަޔައް. ދުއާތަކާ ޒިކުރުތއކުން.

  21. މީހާ

    މިރާއްޖޭގަ ހެލޮވީން އާ ކްރިސްމަސް ފާހަގަ ކުރާތާ އަހރުންނަށް އެނގިގެން މިހާރު 15ވަރަކަށް އހަރުވީ، ގެސްޓުން ގެންނަ ކޮންމެ ރިސޯޓަކުން އެކަންކުރޭ..

    5
    4
  22. Anonymous

    އެހެންވެގެން ކަންނޭގެ މިހާވަރަށް އުދަ އަރަނީ ރާއްޖެއަށް

    8
    1
  23. ...

    ތިދެން ވަރަށް އަވަހަށް މުޅި ރާއްޖޭގައި ފެތުރިދާނެ. އިބިލީސް ވެސް ބުނި ނުބައި ކަންތައްތައް ޖީނަތްތެރި ކޮށްފައި ދައްކާނެކަމަށް. ދެންވެސް ބައެއް މީހުން ބުނާނެ ހިތުގައި ﷲގެ އީމާންކަން ވާނަމަ އެކަން ކުރިޔަސް މައްސަލައެއް ނެތޭ.

    9
    1
  24. ފަގުޑި

    ޝޭހު ނިޝާމުމެސް ޓުވީޓަރުގަ ބޮޑު ސޮލީބުޖަހައިގެން އިސްތިހާރު ކުރަންފެށީތަ؟؟! ދެން ކިތައް ދިވެހިން ތި ޓުވީޓު ބަލާފަ ނަސޯރާ ދީނަން ވައްނާނެ.... ކިހާދެރަކަމެއްތީދެން.. ޝޭހު ވަރައް ނުލަފާކަމެއް ތިކުރީ. އަވަހައް ތައުބާވޭ..

    3
    11
  25. ދަރަނި ދަންތުރަ

    ގައުމެއް ނެތް ކަލޭނޭ ކޮބައިތޯ މިގައުމުގެ އިސްލާމިކު މިނިސްޓަރ ، އެބޭފުޅާ މުސާރަ ނަންގަވާތޯ

    11
    2
  26. ނިޝާން

    ތިއޮތީ ސަލީބާއި ހެލޮވީން އިޝްތިހާރު ކޮށްދެވިފައެއްނު؟

    5
    6
  27. ކަރަންޓޭ

    މާތްﷲމަގުފުރައްދާފިމީހަކަށްތެދުމަގުދެއްކޭނެއެއްވެސްމީހަކުނުހުންނާނެ
    އެމީހަކުކުރިފާފައެއްއުފުއްލާނީހަމައެމީހަކު

    7
    1
  28. ހާމިދު ޝާޙިދު

    ތިއީ އަސްލު ކްރިސްޓިއަން ދީނުގައި ވެސް އޮންނަ ކަމެއްނޫން. ތިއީ އެމީހުންގެ ފާދިރީން އިތުރުކޮށްގެން އުޅޭ ކްރިސްޓީއަން ދީން ފެތުނު ޔޫރަޕްގެ ބައެއް ގަބީލާތަކުގައި ހިނގަމުންދިއަ ކަމެއް އެމީހުންގެ ދީނީ ކަމެއްގެ ގޮތުގައި ހަދާލައިގެން ފާހަގަ ކުރަމުން އަންނަ މަޖާގަނޑެއް. ތިކަމުގައި މަޖާވެގެން ގޮސް، އަންހެނުންގެ އިތްފަތް ފޭރިގަނެ، މީހުން މަރާ ހަދާފައިވެސް އެބަހުރި. ތިފަދަ ކަމެއް ތިފެންވަރުގައި ރިޒޯޓްތަކުގައިވެސް ފާހަގަ ކުރުމަކީ ކޮށްގެންވާނޭކަމެއް ނޫން. ރިޒޯޓްތަކަށް އަންނަ ޔޫރަޕިއަނުން ހިންހަމަ ޖެއްސުމަށް، ހޮލޮވީން ތީމްގެ ބުފެޓެއް ހަދާފައި ބަރަބޯ ބަހައްޓާލުން އެއީ މާ ބޮޑު ކަމެއްނޫން. އެކަމަކު ތިކަންތައް ތިފެންވަރަށް ގެންދިޔައީމާ ވަރަށް ދެރަ.

    8
    2
  29. ކޮރު

    ރާވެސް ވިއްކާ

    6
    4
  30. ކިސް

    އެކަމު އޭރު ދިނީ އިލްމްވެރިން ބުނި އެކަން ކުރަނީ ޔާމިން ހުއްދަދީގެންނޭ،،އެހެންވެ އޭރު ޕޮލިހުން ގޮސް ކޮންމެވެސް ރިސޯޓެއްގަ ހުރި ބުދުތަކެއްވެސް ތަޅާލި.މިހާރު ކިހިނެއްމިވީ

    10
  31. ސާބަހޭ އިބުރޭ

    ލާދީނީ އޭ އިންޑިޔާ އައުޓޭ ކިޔަނީ ކިޔަންވެގެން ކަން ދެ ކޮޑު ދޭތެރޭ ބޮލެއް ހުރިމީހަކަށް ވިއްޔާ ވަރަށް ސާފުކޮށް މިދަނީ މި ރާއްޖެއިން ފެންނަމުން. އުބެއްހުރެ ފައިސާ އަށް ގައުމުގެ މިނިވަންކަމާއި ދީންވިއްކާލަން އުޅޭ ބައިގަޑުގެ މީހުންނަށް ފެންނަ އެއްޗެއް ވަރަށް ތަފާތުވާނެ ކަން އިގޭ މިހެން ބުނާއިރު..އިންޝާﷲ ވެރިކަމުގެ ހިޔަނިވެސް ދެކެން ހިތުނުލާތި.ވޯޓުން މިއީ ދިވެހިންގެ ދިވެހިރާއްޖެކަން ދައްކަން މިތިބީ ކެތްމަދުވެފައި.މަހުވެއި.

    2
    1
  32. އަނދޭ

    އަވަހަށް ރިސޯޓަށް އަރައިގަނެ ތަޅާ ރޯނާ ގަންނަވާލަން ޝޭހު ގޮވާލައްވަންފެނޭ.

    1
    1
  33. އަނދޭ

    ހަބަރު ކިޔާލާފަ އަހަރެން ލައިގެން އިން ގޮޅިގެހި މުންޑަށް ބަލައިލި އިރު މުޅި މުނަޑުގަ ހުސް ސޮލީބް. އަރާއިގެން ރުޅީގަ މުންޑު ވިދާލާފަ ހަނދުފަޅި ޖެހި ފޮތިގަނޑެއް އަނދެލާއިގެން އިނދެ ހަބަރުކިޔާ ނިންމާލާހަ ނިޝާނަސް ހެޔޮ ދުއާކޮއްލިން.

  34. މުޅަދެވި

    މިހަރަ އުތުރުބިތުގަ އޮތް ސިނަމަން ދޮންވެއްޔާއި ފޯސީޒަންސް ކުޑަހުރާގަ ބަރަބޮލުން ހުތުރު ގަބުރު މޫނު ހަދައިގެން މުބާރާތް ބާއްވާ، ދެޖިންސު އެއްވެ ގައިގޯޅިކޮށް ޑީޖޭ ޖައްސާ ނާޗަރަންގީ ކުޅުނީމަ ކީއްވެތަ ސޭޚު ނިސާނަށް އެވާހަކަ ބޮޑުކޮށް ދައްކަން ނޭނގުނީ؟؟؟ ބަލަގަ ސޭޚު ނިސާނަށް ނޭނގެނީތަ ދުނިޔޭގަ ލެއްވިޔާ ލެއްވިހާ ކާފަރު ޢީދުތަކާ ފެސްޓިވަލްތައް މުޅި ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގަ އޮތިއްޔާ އޮތްހާ ރިސޯޓުތަކުގައި ފާހަގަ ކުރާކަމެއް؟؟؟ ރިޓްޒް ކާލްޓަންގަ ފާހަގަކުރީމަ ހަމައެކަނި އެމީހުން އެކަނިތަ ފެނުނީ؟؟؟ ޝޭޚެއް ނޫން ސޭކު ގަމާރުތިއީ!!!

  35. ދިވެހި ޒުވާނުން

    ރާއްޖޭގައި އުޅޭ ގިނަ ޝޭޚުންނަކީ ތިބާވަތުގެ ކަންކަން އަމަލީ ގޮތުން ކުރަން ވަރަށް ފޯރި ހުންނަ ބައެއް އެއީ ހިކުމަތެއް އަޚުލާގެއް ނެތް ބައެއް ތާކިހާ އޮތީ ހަމައެކަނި ކަންދެއްކުމުގާ

  36. މަރުމޯލު

    ތި ނިޝާނާއި އައްޔަމެން އީ އަހަރުމެން ބަލައިގަންނަ ބައެއް ނޫން. ޔާމީނު ބުނި އެއްޗެއްސާއި ކުރިކަންކަން އެމީހުންނަށް ހަބޭސް ވެފަ މިއަދު ދީނީ ވެރިޔަކު ގެންނަން ވެގެންނޭ ކިޔާފަ ވެރިކަމަށް ފެންބޮއައިގެން އުޅޭ ސިޔާސީ ރަންޑިން ތަކެއް