އައްޑޫ ގަން އެއާޕޯޓުން ރޭ ފަތިހު ފުރި މޯލްޑިވިއަންގެ ފްލައިޓެއް ގދ.ކާޑެއްދޫ އެއާޕޯޓްގައި ޖެއްސި ފަހުން ދިމާވި ޓެކްނިކް މައްސަލައަކާއި ހެދި ފްލައިޓްގައި ތިބި މީހުންނަށް މާލެ ނުދެވި ކާޑެއްދޫ އެއާޕޯޓްގައި ތާށިވެއްޖެ އެވެ.

މައްސަލަ ޖެހުނު ފްލައިޓް ގަމުން ފުރީ ފަތިހު 4:30 އެހާކަށްހާ އިރު އެވެ.

ކާޑެއްދޫގައި ތާށިވެފައި ތިބި ފަސެންޖަރުން ބުނާ ގޮތުގައި މާލެ އިން ފްލައިޓެއް އަންނަ ކަމަށް މޯލްޑިވިއަން އިން ބުނި ނަމަވެސް އެފްލައިޓް އަންނާނެ އިރެއް އަދި ނުވެސް އެނގެއެވެ. "ފަހެއް ޖެހިއިރުން ފެށިގެން ވާނުވާ ނޭންގިފައި މިތިބެނީ. އަދި ނޭނގެ ފްލައިޓެއް އަންނާނެ އިރެސް ވެސް. އެއާޕޯޓްގައި މިތިބެނީ." އައްޑޫން ފްލައިޓަށް އެރި ފަސެންޖަރަކު ބުންޏެވެ.

މޯލްޑިވިއަންގެ ފްލައިޓަށް ދިމާވީ ކޮން މައްސަލައެއް ކަމެއް ނޭނގެއެވެ. ނަމަވެސް ފަސެންޖަރުންނަށް މައުލޫމާތު ދެމުން އެއާލައިނުން ބުނެފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލަ ހައްލު ކުރަން ކުރި މަސައްކަތް ކާމިޔާބުނުވި ކަމަށެވެ.

އެހެންކަމުން ބެލެވެނީ ފްލައިޓަށް ދިމާވި މައްސަލަ ހައްލު ކުރެވޭނީ މާލޭ އިން އިންޖިއަރުން ކާޑެއްދުއަށް ގޮސްގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަން

    ޑިލޭމޯލްޑިވިޔަންގެ ފުލައިޓެއް ވަރަށް މައްސަލައެއް ނުޖެހޭނެ. އަދި ކުޑަކުޑަ މައްސަލައެއް ޖެހުނު ނަމަވެސް ދަތުރުގެ ބައިވެރިން މަންޒިލާހަމަޔަށް ގެންގޮސްދޭނެ.
    ތިކަންތަށް ވަރަށް ގާތުން އެބަބަލަން.
    ގަވާއިދާއި އެއްގޮތަށް އިހްމާލެއް ވެފައިވާނަމަ ފިޔަވަޅުއަޅަން ފަހެއް ނުޖެހޭނަން.
    ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން މިފުރުސަތުގައި ފާހަގަ ކުރަން.

  2. ބީތާވެދާނެ

    އެވަރު ކަމެއް ހިނގާފާނެ.. ކެތްތެރިވާން ދަސްކުރަންވާނެ.. ތިހާ ކެތްތެރިކަން ނެތިއްޔާ ދަތުރުކުރަން ނާރާނީ ބޯޓަށް.. އެހެންނާ ފަހެ މީ ކޮންމެ ދުވަހަކު ކޮންމެ ދުވަހަކު ހިނގާކަމެއްނޫންވިއްޔާ.. ހިސާބަށްވުރެ ފޮނީ މިހާރު އުޅޭމީހުންވެސް..