މާލޭގެ ގެއެއްގެ ފާރު ތަޅާލުމުގެ ތެރޭގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން "ވަގުތު" އަށް ވިދާޅުވީ މާލޭ މާފަންނުގެ ގެއެއްގެ ފާރު ތަޅާލުމުގެ ތެރޭގައި އެ ގެ ކައިރީގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކަކަށް ބޮޑެތި ގެއްްލުންތަކެއް ލިބިފައިވާކަމަށެވެ.

އެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ފުލުހުން ދިޔައީ ޕެޓްރޯލްކުރުމުގެ ތެރޭގައި މަންޒަރު ފެނިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއަކުން ފެންނަ. ގޮތުގައި އެ ގޭގެ ފާރުވެއްޓި އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ކުޑަ ޕިކަޕެއްގެ މަތީ ބަޔަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އަދި އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ދެ ސައިކަލަކަށްވެސް ގެއްލުން ލިބިފައި ވެއެވެ. ވީޑިއޯ އިން ފެންނަނީ ތަޅާލިި ފާރުގެ ބޮޑު ބައެއް ސައިކަލެއް މައްޗަށް ވެއްޓިފައި އޮއްވައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމެއް ނުވަތަ ނޫން ކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ މިކަމާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މާލޭގެ މަގުތަކަކީ އަބަދުވެސް ގިނަ އަދަދަކަށް ދުއްވާ އެއްޗިއްސާއި މީހުން އުޅޭ ތަނަކަށް ވާއިރު، އިމާރާތް ކުރުމުގެ އެކި މަސައްކަތްތަކުގައި މީހަކަށް ނުވަތަ މީހެއްގެ އަގުބޮޑު މުދަލަކަށް ލިބިދާނެ ގެއްލުމަކަށް ބެލުމަކީ މުހިންމު ކަމެކެވެ.

2018 ވަނަ އަހަރުގެ ތެރޭގައި އިމާރާތް ކުރަމުގެ މަސައްކަތް ކުރަމުން ދިޔަ ތަނކުން ސިމެންތި ކޮތަޅެއް މަގުމައްޗަށް ވެއްޓި ބިދޭސީ ކުޑަ އަންހެން ކުއްޖެއް މަރުވި ހާދިސާއަށް ފަހު އެފަދަ ކަންކަމަށް ދޭ ސަމާލުކަން ކޮންމެވެސް ވަރަކަށް އިތުރުވި ނަމަވެސް އަނެއްކާވެސް ރައްކާތެރިކަން ކުޑަކޮށް އެފަދަ ތަންތަނުގައި މަސައްކަތްކުރާ މައްސަލަތައް އަންނަނީ ފެންމަތި ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ތިއީ މ.ނެލިވަރު ، ވަރަށް ގިނައިން ތިގެ ކައިރީގައި އުޅެން ކިތައްމެ ފަހަރަކު ހިތަށްއަރާ ތިގެ ތަޅާއިރުވެސް ތިގެ ކައިރީގައި ފިކަޕު ކާރު ސައިކަލް ތަށް ޕާކުކުރާ މީހުންވެސް އެއްވެސް ވަރަކަށް ތިކަހަލަ ކަމެއް ހިނގާފާނެ ކަމަށް ވިސްނާ ނުލައޭ ، މަތީބައި ތަޅާއިރު ސަލާމަތީ ފިޔަވަޅުތައް އެހާ ރަނގަޅަށް ނާޅާ ހުރީ

    • އަހްމަދު

      މާފަންނުގައި ނުހުންނާނެ ނެލިވަރު ކިޔާގެއެއް. ހެންވޭރުގައި ހުންނާނީ ނެލިވަރު. ނެލިވަރުއާގެ ހުންނާނީ ގަލޮޅުގައި.

  2. ސޯލިބޭ

    ފުލުހުންގެ ހުވާގާ އޮންނަ އަތްމަތިބަހެއްތޯ އެއީ "ބަލަންޖެހޭކަންތައް މިދަނީ ބަލަމުން"

  3. ޖަހާލަތު

    އަހުމަދު ތިހުރީ ވާނުވާގައި ދޯ ހެންވޭރުން ނެލިވަރު ކިޔާ ގެއެއް ހޯދަ ބަލަ މޮޅިއްޔާ