ޗާގޯސް އައިލެންޑްސް އަކީ ރާއްޖޭގެ ތަނަކަށް ހެދެން އޮއްވައި އެ ފުރުސަތު ދޫކޮށްލެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު އެގޮތަށް ވިދާޅުވީ، ޗާގޯސްގެ މައްސަލައާ ގުޅޭ ގޮތުން ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ، ޗާގޯސްއަކީ މޮރީޝަސްގެ ބައެއް ކަމަށް އދ. އިން ނިންމީ 2017 ވަނަ އަހަރު މޮރީޝަސްއިން އދ. އަށް ހުށަހެޅި ގަރާރު ފާސް ވެގެން ކަމަށެވެ.

އެ ގަރާރުގައި ވަނީ ޗާގޯސްގައި ތިބި ވަޒަންވެރިން އެތަނުން ބޭރުކުރި ކުރުން ކުށްވެރިކޮށް އެ މީހުންނަށް އަނބުރާ ގައުމަށް ދެވޭނެ ގޮތް ހެދުމަށް ގޮވާލައި އަދި ޗާގޯސް މޮރީޝަސްއާ ހަވާލުކުރުމަށް ގޮވާލާފައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެ ގަރާރު އދ. އިން ފާސްކުރިއިރު، ރާއްޖޭން އެ ފަހަރު ވޯޓު ދިނީ މޮރީޝަސްއާ ދެކޮޅަށެވެ.

އެ ގަރާރު ފާސްވި ނަމަވެސް އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ފުރުސަތު ރާއްޖެއަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭރު ވެރިކަމުގައި ހުންނެވި ރައީސް ޔާމީން އިސްތިއުނާފް ނުކުރެއްވުމުން އެ ފުރުސަތު ރާއްޖެއަށް ގެއްލުނީ ކަަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ޔާމީން ހިތުގެ އަޑިން ދައްކާ ވާހަކާގައި އިހުލާސްތެރިކަމެއް އޮތްނަމަ އިންޓަރނޭޝަނަލް ކޯޓަށް ވަޑައިގަންނަވާނެ. ނަމަވެސް އެ އެއްވެސްކަމެއް ނުކުރައްވާ. އޭރުވެސް މިއީ ރާއްޖޭގެ ތަނެއްކަމަށް ޤަބޫލެއްނުކުރައްވާ. އޭރު އެ ފުރުސަތު އެ ގެއްލުނީ." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، މޮރީޝަސްގެ ސިޔާދަތުގެ ތެރޭގައި ޗާގޮސް ހިމެނޭ ގޮތަށް ރާއްޖޭން ތާއިދުކުރި ކުރުމާއި އަދި މޮރީޝަސްއާ ރާއްޖެއާ ކަނޑުގެ ސަރަހައްދުގެ މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ޗާގޮސް މައްސަލައިގައި މޮރީޝަސްއާ އެއްކޮޅަށް ވޯޓުލާނީ ބޮޑު ސަރަހައްދު ރާއްޖެއަށް ލިބޭ ގޮތަށް ކަމަށާއި ރާއްޖެއިން ކަނޑައަޅާފައިވާ ކަނޑުގެ ސަރަހައްދުތައް ހޯދުމަށް ވަކާލާތު ކުރުމުގައި ދެމި އޮންނާނެ ކަމަށެވެ.

"އަދި ރާއްޖެއަށް ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ލިބޭ އެންމެ ބޮޑު ސަރަހައްދެއް ހޯދުމަށް ރާއްޖެއިން ވަކާލާތު ކުރުމުގެ ހައްގަށް އެއްވެސް އުނިކަމެއް ނާންނާނެކަމަށް ބުނެ އަޅުގަނޑުމެން އެފަދަ ވޯޓެއް ލާނީ. އަދި ލާފަ އޮތީކީ ނޫން. އެފަދަ ފުރުސަަތެއް އަތުވެއްޖެނަމަ ކަންކުރާނެ ގޮތް ކަނޑައަޅާފަ." ޝާހިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. އަލިބެ

    ދެން ކަލޭތީ ކީއްކުރާ މީހެއް. ދުލުން ތެދެއް ނުހަދާތި

    138
    2
  2. 💯

    ރާއްޖޭގެ ތަނަކަށް ޗާގޮސް ހެެދެން އޮއްވައި އެ ފުރުސަތު ދޫކޮށްލެއްވީ ސޯލިހު ސިޓީގަ ލިޔެފާ!!!!!!

    139
    3
  3. ހިމް

    ޝާހިދުގެ ހަގީގީ ޑިޕްލޮމެޓިކް ވިސްނުން ހުރިނަމަ އެތަން އިނގިރޭސިވިލާތަށް ކުއްޔަށްދޭ ގޮތަށް އެއްބަސްވެގެން އެތަން ދިވެހިންނަށް ލިބުމަށް އިނގިރޭސިވިލާތުން މިއަދު ވަކާލާތުކުރާނެ.

    115
    2
  4. ާާާޢަލީ

    ޝާހިދު މަބުނީ ކަލޭމެނަށް އެއްވެސް ތަނެއްގަ އެއްވެސް
    ކަމެއްގަ ވާހަކަދައްކަން އަރާ ޔާމީނު ޔާމީނު ޔާމީނު
    ނޫންއެހެން އެއްވެސް އެއްޗެކޭ ކިޔަންއެނގޭތަ؟؟؟
    ލަދުކުޑަކަންދޯ؟؟؟
    ކޮންމެ ކަމެއްގަ..ތިމީހުންދޯ ބުނީ އެއްކަމެއްވެސް ޔާމީނަކަށް ނުވިޔޭ...ފެން ހުރިހާކަމެއް ވެސް ކުރީ ޔާމީނޭތިކިޔަނީ ކިއްވެހޭ؟؟؟
    އަޖައިބެއްފަދަ ކަމެއްތާ...

    71
    1
  5. ޏަމް

    ދެން އެހެންވިއްޔާ ކަލޭ އދ ބޮޑު މަގާމުގަ ހުރެގެން. އެތަން އަތުނުލެވިގެން ތިޔައުޅެނީ ކީއްވެ ކަލެޔަށް ކުރެވޭނެ ކަމަކީ ދެމުސާރަނަގައިގެން އަޗާތެޅުން .

    69
    1
  6. ނާދިރާ

    ދޮގު ހެދުމުގައި ދެވަނައެއް ނެތް މުސްކުޅި ބެއްޔާ އެއް

    58
    1
  7. Anonymous

    ހުރިހާކަމެއްވެސް ވާންއޮތީ ޔާމީނަށް ވާނީވެސް ޔާމީނަށް ކަލެއަށްވާކަމަކީކޮބާ؟ދަވްލަތުގެޚަޒާނާ ކާއިހުސްކުރުނޫންކަމެއް ތިހިޔަޅުޝާހިދު އެބަކުރޭތަ؟؟ކަލޭހީކުރީ ރައްޔިތުން ތިބީހޭނެތިފަކަމަށްދޯ؟؟

    60
    1
  8. އހ

    Yahoodheen faalhu vaan feshee dho

    39
    1
  9. Anonymous

    ދެން އަބުރާ ކަލޭ ހޯދާފަ ތިހެން ބުނިނަމަ ރަގަޅުވީހެއް ނުން. މުޅި އަލިފްދާލު ބަނޑުދަށުލައިގެން ތިއުޅެނީ ތިކާލޭގެ ވިއްޔާ

    49
    1
  10. ގަލަން

    އެތަން ވިއްކާލާފަ އެހެން މީހުންގެ ބޮލުގަ އިލްޒާމް އެޅުވުން އެއީ ރަގަޅުކަމެއްނޫން ކަމައް ރާއްޖޭގެ ގިނަރަތްޔިދުން ބުނަމުން ދަނީ

    52
    1
  11. Anonymous

    ހަލާލު މުދަލުން ގެދޮރު އިމާރާތްކުރެވެން އޮއްވާ، ވަގު މުދަލުން ގެދޮރު އިމާރާތްކުރީ ކާކުތަ؟

    44
    1
  12. ޙަސަން

    ތޯ ދޮގޮ ނިހަދަ

    39
    1
  13. ޢަލިފް

    2023 Yamin insha Allah...Ameen

    41
    1
  14. ރަދީފް

    ތޯ ދޮގަ ނިހަދަ.

    33
    1
  15. ރަން ރީނދޫ

    ސިޓީ ދައްކަން ނުކެރިގެން ތިއުޅެނީ އެވެސް ކުރީ ސަރުކާރު ކަމެއްވީމަތަ. ވެގެން ރެދެއް ނަހަދާތި.

    46
    1
  16. ޛިޖ

    Will not believe you Mr.Shahid

    29
    1
  17. ސްލޯލިހު

    ހާދަ ލަހުންނޭ ދޯ ޔާމީނު ބޮލަށް ކަނޑާލާ ޚިޔާލު ތިޔައީ..
    ސްލޯލިހުވިއްޔަ ހުރިހާ ކަމެއްގަވެސް ސްލޯބެ.

    43
    2
  18. އަހުމަދުކަ

    ކީކޭތޯ ޕްރީޕިޑް ސިއުނާ އަތުގަ ތިމަން މަނިކުފާނުގެ ފޮޓޯތަކެއް އެބަހުއްޓޭ ތޯ؟

    31
  19. ހަވާސާ ހާދިސާ

    ކަލޭތީ ތީ މާ ގިނައިން ތެދުބުނާމީހެއްތަ ތިޔަ ގޭގައިވެސް ނޫޅޭނެ ތެދުބުނާ އެކަކުވެސް ކަލޭގެ ބަފަޔަކީ ވެސް ދޮގުހަދާ މީހެއް!

    21
  20. ހުވަދޫ އަލިބެއްޔާ

    ޔާމީން ބޮލަށް ކަނޑާލާފަ ސަލާމަތް ވާނެ؟؟

    28
  21. އާބިދާގެދަރި

    ރައްޔިތުން ބޮލަށް ޗިޕް ޖެހުނު ދުވަސް މާޒީވެގޮސްފި އެއީ މާޒީ ދެން އަހަރުމެން ގުނބޯ ނުހެއްދޭނެ، އަދި ޔާމީނަށް ކުރާ ތާއީދު އެންމެފުކެއްވެސް ކުޑަ ނުކުރެވޭނެ ވާނީ އިތުރު އިންޝާﷲ

    32
  22. މެން

    ކަލޭތީކާކު އުމުރުންވީހާދުވަހެއްހޭދަކުރީ ވ އަތޮޅު ރައެްޔިތުން ގުބާހައްދާ އެރައްޔިތުންގެ ލޭބޯން

    30
  23. ފެލަނީއޭ

    މިސަރުކާރު އައި ފަހުން ހޮޓަލުން ބައިރުފިޔާ އަށް ވިއްކި ކަޅު ސައިތަށި މިހާރު 5 ރުފިޔާ ދެން މިސަރުކާރުން ޓެކްސް ބޮޑު ކޮށް އަންނަ އަހަރު ބޮޑު ޓެކްސް ރައްޔިތުން އަތުން ނަގާ ރައްޔިތުން ފެލާލަން ފެށުމުން އެއިރުން ކަޅު ސައިތައްޓެއް ހޮޓަލުން ލިބޭނީ 25 ރުފިޔާ އަށޭ ދެން މިވަރުގެ ސަރުކާރެއް ހެޔޮވާނެތޭ ރައްޔިތުން ބައިތިއްބަން މާލޭގެ ހޮޓާ ތަކުން ސާރިވސް ޗާރޖް އެބަނަގާ ގާނޫނާއި ޚިލާފަށް %10 ދެން ޓެކްސް %6 ދެން ބޮޑު ޓެކްސް އެއީ %8 އެއިރުން %20 އިތުރަށް ފެލަނީއޭ ފެލަނީއޭ ފެލަނީއޭ ފެލަނީއޭ ފެލަނީއޭ ފެލަނީއޭ ފެލަނީއޭ ފެލަނީއޭ ފެލަނީއޭ ފެލަނީއޭ ފެލަނީއޭ ފެލަނީއޭ ފެލަނީއޭ ފެލަނީއޭ ފެލަނީއޭ ފެލަނީއޭ ފެލަނީއޭ ފެލަނީއޭ ފެލަނީއޭ ފެލަނީއޭ ފެލަނީއޭ ފެލަނީއޭ ފެލަނީއޭ ފެލަނީއޭ ފެލަނީއޭ ފެލަނީއޭ ފެލަނީއޭ ފެލަނީއޭ ފެލަނީއޭ ފެލަނީއޭ ފެލަނީއޭ ފެލަނީއޭ ފެލަނީއޭ ފެލަނީއޭ ފެލަނީއޭ

    27
  24. އާދު

    ތީ ކާކު މަނިކުފާނު ހޮވޭނޭ ކިޔައިގެން މައުމޫނައް ބޮޑިދިން މީހާނު ދުވަހަކުވެދް ތެދެއް ނުހަދާނެ 2 މުސާރަ ބަނޑުއެޅި ގައްދާރެކޭ ތީ

    32
  25. ސާހިދު

    ކެކެެކެކެ ދެން އެންމެން އަކީ ޤަމާރންނޭ ދޮ ތިބުނަނީ! ރާއްޖެއަށް އެމައްސަލަ އިސްތިއުނާފް ކުރާނެ ޖާގައެއް އޮތީއާ އެކަނެއް ރައްޔިތުންނާއ ހިއްސާ ކޮށްލިނަމަ ސަޅިވީސް

  26. މުފައްކިރު.

    މިމީހުންގެ ކަމަކީ އޮޅުވާލުމަށް ދޮގާއި މަކަރުވެރި ވާހަކަ ދެއްކުން. 2023 ގަ މިމީހުން ބަލިކޮށްގެން ނޫނީ ގައުމު ސަލާމަތުގެ އައްސޭރި އަކަށް ނުދެވޭނެ.

  27. ދިވެހިދަރި

    ޝާހިދަށް ނަންގަންނަށް ބާރާނުފޫޒުގެބޭނުމުގައިމަގާމުގެބޭނުމުގައި ހަގީގަތާޚިލާފްވާހަކަނުދައްކަވާ މިހެން ބުނަންޖެހުނީ ދިވެހިގައުމަށް،ދިވެހިދަރިންނަށް އެހާލޯބިވެލައްވާ ރ. ޔާމީންފަދަބޭފުޅަކު އެފަދަކަމެއްނުކުރައްވާނެކަން ޔަގީންކުރެވޭތީ
    ރިޔާސީއިންތިޚާބު ކާމިޔާބުކުރެއްވުމަށް ރ.ޔާމީންބޭފުޅާގެބޮލުގައި ވައްކަމުގެ ދޮގުއިލްޒާމްއަޅުވައި އަޑުބާރުކުރަމުން ދިޔައިރު ޗާގޮސްކަންތަށް ޝާހިދުވިދާޅުވާގޮތަށް
    ހިނގާފައިވާނަމަ އެކަންވަރަށްބޮޑުކޮށް މިހާރަށްވުރެގިނައިން އެވާހަކަފެތުރީސް މިހާރު
    ތިކަންބޮޑުވެ ޔާމީންބޮލުގައި ހަގީގަތާޚިލާފް އިލްޒާމް އެޅުވޭތޯބައްލަވަނީ މިހާރުގެސަރުކާރުން
    އެޅިފިޔަވަޅަކުން ދިވެހިންގެއަތުން ޗާގޮސްގެއްލިދާނެބީރުވިސްނުނީމައި އެހެންނުހައްދަވާ
    ކުރިންވެސް އަދި މިހާރުވެސް ގޯހެއްހިނގާފައިވާނަމަ ގާބިލްކަމެއްހުރިނަމަ އެކަން ހައްލުކޮށް
    ދެއްވާ އެއީ ހަސަދަވެރިކަމެއްބާއްވާ ދޮގުއިލްޒާމްތަކުންފައިދާއެއް ނުކުރާނެތީ ރާއްޖެއާ އިންޑިޔާގެއަޅުވެތިކަމަށްދިއުމުގެ މައްސަލަވެސް އަޅުވާނީ ރ.ޔާމީންއިސްތަށިފުޅުގައިތޯ

  28. ސޯހިދު

    ކަލޭ ފޮނިނުކަޑާށެވެ. ރާއްޖޭން ބޭރުކުރާ މަހުން އިގިރޭސިވިލާތުން ބޮޑު ޑިއުޓީ ނަގާތީވެ އެކަން ހައްލުކުރަން ކަލޭ މަސައްކަތް ނުކުރަންތަ. އަދި އެކުރި ކަމުން ދިވެހިން ބުރަމަސައްކަތުން ހޯދި ފައިސާއިން ކަލޭގެ ދަތުރާއި ކެއުމާއި ބޯން ކުރި ބޮޑު ހަރަދު ކޮށް ދިވެހި ބައިތަލްމާލު ދެވުން ފިޔަވައި ކޮންކަމެއްތޯވީ. ޑިއުޓީއެއް ކުޑައެއް ނުކުރެވުނު. ދެން ކޮން އަގައެއް އަރުވާކަށް. ކަލޭމެންގެ ޓީމަކީ ކޮންމެ ކަމެއްވެސް ބޮއްސުން ލީމާ އަނެކުގެ ބޮލުގަ އެކަމެއް އަޅުވާ އަބަދުވެސް ރެކެން އުޅޭބައެއްކަން ދިވެހިންނަށް އޭރުވެސް އެގެއެވެ. އަކަމަކު ވަކަރަށް ޖެހީ މާޒީގައި އެކަން ތަކުރާރު ވިޔަނުދިނުމަށެވެ. ބޮޑުމެޖޯރިޓީ ދިނީމަވެސް ކަމެއްނުވާކަން އެގިތިބެއެވެ.

  29. ސލ

    މިސަރުކާގެ އިސްމަގާމުތަކުއި މިތިއްބެވީ ގައުމީކަންކަމުގައި
    ދުރުވިސްނުމާއި ހިކުމަތްތެރިކަން އިސްކުރުމަށް މާބޮޑުސައުގެއް ހުރި ބޭބޭ ފުޅުންނެއްނޫނެވެ އެހެން އެދިމާވަނީ ކޮންމެވެސް ކަމަކާހެދި އަމިއްލަ މަސްލަހަތަށް
    ޖާގަދެއްވޭތީއެވެ ހަގީގަތަކީ އަމިއްލަ މަސްލަހަތުވެސް ކުރި
    އެރުވޭނީ އަދި ގައުމިއްޔަތު ދިރުވޭނީވެސް ގައުމަށް އިލާސްތެރި ވެގެންނެވެ ގައުމު ހަމައިސްކޮޅަށް ހިންދަމާލެވިގެންނެވެ ދައުލަތުގެ ކަންކަމާހަވާލްވެގެން ތިއްބަވާ
    ފަރާތްތަކުން ހިކުމަތްތެތިކަމާއިއެކު މުއާމަލާތްތައް ކުރިއަށް
    ގެންގޮސްދެއްވުމަކީ ވަރަށް ވަރުގަދަ ގައުމީ ޚިދުމަތެކެވެ

  30. އައްލާގެ އަފީފް

    ދެން ކަލޭމެން ހެދި ވަގު ޑީލު ހާމަކުރަން ނުކެރިގެން އުޅެނީ ކީއްވެ؟ ގަޓު ހުރިއްޔާ އެ ލިޔެކިއުން ދައްކަން ވީނުންތަ ، ނޫނީ ޔާމީނުވެސް ކަންތައް ކުރިގޮތުގެ ލިޔެކިއުން ދައްކަބަލަ ކީއްވެ ނުކެރިގެން އުޅެނީ ؟ ދޮގު ހެދުމުގެ ލާމަސީލު ނަމޫނާއެއް ޝާހިދަކީ

  31. ދިވެހި ޒުވާނުން

    ޔާމީނަށް ރާއްޖެ އަދި ޗާގޯސް އިގޭނީ އޭނަ މަންމަގެ ރަށްވެސް އެގިގެންތަ؟ ޔާމީނަކީ މި ގައުމާއި ގައުމާއި ގައުމުގެ ވަސީލަތްތައް ދަންނަ މީހެއްނޫން އެގޭކަމެއްނަަމަ އެ އަންދާލައިގެން މުޅިގައިގާ އޭގެ އަޅި ހާކައިގެން އުޅޭ ބައެއް