ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި މިއަދު އިޓަލީގެ ރޯމް އަށް ފުރާވަޑައިގަންނަވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނެއް ބުނެފައި ވަނީ ނަޝީދު އިޓަލީއަށް ފުރާވަޑައިގަންނަވަނީ ހެބިޓަބަލް ޕްރޮޖެކްޓްގެ އެނުއަލް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.

އެމަނިކުފާނު ރޯމަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކޮޕް 27 ގައި ބައިވެރިވެވަޑައިގަތުމަށް ފަހު މިސްރުގެ އެއާޕޯޓުން ކަމަށެވެ.

ހެބިޓަބަލް ޕްރޮޖެކްޓްގެ މަގްސަދަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރުތަކާއި، ހިޖުރަކުރުމާއި، ޑިސްޕްލޭސްމަންޓް ޕެޓާންސްއާއި ދެމެދު އޮންނަ ގުޅުންތައް ދެނެގަތުމާއި ކުރިއަށް އޮތްތަނުގައި އަންނާނެ ބަދަލުތައް ލަފާކުރުން ކަމަށް މަޖިލީހުން ބުނެ އެވެ.

އެ ޕްރޮޖެޓް ކުރިއަށް ގެންދަނީ 2020 އިން ފަށައިގެން 2024 އަށް ކަމަށާއި. އެ ޕްރޮޖެކްޓުގައި 17 ގައުމަކުން 21 ޕާޓްނަރުން ބައިވެރިވާ ކަމަށެވެ.

އެ ކޮންޕަރެންސްގައި ހެބިޓަބަލް ޕްރޮޖެކްޓްގެ ހުރިހާ ބައިވެރިން އެއްވެ، ޕްރޮޖެކްޓް ހިންގުމާ ބެހޭ ގޮތުން މަޝްވަރާކޮށް ނަތީޖާ ހުށަހަޅާނެ ކަމަށެވެ.

މަޖިލީހުގެ އިދާރާއިން ބުނީ ނަޝީދަކީ ހެބިޓަބަލް ޕްރޮޖެކްޓްގެ އެޑްވައިޒަރީ ބޯޑު މެމްބަރެއް ކަމަށެވެ. އަދި އެ ދަތުރުރާއި ގުޅޭ ހުރިހާ ހަރަދެއް ކުރާނީ ހެބިޓޭބަލް ޕްރޮޖެންޓްގެ ކޯޑިނޭޓަރެއްގެ ހައިސިއްޔަތުން ޔުނިވާސިޓީ އޮފް ލީޖްގެ ފަރާތުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރައްޔިތުން

    ދެްނ އަނބުރާ ނާންނާތި

  2. ޅޮހި

    މަޖިލީހުގެ ރައީސްކަމުން ނަޝީދު ބޭރުކޮށްލާ. މިހާރު ތާއިދެއް ނެތް

  3. ޑައެލޯގް

    ބަލަ މަޖިލީހުގެ ރައީސް މިފަދަ ކަންކަމާވެސް އުޅޭހެއްޔެވެ. ފުޅިމަދު އުނގުރިއެއްދޯ