މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި މީހުން ދިރިއުޅެމުން ދިޔަ ފްލޯއަކީ ފުލުހަކު ކުއްޔަށް ނެގުމަށްފަހު، ބިދޭސީން ބައިތިއްބަމުން ދިޔަ ތަނެއްކަން "ވަގުތު" އަށް ކަށަވަރު ވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ މަތީ ރޭންކެއްގެ ފުލުހަކު ވަނީ އެތަން ކުއްޔަށް ހިފުމަށް ފަހު ބިދޭސީންނަށް ވަކިވަކިން "ކޮޓަރިތައް" ކުއްޔަށް ދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުސް މީހާ އެތަނުން ކޮންމެ ކޮޓަރިއެއް ބިދޭސީންނަށް ކުއްޔަށް ދީފައި ވަނީ -/2200 ރުފިޔާ އަށެވެ.

އަލިފާނުގެ ހާދިސާގެ ތަހްގީގު ކުރިއަށްދާ ކަމަށް ބުނުން ފިޔަވައި މިހާދިސާ އާއި ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ބިދޭސީން ދިރިއުޅުނުތަނަކީ ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުން ހަމަޖައްސަން ޖެހޭ ތަނެއްގައި ހުންނަން ޖެހޭ ޖާގަ ވެސް ނެތް ތަނެކެވެ. ނަމަވެސް އެތަނުގައި ބިދޭސީން ގެންގުޅުނު މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހްގީގު ކުރަމުންދާ ކަމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް އަދި ނޭނގެއެވެ.

ފުލުހުން އަދި ވިދާޅުވެފައި ވަނީ އަލިފާން ރޯވާން މެދުވެރިވި ސަބަބު ފުލުހުން ތަހްގީގު ކުރަމުން ގެންދާ ކަމަށެވެ.

އަލިފާނުގެ ހާދިސާގައި ދިހަ މީހަކު ނިޔާވިކަން މިހާތަނަށް ވަނީ ކަށަވަރު ވެފައެވެ. މިއީ ރާއްޖޭގައި ފަހުގެ ތާރީޚްގައި ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާ އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއި ރައީސް ސޯލިހް މިއަދު ވަނީ ބައްދަލު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މިހާދިސާއާ ގުޅޭ މަޢުލޫމާތު ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި ފޯރުކޮށްދެމުން ގެންދިއުމަށާއި، ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަވަހަށް ތަޙުޤީޤު ކުރެއްވުމަށާއި މި ހާދިސާގައި ނިޔާވި ފަރާތްތައް ދެނެގަތުމާއި، ޖަނާޒާގެ ކަންކަން ކުރިޔަށްގެންދިއުމާއި ގުޅޭގޮތުންނާއި މިހާދިސާއާ ގުޅިގެން ހާލުގައިޖެހިފައި ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިޔަށްގެންދެވުމަށް ކަމާބެހޭ ފަރާތްތަކަށް އިރުޝާދު ދެއްވާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ލޮލް

    އާލަމްގިރިން ފެށިގެން ގޮސް ކިޔާނެ ކަމެއްނެތް ގާނޫނާއި ގަވާއިދާ ޚިލާފު ހުރިހާ ކަމެއްގަ ވެސް އެހެންމީހުންނަށް ވުރެއް އިސްކޮށް ތިއްބަވާނެ..ލަދު

  2. ނަފީސާ

    "ފުލުހުންގެ މަތީ ރޭންކެއްގެ ފުލުހަކު ވަނީ އެތަން ކުއްޔަށް ހިފުމަށް ފަހު ބިދޭސީންނަށް ވަކިވަކިން "ކޮޓަރިތައް" ކުއްޔަށް ދީފައެވެ."
    28 ކޮޓަރި -/2200ރ ގެ @ މަހެއްގެ މައްޗަށް -/60000 އަށް ވުރެން ގިނަ ރުފިޔާ. ކޮންމެ ކޮޓަރިއެއްގަ ގޭސް ފުޅިއެއް.
    މިއޭ ކުރާކަމަކީ. ދެން ކޮންތާކުއޮތް ގާނޫނެއް ތަންފީޒް ކުރާވާހަކައެއް. ތަންފީޒީ އިދާރާތަށް ބައިވެގެން ކުރާ ކަންތައްތައް. ކޮޓަރިއޭ ކިޔާއިރު އެތަންތަން ހުންނާނެ ގޮތް ވަރަށް ރަގަޅަށް އެބަ އެގޭ. އަލިފާނުގެ މިހާދިސާގައި އެތައް ފުރާނައެއް އެދިޔައީ. އެލިބޭ ލާރިގަނޑުގަ އަލިފާން ނުހިފާނެ ވިއްޔާ. 😡😡😡

  3. ކޮރަލް

    ބައެއް ފުލުހުން ގޮޅިވެސް ނަގާ ފަ ބިދޭސީން ނަށް ކުއްޔަށް ދެއެވެ. ދެން މައްސަލަ ޖެއްސިއަސް ބަލާނެ ބަޔަކު ނުހުރެ އެވެ.

    14
  4. ބާއި

    މާލޭގެ ގިނަ ކަންމަތީ ފިހާރަތަކާއި ކޮޓަރި ތައް ކުށް ހިފާ ބޭރުމީހުން އަތުން -/2000 ރުފިޔާ ނަޤާފަ ބޭރުމީހުން ހިތުހުރި ގޮތަކަށް ހިންގަން މަގުފަހި ކޮށް ދިނުމުގަ ފުލުސްމީހުންގެ ދައުރު ބޮޑު’ ކޮންމެ މަހަކު -/2000 ދިނީމަ އޯކޭ. ޓެކްސް ނުދައްކާ ކަރަންޓާއި ފެންބިލް ނުދައްކާ ބޭރު މީހާ ރަށައް ފުރާ ފަހުން ދެން ހަމަ ތެޅި ފޮޅޭނެ.. -/2000 އަށް ވިޔަފާރި ކުރަން ބޭެުރު މީހާއަށް ފުރުސަތު ހޯދަދޭ މީހުން ވިސްނަން ނުވޭތަ؟

  5. އުތީމު ތަކުރު

    ވަގަށް ބިދޭސީން ގެންގުޅެނީވެސް ފައިސާގެ ދަހިވެތި ކަމުގަ ފުލުހުން ކިހިނެތް ބިދޭސީންގެ މައްސަލަ ޙައްލު ކުރާނީ މިގައުމުގަ

  6. މައްސަލަ

    ވަﷲއައުލަމް.. ގާނޫނު ތަންފީޒުކުރާންޖެހޭ މީހުން ގާނޫނު މުގުރަނީ. ފުލުހުންނަށް އެހެން ވަޒީފާ އަދާކުރުމާ ވިޔަފާރިކުރުން މަނާ ނޫންބާ؟؟؟

  7. ޙަނދުކޭތަ

    މިހުރީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމައް މަސައްކަތްކުރާން ތިބޭ މީހުންގެ ކަންތައް ހުންނަގޮތް ދެން ވިސްނާލަބަލަ އެހެންމީހުން އުޅޭނެގޮތް މިގައުމު ހަލާކުރަނީ މިބައިމީހުން

  8. އަވަށުމީހުން

    މިމީހުން ކައިރިއަށް މިޔަރު އަންނަ ކަހަލަ ހިންޏެއް އައިއްސަ މިތިބެނީ ކީއްވެ... އެ ހިތާމަވެރި ވަގުތުގައިވެސް..

  9. މޫދުމާ

    ހިންގާނީ ފުލުހުން. ބަލަހައްޓާނީ ފުލުހުން. ލިބޭ ލާރި ދާނީ ފުލުހުންގެ ޖީބަށް. އެގްރީމަންޓް އޮންނާނީ އެހެން ކޮންމެވެސް އާރެއް ބާރެއް ނެތް ނިކަމެއްޗެއްގެ ނަމުގައި ހަދާފައި. މަކަރާއި ހީލަތް ނޫން ކަމެއް ވަށަވަށައިގެން ފެންނާކަށް ނޯންނާނެ. ތިކަންވެސް އާޚިރުގައި ނިމޭނީ މިހެން.

  10. މޫދުމާ

    ކަންކަންމަތީ ފިހާރަތަކާއި ޕިއްޒާ ވިއްކާ ތަންތަން ފުލުހުން ވަރަށް ގިނައިން ހިންގާނެ. އެގްރީމަންޓް ހަދާފައި އޮތީ ކާކުގެ ނަމެއްގައި ކަމެއް ނޭނގޭނެ. މުވައްޒަފުންނަށް ހަމަޔަށް މުސާރަ ނުދޭނެ. ދެން މިކަންކަން ހައްލުކުރާނީ ކިހިނެތް.

    1
    1
  11. ސުމަޅޭ

    ތިމައްސަލައެއނުބަލާނެ.ތިނިމުނީ ތިހާ ހިސާބުން .ނިއުސް ކޮންފަރެންސެއް ބާއްވާފަ ބަލަމުން ދާ ވާހަކަ ބުނެފާނެ،