ރޭ އަލިފާނުގެ ހާދިސާ ހިނގި މ.ނިރުފެހި ގެއަކީ ފުލުހަކު ކުއްޔަށް ހިފާފައިވާ ތަނެއް ނޫންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ނަމަވެސް "ވަގުތު" އަށް އިތުބާރު ކުރެވޭ ފަރާތަކުން މައުލޫމާތު ދިން ގޮތުގައި ޔާވި މީހުން ދިރިއުޅެމުން ދިޔަ ފްލޯއަކީ ފުލުހަކު ކުއްޔަށް ނެގުމަށްފަހު، ބިދޭސީންނަށް ކުއްޔަށް ދީފައިވާ ތަނެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ މަތީ ރޭންކެއްގެ ފުލުހަކު ވަނީ އެތަން ކުއްޔަށް ހިފުމަށް ފަހު ބިދޭސީންނަށް ވަކިވަކިން "ކޮޓަރިތައް" ކުއްޔަށް ދީފައެވެ. ފުލުސް މީހާ އެތަނުން ކޮންމެ ކޮޓަރިއެއް ބިދޭސީންނަށް ކުއްޔަށް ދީފައި ވަނީ -/2200 ރުފިޔާ އަށް ކަމަށް ވެސް މައުލޫމާތު ދިން ފަރާތުން ބުނެއެވެ.

ނަމަވެސް އެކަން ދޮގުކޮށް ފުލުހުން ވިދާޅުވީ އެތަން ކުއްޔަށް ހިފާފައި ވަނީ ފުލުހެއް ކަމަށް ބުނެ ނޫސްތަކުގައި ދައުރުވާމުންދާ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އެތަން ކުއްޔަށް ހިފާފައިވަނީ ފުލުހެއް ނޫންކަން ކަށަވަރު ކޮށްދޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ނަމަވެސް އެތަން ކުއްޔަށް ހިފާފައި ވަނީ ކާކުކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ބިދޭސީން ދިރިއުޅުނުތަނަކީ ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުން ހަމަޖައްސަން ޖެހޭ ތަނެއްގައި ހުންނަން ޖެހޭ ޖާގަ ވެސް ނެތް ތަނެކެވެ. ނަމަވެސް އެތަނުގައި ބިދޭސީން ގެންގުޅުނު މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހްގީގު ކުރަމުންދާ ކަމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް އަދި ފުލުހުން ކަށަވަރުކޮށެއް ނުދެއެވެ.

ފުލުހުން އަދި ހަމައެކަނި ވިދާޅުވެފައި ވަނީ އަލިފާން ރޯވާން މެދުވެރިވި ސަބަބު ފުލުހުން ތަހްގީގު ކުރަމުން ގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބުމަރު

    ހުރިހާ ޖަރީމާ އެއް ބިދޭސީން މެދުވެރިކޮށް ހިންގަނީ ފުލުހުން މާލޭގަ މަސާޖުކުރާ ތަންތަނުގެ ނަމުގަ ހިންގާ ހުރިހާ ނާސިގެތައްވެސް ހިންގަނީ ފުލުހުންގެ ބަޔަކު އަޑިގަ ތިބެގެން

    63
    2
    • ޙަނދުކޭތަ

      އެހެންވީމާ ޖިންނި އެއް ތޯއްޗެ ތިތަން ކުއްޔައް ނަގައިގެން އުޅެނީ ސޯލިހަކާ ޖެހި މިބައިގަނޑުވެސް ފެއިލް ވެފަ މިއޮތީ

      16
  2. ހުސޭނުބޭ

    ދެން އެންމެ ރަގަޅުވާނީ މިހެން ބުނިއްޔާ. ފުލުސް އޮފީހުގައި އުޅެނީކީ ފުލުހުންނެއްނޫން.

    34
    1
  3. ނާދިރާ

    . ފުލުހުން ހެކި ދައްކާ. ހެކި ނުވަތަ ކުއްޔަށް ހިފައިގެން އުޅޭ ފަރާތް ހެއްކާއެކު ދެއްކުމުން ނޫނީ މީހުންގަބޫލެއް ނުކުރާނެ ތިވާހަކައެއް.

    29
    2
  4. ޢިބްރާޙިމް

    ޒިންމާ ނަގަން ޖެހޭނީ މަރުވި މީހުން. އެމީހުންނަށް ދެން ޖަވާބެއް ނުދެވޭނެ ވިއްޔާ. ދެވަނަ ކަމަކީ އިންޑިޔާ މީހަކު އުޅެންޏާ ބޭނުންވަނީ ވަކިން ކައްކައިގެން އުޅުން އެހާމެ ގޮޑުވާނެ.

    15
    1
  5. ށުމަން

    ތިދަނީ ރަގަޅަށް މިހާރު. ޜައްޔިތުން ކުރި މަތީ ތިފުލުހުން ފަލީހަތް ވެ ނިމޭނީ!! ކޮންމެ ފަދަ ޖަރީމާ އެއް ހިންގާފަ ނޫސް ބަޔާން ނެރެ ދޮގު ކޮށް ރައްޔިތުން ގަމާރުން ކަމަށް ހަދަނީ!!

    27
    1
  6. ފަހަރި

    ޓިކުޓޮކު ތަރި ރޯހަން ބުއި ކަން ފުލުހުން ނަން އެނގުންތަ ؟ ވޭޕު އިސްތިހާރު ކުރިކަން ފުލުހުން ނަން އެނގުންތަ ، ދިވެހިރާއްޖޭގައި ފުލުހުން އުޅޭ ކަން ފުލުހުން ނަން އެނގޭތަ ؟

    17
    1
  7. މިތުރާ.

    ފުލުހުން އުޅެނީ އަޑިން، ބޮޑުރޯލްކުޅެނީ ފުލުހުން، އެރޯލް ކުޅެންފަސޭހައީވެސް ފުލުހުންނަށް ބާރުތަކުގެ ބެނުންހިފައިގެން، ބަޔަކު މައްސަލަ އެއްގަ ރިޕޯރޓު ކުރިޔަސް ފުލުސްމީހާ އޮންނަނީ އޭތިލީކު ކޮށްފަ،،،ބޮޑުސޯބު އެބުރޭގޮތަށް ކުޑަސޯބުވެސް އެބުރޭނީ🤣

    4
    1
  8. Anonymous

    ހާދަހާ ފޯރިއެއް އެބަހުރެއޭ ފުލުހުން ކުށްވެރި ކުރަން. އެއަށްވުރެ އެގަރާޖުގެ ވެރި މީހާ ނޫންތަ ކުށްވެރި ވަނީ. ހުއްދަ ނެތި އެތަން ހިންގަނީ. ކުރީގައި އެތައް ފަހަރަކު ރޯވިއޭ އެބަކިޔާ. ދެން ފުލުހުންނަށް އެހާވަރަށް އެއްޗެހި ނުކިޔަބަލަ. ކަމެއް ޖެހޭ އިރަށް ކޮންމެ ސަރުކާރެއް އޮތަސް އެމީހުން ނޫންތަ ޚިދުމަތްތެރިންނަކީ
    ޝުކުރިއްޔާ ލޮބުވެތި ފުލުހުން.

    2
    5