އިއްޔެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނޭ އެކަކު އަދިވެސް ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ބުދަ ދުވަހުގެ ރޭ ދަންވަރު 12:30 ގައެވެ. މާފަންނުގައި ހުރި ގަރާޖެއްގައާއި ބިދޭސީން ދިރިއުޅޭ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ މިހާތަނަށް މާލޭގައި ހިނގި އެންމެ ހިތާމަވެރި އެއް ހާދިސާއެވެ.

އެތަނުގައި ރޯވި އަލިފާން ނިއްވާލެވުނީ ރޭ ފަތިހު 4:30 ވި ފަހުންނެވެ.

މި ހާދިސާ ހިނގާފައިވަނީ އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ކަންމަތީގައި ހުންނަ ގަރާޖެއްގައި ރޯވެ، އެ ގަރާޖު މަތީގައި ހުރި ގެއަކަށް އަލިފާންގަނޑު ފެތުރިގެންނެވެ.

އަލިފާނުގެ ހާދިސާ އާއި ގުޅިގެން ފުލުހުން އަދި ވިދާޅުވެފައި ވަނީ އަލިފާން ރޯވާން މެދުވެރިވި ސަބަބު ފުލުހުން ތަހްގީގު ކުރަމުން ގެންދާ ކަމަށެވެ.

ފުލުހުން މިއަދު ވިދާޅުވީ، މި ހާދިސާގައި ނިޔާވި 10 މީހުންގެ ތެރެއިން މިހާތަނަށް ދެނެގަނެވުނީ ނުވަ މީހެއްގެ ހަށިގަނޑުކަން ކަމަށެވެ.

އެއީ އިންޑިއާ ތިން އަންހެނަކާއި، ބަންގަލަދޭޝް އަންހެނަކާއި، އިންޑިއާ ހަތަރު ފިރިހެނެއްގެ އިތުރުން، ބަންގްލަދޭޝް ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ، އަދި ދެނެގަނެވިފައި ނުވާ ފިރިހެނަކު ވާ ކަމަށެވެ.

އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.