ހުޅުމާލެގައި ބެޗް ކޮންސްޓްރަކްޝަންގެ ފަރާތުން ގާއިމްކުރުމަށް ހަމަޖެހިފައިވާ ޕްރިމިއަމް ވިލާގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް އެވެ. އަދި ބެޗް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައީދެވެ.

އެޗްޑީސީއިން ތަރައްގީ ކުރަން ނިންމާފައިވާ ޓުއަރިޒަމް އައިލެންޑް އާއި ދާދި ގާތުގައި ތިން ލައްކަ އަކަފޫޓުގެ ބިމެއްގައި ބިނާ ކުރެވޭ މި ޕްރިމިއަމް ރެސިޑެންޝަލް މަޝްރޫއުގައި ރާއްޖެއަށް އަލަށް ބީޗް ފްރަންޓް ހޯމް, ޑުޕްލެކްސް ޓައުންހައުސް، ޓައުންހައުސް ތައާރަފް ކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

އެގޮތުން ކޮންމެ ޔުނިޓެއްގައި 2000 އަކަފޫޓު ހުންނާނެ ކަމަށާއި އެ އިމާރާތް ހުންނާނީ 1200 އަކަފޫޓުގެ ޖާގަ އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް ލިބޭނެހެން ފަރުމާ ކުރެވިފައި ކަމަށް އެޗްޑީސީން ބުނެއެވެ.

އޭގެ އިތުރުން، ސެމީ ގާޑެޑް ސެކުއިރިޓީ، ޕްރައިވެޓް ނެއިބާ ހުޑް، ރެސިޑެންޓް ބަގީޗާ، ގާޑްރޫމް، ޕޮލިސް ޕޯސްޓް އަދި ކްލަބް ހައުސްގެ ޚިދުމަތްތައް އެ ތަނުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެންދާނެއެވެ. އަދި އެކްލޫސިވްކޮށް ލެޕް ޕޫލް، ޕޫލް ހައުސް، ވެލްނެސް ސެންޓަރ، ރިކްރިއޭޝަން ސެންޓަރ، މަލްޓި ޕަރޕޮސް އިވެންޓް ހޯލާއި ކޮމަރޝަލް ކޮމްޕްލެކްސްގެ ޚިދުމަތްވެސް މިތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދާނެއެވެ.

މި މަޝްރޫއުއާއިއިއެކު ލަގްޒަރީ ލިވިންގް ތައާރަފް ވުމުގެ އިތުރުން 100 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށް އެޗްޑީސީއިން ބުނެ އެވެ. އަދި ހުޅުމާލެއަށާއި ރާއްޖެއަށް އިގްތިސާދީ އަދި އިޖްތިމާއީ ގިނަ ފައިދާތައް މި މަޝްރޫއުގެ ދަށުންކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނާރު

    ކޮބާހޭ ތާރީހަކީ ތިޔާ އަޅާ ނިންމާ

  2. ކިސަޑު

    ކޮބާހޭ ތާރީހަކީ ތިޔާ އަޅާ ނިންމާ ފެށޭ ދުވަހެއްވެސް ނުމެއެގޭ

  3. ދޯ

    ޖަމަލު ފޮޑި