ވ. އަތޮޅު ކައުންސިލުން މަނާކޮށްފައި އޮއްވާ އެ އަތޮޅުގައި ހިންގާ އަލިމަތާ ރިސޯޓުގެ ދޯންޏަކުން ވ. ޝިޕްރެކްގައި ވާ އެއްސި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހުސެއިން ޝިފާގް "ވަގުތަށް" ވިދާޅުވީ މީގެ ކުރިން ވެސް ވ. ޝިޕްރެކަށް ސްނޯކްލިންނަށް ދާ ދޯނި ފަހަރު ޝިޕްރެކްގައި ވާ އަޅާތީ އެތަން ހަލާކު ވަމުންދާކަން ކައުންސިލަށް ފާހަގަކުރެވުނު ކަމަށެވެ. އެހެންކަމުން ވ. ޝިޕްރެކްގައި ވާ އެޅުމަކީ މަނާ ކަމެއް ކަމަށް ކައުންސިލުން ނިންމައި ހުރިހާ ފަރާތްތަކަށް އެންގި ކަމަށް އޭނާ ވިދާޅުވިއެވެ.

ދޯނިތަކުގެ ވާ އެޅުމަށް އަށް ފައްތިޔާ ޝިޕްރެކް ކައިރީގައި ތަރައްގީ ކޮށްފައި ހުންނާނެ ކަމަށް ވެސް ޝިފާގް ފާހަގަކުރެއްވެވިއެވެ.

ޝިފާގް ވިދާޅުވީ ކައުންސިލުގެ އެ ނިންމުމަށް ހުރިހާ ފަރާތްތަކުން ވެސް ކަމޭ ހިތާ ކަމަށެވެ. ނަމަވެސް އަލިމަތާ ރިސޯޓުން ކައުންސިލުން ހަދާފައިވާ އުސޫލަށް ކަމޭ ހިތުމެއް ނެތި ޝިޕްރެކްގައި ވާ އަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވ.ޝިޕްރެކުގައި ވާ އެއްސުމަކީ ވ.އަތޮޅު ކައުންސިލުން މަނާކޮށްފައި އޮން ނަކަމެއް. އެސަރަހައްދަށް ދާ ދޯނިފަހަރު އަޅާނެ ފައްތިޔާ ވ.އަތޮޅު ކައުންސިލުން ހުންނާނީ ޖަހައި ދީފައި. އަލިމަތާ ރިސޯޓު ގެ ދޯނި އެ އުސޫލު ވެސް މުގުރާލައިފި" ޝިފާގް ވިދާޅުވިއެވެ.

ޝިފާގް ވިދާޅުވީ އަލަމަތާ ރިސޯޓަކީ ވ. އަތޮޅުގެ ރަށްތަކުން ހަދާފައިވާ އެއްވެސް އުސޫލަކަށް ކަމޭ ހިތާ ބައެއް ނޫން ކަމަށެވެ. އަދި ރަށްތަކަށް ގެސްޓުން ނުފޮނުވައި ދަތިކުރުމުގެ ފިޔަވަޅު ވެސް އެ ރިސޯޓުން އަޅާ ކަމަށާއި އަލިމަތާއިން ބޭނުންވަނީ ވ. އަތޮޅު ކޮންޓްރޯލް ކުރަން ކަމަށް ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަޅިމަތާ

    ބޯސާ ތަކެއް އަޅާބަލަ ކައިރީގަ. މައްސަލަ ހައްލުވީ ވަގުތުން.

    2
    1
    • އަހްމަދު

      ލިޔުން ކިޔާފައެއްނޫންދޯ ކޮމެންޓްކުރަނީ. އެއޮތީ ބުނެފާ 8ބޮއި ދޯނިފަހަރު އަޅަން ކައުންސިލުން އެތާ ހަރުކޮށްފާ އޮތްވާހަކަ.