މި މަހުގެ 10 ވަނަ ދުވަހު އަލިފާނުގެ ހާދިސާ ހިނގި މ. ނިރުފެހިގެ ސާފުކޮށް ނިންމާލައިފިއެވެ.

ޕްލޭނިން މިނިސްޓްރީއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ މި މަހު 10 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި މ. ނިރުފެހިގެ ސާފުކޮށް ނިންމާލާފައިވާ ކަމަށެވެ.

އެ މަސައްކަތް ކޮށްފައިވަނީ މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސާވިސަސް ޑިޕާޓްމަންޓުން ކަމަށް ވެސް ޕްލޭނިން މިނިސްޓްރީއިން ބުނެފައި ވެއެވެ.

އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުންނަ މ.ނިރުފެހިގެ (މ. ސެންޑްރޯޒްގެ ހުޅަނގު ބައި) ގައި ހިނގި އަލިފާނުގެ ހާދިސާއަކީ މިހާތަނަށް މާލޭގައި ހިނގި އެންމެ ގިނަ ބަޔަކު ނިޔާވި އަލިފާނުގެ ހާދިސާ އެވެ.

ނިރުފެހިގެއިން ފެނުނީ ކާކުގެ ފައިތިލައެއްކަން އަދިވެސް ނޭނގޭ!

އަލިފާނުގެ ހާދިސާގައި ނިޔާވެފައި ވަނީ ގަރާޖުގެ މަތީގައި ލޭބާ ކުއާޓާސްގެ ގޮތުގައި ހަދާފައިވާ ދެ ބުރީގައި ކުދިކުދި ގޮޅިތަކެއްގައި ދިރިއުޅެމުން އައި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ބައެކެވެ. އެމީހުން ނިޔާވީ އަލިފާން ރޯވުމުން އެތަނުން ނިކުމެވޭނެ ގޮތެއްނުވެ، ތާށިވެގެންނެވެ.

މި ހާދިސާގައި 10 މީހަކު ނިޔާވިއެވެ. ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ދެ ރައްޔިތަކާއި، އިންޑިއާގެ އަށް ރައްޔިތެކެވެ.