ހޭންޑް ފުޓް އެންޑް މައުތް ހަލުވި ކަމަށާއި ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ހޭންޑް ފުޓް އެންޑް މައުތް ދަނީ ވަރަށް ހަލުވި ކަމާއެކު ފެތުރެމުން ކަމަށެވެ.

ބަލީގެ އަލާމާތަތައް ދެނެގަނެ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމަށެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ ހޭންޑް ފުޓް އެންޑް މައުތް ބައްޔަކީ ވައިރަސް އަކުން ޖެހޭ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށެވެ.

މިއީ ތުއްތު ކުދިންނާއި، އަދި ކުޑަކުދިންނަށް ފަސޭހައިން ޖެހޭ ބައްޔެއް ކަމަށާއި މިބަލި ޖެހުމުން އަނގައިގެ ތެރޭގައި ފޮޅުނަގާ ފާރުވެ، އަތްތިލަ އަދި ފައިތިލައިގައި ކުދިކުދި ފެން ބިހި ތަކެއް ނަގާނެއެވެ.

ހޭންޑް ފުޓް އެންޑް މައުތް ބައްޔަކީ ގައިންގަޔަށް އަރާ ބައްޔެކެވެ. މިބަލި ފެތުރެނީ ބަލިޖެހިފައިވާ ކުއްޖެއްގެ ކުޅު، އަރިދަފުސް، ބޮޑުކަމުދާ ނަޖިސް އަދި ހަމުގެގައި ނަގާ ފޮޅުން ނިކުންނަ ދިޔަ އެހެން ކުއްޖެއްގެ ގައިގަ ޖެހުމުންނެވެ.

މި ބަލިޖެހުމުން އެންމެ ފުރަތަމަ ފެންނަ އަލާމަތް ތަކަކީ ހުން އައުމާއި ކާހިތް ނުވުމާއި ވަރުބަލިވުމާއި އަދި ގައިގަ ރިއްސުމާއެކު ކަރުތެރެ ފާރުވުން ފަދަ ކަންކަމެވެ.

ބަލިން ރައްކާތެރިވުމަށް ކުރެވޭނެ ބައެއް ކަންކަން:

  • ގިނަގިނައިން އަތް ދޮވުން
  • އަންމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުން
  • ބަލި ޖެހިފައިވާ ކުދިން ބޭރަށް ނުގެން ދިއުން
  • ބޭނުންކޮށްފައިވާ ނެޕީ، ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުން

ހޭންޑް ފުޓް އެންޑް މައުތް ފެތުރެމުން އަންނާތީ ސަމާލުވުމަށް އެޗްޕީއޭ އިން މީގެ ކުރިން ވެސް އިލްތިމާސް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކާލާ

    ކީއްކުރާނީ، ދެލޯ ފުޅާ، ރެހެންދި ސްކޫލުން ވެސް އަންގާފަ އޮތީ ބެލެނިވެރިން ނަށް ދަރިވަރު ސްކޫލަށް މާސްކުއަޅުވާގެން ނުފޮނުވާން، ރޯގާ ނުފިލާ ކުދިންގެ، މިނިސްޓްރީ މިކަމުގަ އޮތީ ހިމޭނުން!

    5
    1
  2. 😄

    ކިތައްމެ ދުވަހެއް

  3. އޮނީ

    އަދިވެސް އިތުރު ހަރަކާތްތައް ގިނަކޮށްލާ. ކިޔެވުމަށް ހުރަސް އެޅޭ ވަރަށް ކުދިން ބަލިވާއިރުވެސް އިތުރު ހަރަކާތްތައް ދަނީ ހަމަ ކުރިއަށް. ބައިވަރު ތުއްތުކުދިންތަކެއް އެއްތަން ކުރުވައިގެން އެކި ކަހަލަ ހަރަކާތްތައް ބާއްވާފަ ދެން ބަލީގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް.