ނިރުބަވެރިކަމާއި ދެކޮޅަށް އައްޑޫސިޓީގައި ފުލުހުންނާއި ސިފައިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން ބާރުގަދަ ގޮވާތަކެތި ތައްޔާރު ކުރާ ކެނިކަލް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އައްޑޫގެ އިތުރުން ފުލުހުން ވަނީ މި އޮޕަރޭޝަން މާލެ އާއި ކ. ގުރައިދޫގައި ވެސް ކުރިއަށް ގެންގޮސްފައެވެ. މި އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 14 މީހަކު ހައްޔަރު ކޮށްފައިވާއިރު، އެ އެންމެން ވެސް ތިބީ މިހާރު ފުލުހުންގެ ބަންދުގައެވެ.

ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ، މި އޮޕަރޭޝަންގައި ހައްޔަރު ކުރެވުނު މީހުންގެ ގެތަކުންނާއި އެފަރާތްތައް ބޭނުން ކުރަމުންދާ ބައެއް ގެތަކާއި، ބައެއް ވެހިކަލްތަކާއި، ޑިންގީއެއް ބަލައި ފާސްކޮށް، މައްސަލަ އާއި ގުޅުން ހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ފެނިފައިވާ ކަމަށެވެ. އަދި މިހާރު އެތަކެތި ތަހުލީލު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ހައްޔަރު ކުރެވުނު މީހަކު ދިރިއުޅޭ ގެއެއް ބަލައި ފާސްކޮށް ނެގުނު އެކްސްޕްލޯސިވް ކެމިކަލް ކަމަށް ޝައްކު ކުރެވޭ ތިން ބާވަތެއްގެ ސާމްޕަލް އެމްއެންޑީއެފްގެ އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ)ގެ ފަރާތުން ޗެކް ކުރުމުން އެ ސާމްޕަލްތަކުގައި ހައި އެކްސްޕްލޯވިސްގެ މާއްދާތައް ހިމެނޭ ކަމަށް ދައްކާފައިވާ ކަމަށެވެ.

"ސާމްޕަލްތަކުން ފެނުނު އެކްސްޕްލޯސިވްގެ ބާވަތްތަކަކީ މައިގަނޑު ގޮތެއްގައި ބާރުގަދަ ގޮއްވުންތަކަށް ބޭނުން ކުރާ ހައި އެކްސްޕްލޯސިވްގެ ވައްތަރުތަކެއް ކަމާއި، މި ވައްތަރުތަކުގެ އެކްސްޕްލޯސިވްސްގެ މަދު މިންވަރަކުން އިންސާނުންގެ ފުރާނައާއި، މުދަލަށް ބޮޑެތި ގެއްލުން ދެވިދާނެ ކަމަށް އެމްއެންޑީއެފް އީއޯޑީގެ ފަރާތުން ވަނީ ފާހަގަ ކުރައްވާފައި" ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެ އެކްސްޕްލޯސިވްގެ މާއްދާރައް ހިމެނޭ ކަމަށް ދެއްކި ސާމްޕަލްތައް ރާއްޖެއާއި ރާއްޖޭއިން ބޭރުން އިތުރަށް ތަހުލީލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި އޮޕަރޭޝަނުގެ ތެރެއިން ގިނަ އަދަދެއްގެ ގޮވާ ތަކެތި ފެނިފައިވާއިރު، ފުލުހުން އެތަކެތި ފެނިފައިވާ ތަނެއް ހާމައެއް ނުކުރެއެވެ. ނަމަވެސް "ވަގުތު" އަށް އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން ބައެއް ތަކެތި ވަނީ އައްޑޫން ވެސް ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ފަލަސްތިން

    ޙަގީގީ މަސްސަލައަކީ އިންޑިޔާ ރާއްޖެއަ ގަދަކުރުން. މިހެން ވާތީ ހަރުކަށިމީހުން ގިނަވަނީ.

    32
    3
  2. ކޮކަޑި

    ޕުލުޓޯނިއަމްތަ އަނެއްކާ؟

    26
  3. އާދަނާ

    ހުސްދޮގު، ކުޅޭފިލްމެކާ ބޮޑަށް ވައްތަރީ!

    38
    3
  4. ސަމްސިއްޔާ

    އެއީ ރާއްޖޭގައި ގަހެއްގައި އަޅާ އެއްްޗެއްތަ؟؟ ތިޔަ ބުނާ އެއްޗެއް އެމީހުންނަށް ލިބުނުކޮތެއްވެސަ އޮންނާނެދޯ

    37
  5. ޢަލީ

    ޢިންޑިއާ މިލިޓަރީ ތިކަމުގެ އަޑީގައި ނުވާކަން ސާބިތު ކޮށް ދެއްވާނެތޯ! ޢިއްޒަތްތެރި ޑިފެންސް މިނިސްޓަރާ

    38
  6. ލލ

    ނިއުކުލިޔާ ޕުލާންޓެއް ނެއްތޯ !

  7. އަުތުރުގާ

    ހަހާހަ. ހުސް ދޮގު ދޮގު ސަރުކާރު. ހަހަހަ. ޢައްޑޫގަ އިންޑިޔާސިފައިން ބެތިއްބުން މުހިންމުކަން ދައްކަން ރައްޔެތުންގެ ލޮލުގަ އަޅުވާބޮޑު ބިޔަ އައިނެއް. ޙަހަހަ ތިގޮވިތަކެތި ދެކުނު ފެނުނު ދޮގުނުހަދާ މީހަކު އެބަހުރިތަ! ސޯލިހު ހީކުރަނީ އެންމެންވެސް އޭނަހާ ގަމާރުވާނެކަމައް އުތަ!

  8. އައްބެ

    ބައެއް ކަހަލަ ފާޚާނާ ސާފުކުރާ ކެމިކަލް ބޭނުންކޮށްގެން އަހަރެމެން ބޮޑެތި 20 ލީޓަރުގެ ޕްލާސްޓިކް ހަން ގޮއްވާ އުޅެން. ފިހާރަތަކުގައާއި ގޭގޭގައި އަދި ގުދަންތަކުގައި އެ އެބަހުރި. ދެން އޭތި ކަލޭމެން ތަހުލީލުކޮށްފިއްޔާ ބުނާނެ ގޮވާ ކެމިކަލް ފެނިއްޖެއޭ.

  9. ހުރި_ހަމައެކަނި_ރޯނު_އެދުރު

    އެތ އެބަހުއްޓެއްނުން ގޮްތްނޭގޭ ތަމްރީމުދޭ ސެންތަރެކޭ ކިޔާ ތަނެއް. ދެން މާލޭގެއާ ރަށްރަށުގަ ރެސްޓޯރެންޓް ތަކުގަ އުޅޭނެ ވަރަށް ޖާނުން ވަރުގަދަ ވެއިޓަރުން. ރަގަޅަށް މޮޅަށް އިގިރޭސިބަހުން ވާހަކަދައްކަން ދަންނަ ޖާޏުން ވަރުގަދަ މި މީހުން ރާއްޖޭގަ ވެއިޓަރުކަން ކުރަންޖެހޭ ސަބަބެއް ނެތް؟؟؟!!!! ތި ސެންޓަރާ މި ވެއިޓަރުންނާ އަދި މިމީހުން އައްޔަންކޮށްފަ ތިބޭ މުސާރަވެރި ތުބުޅިލީ ދިވެހި އެޖެންޓުން އެއްވީމަ ނިކުންނާޏީ ވަރަށް ވަރުގަދަ ކެމިކަލް އެއް. އެ ކެމކަލްގެ ވހަކަ އެ ދައްކަނީ.

  10. Anonymous

    ހުސްދޮގު . ތިޔާ ކުޅޭފިލްމެއް. ގަންޖާ ބޯމެން އަބަދުވެސް ތިވައްތަރު ފިލްކުޅޭނެ.

  11. Anonymous

    ނިއުކްލިއަރ މިސައިލް ދޯ. ތިވާނީ ޔްކްރޭނިއިން ގެނަސްގެން އުޅޭ އެއްޗެއހި ކަމަށް.

  12. ސިޔާސީ އަޅުން

    ކަސްޓަމްސް މިއީ ކީއްކުރާބައެއްތަ؟ ހުރިހާތަނެއް ސިޔާސީ ޖަގަހައަކަށް ހަދާފައި އޮޓޯމޯޑްގަތޯ؟

  13. ފުއްލާ މާބެ

    ތި ހުރިހާ ސަކަރާތަކީ ހަކުރުދޭ ބޮޑުބެ އަޑީގައި އޮވެގެން ޖަހާ ސަކަރާތް. ނޮވެމަބރ 3 ކާކުގެ އުފުއްދުމެއް؟

  14. އިބްރާހިމް

    އިންޑިއާ ސިފައިންގެ ކަމަކަށް ތިޔަކަންވާނީ. ރާއްޖޭގައި ބޮންހަދައި ގޮއްވާމީހުން އުޅޭނަމަ އެކަން ވާނީ އެންމެނަށް އޮޅުންފިލާފަ. ކުދިކުދި ރަށްރަށުގައި އެންމެން އެންމެނަށް ނޭނގޭ އެކަކުވެސް ނުހުރޭ. ހަމަޖެހޭ ވާހަކައެއްދައްކަބަލަ. ރައްޔިތުން ފަޟީޙަތްކޮށްގެން އެއްވެސް ރަނގަޅު ކަމެއް ޙާސިލެއް ނުކުރެވޭނެ.

  15. ލަކުޑިބޯ

    އައްޑޫގަ ގަސްހެދޭހެންހެދޭއެއްޗަކީތޯ؟ ބޮންހަދާއެބޮންގޮއްވާހަދާ ނުރަޢްކާތެރިތަނަކަށް ދުނިޔޭގެހުރިހާބައްރަކުންއަންނާނެމީހުން އުޅޭނެބާ؟ ތިޔަކިޔާލަވަޔަކާޖަހާބެރަކާ އެބަދިމާވޭބާ؟