ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ސަފްވަތު ހަބީބްގެ ސުލޫކީ މައްސަލައެއް ބަަލަން ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެެވެ.

ޖޭއެސްސީން މިއަދު ބުނީ، ކްރިމިނަލް ކޯޓުގެ މައްސަލައެއްގައި ހުލާސާ ބަޔާން ހުށަހަޅައި މައްސަލައިގެ އަޑުއެހުން ނިމިފައިވީނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން މައްސަލައިގެ ހުކުމް ކުރުމުގެ މަޖިލިސް، ފަނޑިޔާރު ސަފްވަތު ހަބީބް ބާއްވާފައި ނުވާ ކަމަށެވެ.

އެހެންވެ މި މައްސަލައާ ގުޅިގެން ފަނޑިޔާރު ސަފްވަތު ހަބީބްގެ ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާފައިވާ ކޮމިޓީން ނިންމާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި މިމައްސަލަ ތަހްގީގު ކުރުމަށް ކޮމިޓީއެއް އެކުލަވާލައިފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒީރޯޓޮލެރެންސް

    ޖިނާއީ އަދި މަދަނީ އިޖުރާތާ އެއްގޮތަށް މައްސަލަ ބަލާ ފަނޑީޔާރަކު މިގައުމުގެ ކޯޓެއްގައި ނުހުންނާނެ. ތިމާމެން ނުރުހުނީމާ އަދަބުދޭގޮތަށް އޮންނަ ދެ އިޖުރާތު އެއީ. މެޖިސްޓްރޭޓް ކޯޓުން ފެށިގެން ސްޕްރީމްކޯޓާހަމައަށް.