ހދ. ފިނޭ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަރު ޝާނާ ފަރޫގް އެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗީފް އެކްޒެކެޓިވް އޮފިސަރު އާދަމް އާޒިމް އެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން ބަނދަރުގެ 41،332.31 ކިއުބިކް މީޓަރުގެ ސަރަހައްދު ފުން ކުރުމާއި ނެރުގެ 5848.05 ކިއުބިކް މީޓަރު ފުން ކުރާނެ ކަމަށެވެ.

  • މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:
    219 މީޓަރު ބްރޭކްވޯޓާ ޖެހުން
    82 މީޓަރު ރިވެޓްމެންޓް ޖެހުން
    25 މީޓަރު ގްރޮއިން ޖެހުން
    248 މީޓަރު އެއްގަމު ތޮށި ޖެހުން
    248 މީޓަރު ސްކޯރިން އެޕްރޮން ޖެހުން
    10 މޫރިން ބޮއި ހަރުކުރުން
    90 އަކަ މީޓަރު ރޭންޕެއް ހެދުން
    02 ނެވިގޭޝަން ލައިޓް ހަރުކުރުން
    19 މަގު ބައްތި ހަރުކުރުން
    2198 އަކަ މީޓަރު ޕޭވްމަންޓް ހެދުން

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 47،268،512.87 ރުފިޔާ އެވެ. މި މަޝްރޫއު ނިންމަން ޖެހެނީ 450 ދުވަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހީހީހަލާކު

    ނަމެއްގަ ސޮއިކުރަނީ ސޮއިކުރިޔަސް ނުހިނަގާނެ

  2. ޙޯހޯ ބިސްކޯދު

    ވައިޖަހާލީ ދޯ ގަޕޯ