ޓުވިޓާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ ކަމަށް ބުނާ "ހަސަން ކުރުސީ"ގެ އެކައުންޓުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ)ގެ ދަރިކަނބަލުން އަދި މެލޭޝިއާއަށް ރާއްޖެއިން ކަނޑައަޅާފައިވާ ޑެޕިއުޓީ ހައި ކޮމިޝަނަރު މިޒްނާ ޝަރީފްއަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

ޝަރީފްއާ ރައީސް ނަޝީދާ ކޯޅުންގަނޑު މި ފަހުން ބޮޑުވެގެން އުޅެނީ ޝަރީފަކީ އެމްޑީޕީ އޮފީހުގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކޮށްގެން އެޕާޓީން ވަކިކުރި މީހެއް ކަމަށް "ހަސަން ކުރުސީ"ގެ ޓްވިޓާ އެކައުންޓުން ބުނުމުންނެވެ. "ހަސަން ކުރުސީ" ޓްވިޓާ އެކައުންޓަކީ ނަޝީދު ހިންގަވާ އެކައުންޓެއް ކަމަށް ޝަރީފް ވިދާޅުވެއެވެ. ނަމަވެސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި އެއީ އެމަނިކުފާނު ހިންގަވާ އެކައުންޓެއް ނޫނެވެ.

އޭގެ ފަހުން ޝަރީފްގެ ދަރިފުޅު މިޒްނާ ވަނީ އޭނާގެ ބައްޕަގެ ދިފާއުގައި ނުކުންނަވައިފައެވެ. އެގޮތުން މިޒްނާ ވިދާޅުވީ، އޭނާއާ ގުޅޭ ގޮތުން ދޮގު ފަތުރަނީ ސިކުނޑީގެ އުނިކަން ހުންނަ މީހުން ކަމަށާޢި އަދި ފޭކް އެކައުންޓް ހަދައިގެން ޒާތީ ގޮތުން ދިމާކުރަނީ އެންމެ ބޮޑެތި "ފިނޑިން" ކަމަށެވެ.

"ބައްޕަ ވަަރަށް ރަނގަޅު. އާއިލާއަށް ވެސް" މިޒްނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

މިޒްނާގެ ޓުވީޓާ ގުޅިގެން ހަސަން ކުރުސީގެ އެކައުންޓުން ރައްދު ދީ ބުނީ މިޒްނާގެ ބަސްމަގު ވަރަށް ހަޑި ކަމަށާއި އަދި ޑިޕްލޮމެޓިކް ބޭފުޅަކާ އެކަށީގެންނުވާ ކަމަށެވެ. ހަމަ އެހެންމެ މިޒްނާ މަގާމަށް ގާބިލު ނޫން ކަމަށް ވެސް ވަނީ ބުނެފައެވެ.

ހަސަން ކުރުސީގެ ވާޙަކަތަކާ ގުޅިގެން ޝަރީފް ވަނީ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި 50 މީހަކު މަރާލުމަށްފަހު، އެކަން އެމަނިކުފާނުގެ ބޮލުގައި އަޅުވަން ރައީސް ނަޝީދު މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެފައެވެ. އެ ވާހަކަތަކާ ގުޅިގެން ރައީސް ނަޝީދު މިހާރު ވަނީ އަބުރުގެ ދައުވާ ކުރަން ވެސް ނިންމަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކެހެރި

    ދަރަދަރި ކަނބަލުންނާ ބެހެންޖެހޭތަ ސިޔާސީން ސިޔާސީންނާ ކުރާ އަރާރުމުގަ އަނެއްކޮޅުން ޙަސަނު ކުރުސޫ ނަމުގަ ޝަހުސު އޮޅުވާލުމަކީ ގޯހެއް

    15
    2
  2. ނަނަނަ

    ބައްޕަ ވިއްކައިގެން ސިޔާސީ ވަޒީފާގެ ފުރަގަހުން ނާޖާއިޒު ފައިދާ ނަގައިގެން ކިޔަވަނީ ތީ ހަށި ވިއްކުން ކަހަލަ ކަމެއް. ޗީޕް..

    21
  3. Anonymous

    ހޫމްމް ދެން ތިމަންޖެ ފުޑާލާ

    14
  4. މިތުރާ.

    2ބުޅަލުގެ އަރައިރުން ފެށުނީ ، ރައިޔިތުން ނަށްހިދުމަށް ކޮށްދެވޭ، ރައިޔިތުންގެ މުސާރަ ކައިގެން 😅

    15
    1
  5. ޑރ. އެލެކުސް

    އެބަ ރަނގަޅުވޭ. ހަސަނުގެ މުންޑުގަނޑު އެބަ ޖެހޭ އަދިވެސް ބޮޑަށް ބާލަން. އެއްކޮށް ބޭލުނީމަ އެނގޭނީ ދިމާވެފަ ހުރި މައްސަލަތަށް ޑޮކްޓަރަށް. ދެން ބޭސް ދޭން އެނގޭނީ.

    12
    1
  6. ކަމަނަ

    ޢަމިއްްލަދަރީގެ ބަސްމަގު ރީތިކުރުވާ ފުރަތަމަ ޢަންނިގެ ދަރިހާ ބަސްމަގު ހުތުރުނުވާނެ އެހެން އެއްވެސްމީހެއްގެ އެކުއްޖާގެ އެހެރީ ހަމަ މިނުލަފާކަން ދައްކާ އަންނިގެ ބަސްމަގު

    10
    2
  7. ވިކިލީކްސް

    ރުގީއާ މަންދިއާއެކު މިޒުނާ ހުއްޓާ، އެތަނަށް ނޝޯދު އައިސް، މިޒުނާގެ ކޮނޑުގަ އަތްނުޖަހަންތަ ؟

  8. ބޯގަޅި

    ހަސަން ކުރުސީގެ ނަމުގަ ފޮރުވިގެން ހުރެ ޓްވީޓްކުރަނީ ލާދީނީ އަންނިކަން ނޭނގޭ ދިވެއްސަކު މިހާރުނެތް.

    9
    2
  9. ދިވެހި ޒުވާނުން

    ކޮބާ ކިހާވަރެއްތިވީ އަމިއްލަ އަމިއްލަޔަށް ފަޅާއަރަނީ މުސްކުޅިން ބުނެ އުޅޭ މީހަކު މަރާފަ ސިއްރުކޮށްގެން ނުހުރެވޭނެ ކަމަށް އެކަން އަމިއްލަޔަށް ފަޅާ އަރާނެކަން. އަދި ގިޔާމަތްދުވަހުން އަގައިން ނޫން ގުނަވަންތަކުން ޖާވާބުދާރީވާއިރު އެހުރިހާ ގުނަވަނަކުން ކުރި ހުރިހާ ކަމެއް ކިޔަދެމުން އިޢުތިރާފުވަމުންދާނެ ހޭ އަރާ ވިސްނާ، މި ގައުމުން މަރާލެވި އަދި ގެއްލުވާލާފައިވާ މީހުން ގެ ޒިންމާ ތިޔަ ސިޔާސީ ބޮޑުންގެ ބޮލުގައި ނޭޅި އެބައޮތްތޯ ނިކަން ވިސްނާ ފިކުރުކޮށްބަލަ ސިޔާސީ މަޤާމެއްގެ ދަހިވެތިކަމުގައި އެކި ޕާޓީތަކުންނާއި އަމިއްލަ އަމިއްލައަށް މި ފަނާވަނިވި ދުނިޔޭގެ ޖަހާތަށް ކިތައްބައެއްގެ ފުރާނަ ގެއްލުވައި ކިތައް ބައެއްގެ ހައްގުތައް ގެއްލުވާލެވުނީކަން ނިކަން އެމީހުން ވިސްނާނެ. ހާދަ ދަރައޭ- ހާދަ ދަރައޭ- ހާދަ ދަރައޭ- ހާދަ ދަރައޭ-

    1
    1
  10. ބުޅި

    ނަޝީދު ހާދަ ބޮޑަކަށް ތި ތިރިވީ، ސިޔާސީ ކަންކަމުގަ އަނބިން ފިރިން ދަރިން އާއިލާއާ ނުބެހުމަށް ގޮވާފަ މިހާރު އެދަރަޖައަށް ވެއްޓުނީތޯ؟ އަމިއްލަ ނަފުސަށް އޮޅުވާލައިގެން އުޅެއްޏާ ވާނެވަރު.

    1
    1
  11. Anonymous

    މިކޮއި ގެ ދުވަސް ދިޔައީ!

  12. ރާއްޖެ

    އަޅެ، ހަސަންކުރުސީ ބުނެދީބަލަ...ރައްޔިތުންގެ މަޖިލީހުގެ ރައީސް ދައްކާ ވާހަކަޔާ އުޅޭގޮތާ ކުރާ ކަންކަމަކީ ޤައުމެއްގެ ރައްޔިތުންގެ މަޖިލީހެއްގެ ރައީސަކާ އަރާއަރާފޯދޭ ކަމެއްތޯ؟

    2
    1