ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ ކެނޑިޑޭޓުކަން ދޭން ހެޔޮ ނުވާނެ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރަސްމީ ޓުވިޓާ އެކައުންޓް ޓެގް ކުރައްވައި އިޔާޒް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ރައީސް ނަޝީދަކީ އެއް ދުވަހު ކިޔާ އެއްޗެއް ދެވަނަ ދުވަހު ކިޔާ ބޭފުޅެއް ނޫން ކަމަށާއި އެހެން ކަމުން ރިޔާސީ ޓިކެޓު އެމަނިކުފާނަށް ދެއްވަން ހެޔޮ ނުވާނެ ކަމަށެވެ.
އިޔާޒް ވިދާޅުވީ، ރޭ ނަޝީދު ވިދާޅުވީ، ނިޒާމު ބަދަލުކޮށްގެން ނޫނީ ޕްރައިމަރީ ބާއްވަން ގަވައިދެއް ތަން ނުދޭ ވާހަކަ ކަމަށާއި އެހެން ނަމަވެސް މިހާރު އެހުރީ "އެބުނާ ތަން ނުދޭ ޕްރައިމަރީ އަށް ވޯޓު ހޯދަން ނުކުމެ" ކަމަށެވެ.
"ދެދުވަހު އެކައްޗެއް ނުކިޔާ މީހަކަށް ރިޔާސީ ކެނޑިޑޭޓުކަން ދޭން ހެޔޮ ނުވާނެ. ރޭގައި ބުނީ ނިޒާމު ބަދަލު ކޮށްގެން ނޫނީ ޕްރައިމަރީ ބާއްވަން ގަވާއިދު ތަން ނުދެޔޭ. މިއަދު އެހުރީ އެބުނާ ތަން ނުދޭ ޕްރައިމަރީ އަށް ވޯޓު ހޯދަން ނުކުމެ" އިޔާޒް ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.
ދެދުވަހު އެކައްޗެއް ނުކިޔާ މީހަކަށް ރިޔާސީ ކެނޑިޑޭޓުކަން ދޭން ހެޔޮނުވާނެ @MDPSecretariat
ރޭގައި ބުނީ ނިޡާމު ބަދަލުކޮށްގެން ނޫނީ ޕްރައިމަރީ ބާއްވަން ޤަވާޢިދު ތަންނުދެޔޭ، މިއަދު އެހުރީ އެބުނާ ތަންނުދޭ ޕްރައިމަރީ އަށް ވޯޓު ހޯދަން ނިކުމެ.— Dr.Mohamed Iyaz (@dr_iyaz) December 2, 2022
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ވާދަ ކުރައްވަން ނިންމާފައިވާއިރު، ރައީސް ނަޝީދު ވެސް އެޕާޓީގެ ފަރާތުން ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމުގެ އަޑުތައް ވަނީ އަރާފައެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ޕްރައިމަރީ ބާއްވާނެ ތާރީހެއް އެ ޕާޓީއަކުން އަދި ވެސް ނުނިންމައެވެ
މިދެން ކާކުތަ
އެއީ ޑރ. އިޔާޒު
ސްޕްރީމް ކޯޓަށް ހުށަހަޅާ މިހާރުވެސް ގާނޫނުއަސާސީގެ 10،63،64،65،109 މި މާއްދާތަކުގެދަށުން ކެންސަލް ކުރެވިދާނެ
2008 ގެ އިންތިހާބު ބާތިލް އިންތިހާބަކަށް ކަނޑައެޅިދާނެ .ގާނޫނުއަސާސީގެ 10،63،64،65،އަދި 109 ގެ ދަށުން މިކަން ކޮށް މިހާރު ދެމުންދާ މުސާރަޔާ އިނާޔަތާ ސެކިއުރިޓީވެސް ހުއްޓުވިދާނެ. ޥަގަކަށް ވެރިކަން ނުދޭށޭ ގާނޫނުއަސާސީގެ 109 ވަނަމާއްދާގަ އެބައޮތް.
ތިގޮތަށް ދެބަނޑަށް ކާކަށް ފައިސާއެއް ނުދޭނެ އަންނިއެއް.. އިބޫ މުޅި ތިއާޢިލާ ސަރުކާރުން ހިފަހައްޓާދެނީ..
ސިޔާސީ އިލްމުވެރި އެއްތީ
ސިޔާސީ ޢިލްމުވެރިން ވީމަ ގޯހީތަ؟ ސިޔާސީ ގަމާރުން ދޯ ތިބެން ޖެހޭނީ!
2008 ގެ ރިޔަާސީ އިންތިހާބު ބޭއްޗިފަވަނީ ސައްހަނޫން 2 ކެބްޑިޑޭޓުން ހިމަނައިގެން ކަމަށްވާތީ އަނެއް 4 ކެންޑިޑޭޓުންނަށް ބަދަލު ލިބެން ޖެހޭނެ
ކަލެއަށް އިސްލާމް ދީން ގެ ސޭހެކޭ ކިޔަން ހެޔޮވާނެތޯ؟
އުއްމީދު ނުގެއްލޭ، އެމްޑީޕީ ޒަމާންތަކަކަށް ވެރިކަމުގައި އޮންނާނެ- ނަޝީދު
ދެމީހުންކުރެ އެކަކައްވެސް ކެންޑިޑެންސީ ދޭކައްނުވާނެ
ސޯލިހުއަށް ދޭން ހަމަ ރަނގަޅުތޯ އަދިވެސް.؟
އެއީބޮޑުވަގެއް
ދީނީ އިލްމްވެރިން ސިޔާސީ ކަންކަމާ ބޯ ބޭނީމަ އެ މީހުންެގެ ބޭނުމަކީ ކޮބާ؟
ކަލޯ ސިޔާސަތާއި ދީނަކީ ވަކިކުރެވޭނެ ދޭއްޗެއް ނޫން. ދީނީ ޢިލްމުވެރިންނަށް ވުރެން ބޮޑަށް ސިޔާސަތު އެނގޭނެ ބައެއް ނޯންނާނެ. ދީން ދަސްކޮއްގެން ފޮތަކީ ކޮން އެއްޗެއްކަން ދަނެގެން ދީނޭ ސިޔާސަތޭ ކިޔާ
އެހެންވެދޯ އިލްމްވެރިންތިބެގެން ބަޤާވާތްކުރީ.. ތީހަމަފައިސާއަށް ގަނެވޭމީހުން.. ހިތަށްއެރި ގޮތަކަށް ރައުޔު ނެރޭނެ.. މީހަކާ ހިތްޕުޅާ ވެއްޖިއްޔާ އެގޮތަށް.. ހަމަ އެމީހާއާއި ދެކޮޅު ވީމަ ހަމަ އޭގެ އަނެއްކޮޅު ނެރެލާނެ.
ތިހެންބުނި އިމްރާނުވެސް، އިލްޔާސްވެސް،
ސޯލިހޯ އެއީ މަތިން ފައިބާފަ އިން އެއްޗެއްތަ ސޯލިހައް ވޯޓް ދިނުންވެސް ހަރާންވާނެ ރައްޔިތުންނައް މިހާރު
އިޔާޒު ޖެހޭތަ ނަޝީދު ބުނާ ކޮންމެ އެއްޗަކާ ވިއްދާ އެއްޗެއް ބުނަން؟
ބަލަ އެއީ ހިތްތަކުގެ ރައީސޭ.
ތިބޭފުޅާވެސް ވާގިވެރިވާ ޕާޓީގެ މައިމުލޭ އެއީ
ޑިމޮކްރެސީގެ އައްޕައޭ އެއީ. ކިހިނެއް ވެގެންތޯ މިއުޅެނީ.
އެކަމަކު މީނާ ކުރިންހުރީ އަންނިއާއެކުއެވެ. ދެންމިހާރު އިބޫއައިސް މީނާ ރީލޯޑުކުރާލެއް ބޮޑުކަމުން އަންނި ގޯސްވީއެވެ.
މީނައަކީ ދީނީއިލްމްވެރިއެއްބާ؟
އަރަބި ޤައުމުތަކުގެ ޔުނިވަރސިޓީ ތަކަކީ ދުނިޔެ ޤަބޫލު ކުރާ ތަންތަނަށް ނުވަނީ ދުނިޔޭގެ ވަނަ އެއްގައި އެއްވެސް އަރަބި ޔުނިވަރސިޓީ އެއް ނުހިމެނޭތީ. މިސާލަކަށް އަޒުހަރަކީ ދުނިޔޭގެ 300 ވަނަ ޔުނިވަރސިޓީ. ވީމާ މި ވެރިންނަކީ ކިޔަވާފަ ތިބި ބަޔަކަށް އަޅުގަނޑު ނުދެކެން.
އަދާލަތަކަށް އަދި ޑރ.އ މެންފަދަ ފަރާތްތަކަށްވެސް ބުއްދިއެެއްހުރި އެކަކުވެސް ވޯޓެއްނުދޭނެ. ތިގޮވުނީ ގުދޯގުދޯ.ނަޝީދެކޭ ޑރ އެކޭ ކޮބާތަފާތެެއް. ދީން ދަންނަ މީހުން ބޭކާރުވާހަކައެއް ނުދައްކާނެ.
ޑރ ޢިޔާޒް އަށް ހަމަ އަޖައިބު ވެއްޖެ ރ ނަޝީދުއާއި އިބޫ ސޯލިހު އާއި ހުރި ތަފާތަކީ ކޮބައިތަ ނަޝީދު ފައުޅުގަ އިސްލާމްދީނަށް ދެކޮޅު ހެދި އިބޫހުރީ އޭރު އަތްޖަހަން ނަޝީދުގެ ވެރިކަމުގަ މުންކަރާތްތަކަށް އަރައިގަނެ ފޭރުމާއި ވައްކަންކުރުން ނެތް މިވެރިކަމުގަ ހުރިހާ ނުބައިކަމެއް އެބަކުރޭ އިބޫ ހެވިފަ ދަތުރު ކުރަނީ ކޮންކަމެއްތަމި އިބޫއަށް ރަނގަޅަށް ކުރެވުނީ ސަރުކާރުގަ ކޮރަޕްޝަނާ ފަސާދަ އިންތިހާއަށް ޢިޔާޒްމެންނަށް ކާން ލިބި ވަޒީފާ ލިބެންޏާ އޯކޭ ވާނެ އިސްލާމްދީނުގަ ކޮންމެ މީހަކު ކުރިޔަސް ނުބައި ޢަމަލު ކުއްވެރި ކުރަން ޖެހޭނެ
ޢަދާލަތު ޕާޓީ ލާރި ފަހަތުން ދުވަނީ.
ހަސަދަވެރިކަމަކީ މީހާ ނުބައިމަގަށް ދިއުމަށްކޮށާ މަގެއް!
ދޭނެ ކަމެއްނެތް ވެރިކަން ދޭއިރަށް ދޫކޮށްލާަ ދުވެ ފިލާނޭ
ޢިޔާޒު މިއީ ކޮން ޙައިސިއްޔަތަކުން ކޮމެންޓް ކުރާ މީހެއްތަ؟ ސިވިލް ސާވަންޓުން ނަކަށް ކޮމެންޓެއް ނުކުރެވޭނެ. ދީނީ ޢިލްމުވެރިން ފާފަވެރި ވާކަށް ނުވާނެ. ސިވިލް ސާވަންޓަކަށް ހުރެ ކޮމެންޓް ކުރުމަކީ ފާފަ އެއް. ފާފަ އަކަށް ވާގޮތަކީ ސިވިލް ސާވަންޓުން ވަކި ފަރާތަކަށް ޖެހެން ނުވާތީ. ދީނީ ޢިލްމުވެރިއެއްގެ ޙައިސިއްޔަތުން ކޮމެންޓް ކުރާނީ ވަޒިފާ އިން ވަކިވެފައި.
ކަލޭތީ ދީނީޢިލްމު ވެރިއެއްކަމަށް ދެކެން ހެޔޮނުވާނެ، ތިއީ ޒާތީ ހަސަދަވެރިއެއް
އިޔާޒަކީ އޭނާގެ މަޤާމުގެ މަސްޢޫލިއްޔަތަކާއި ޚިލާވަމުންދާ މީހެއް އޭނާއަކީ އަމާނާތްތެރިންގެ ތެރެއިންވާ މީހެއްނޫން އިޔާޒް ދައްކާ ވާހަކަ ދަނީ ފަންހުލުން އެކަކުވެސް އިޔާޒު ދައްްކާ ވާހަކައަކަށް ތަބާވާނެ ކަމެއްނެން ކޮންމެ ދިވެއްސަކީ ހެވާނުބައި އޮޅުންފިލާ މުސްލިމުން އިޔާޒުމެންކަހަކަ ދެބޯގެރި ދުއްވާ ޝޭޚުން ވިސްނައި އިސްލާހުވާހުށި