މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ. ފަރެސްމާތޮޑާއަށް ވަޑައިގެންނެވުމުން މަސްވެރިން، ކަޅު ޓީޝާޓުގައި އަނގަމަތީ ޓޭޕް އަޅައިގެން ތިބެ އެމަނިކުފާނަށް މަރުހަމާ ދަންނަވަައިފިއެވެ.

ފަރެސްމާތޮޑާ ކައުންސިލް މެންބަރު ނަސްރުﷲ މުހައްމަދު "ވަގުތު"އަށް މައުުލޫމާތު ދިންގޮތުގައި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ފަރެސްމާތޮޑާއަށް ރައީސް ސޯލިހު ވަޑައިގެނެނެވުމުން އެރަށު މަސްވެރިން ވަނީ ހަމަހިމޭން އިހުތިޖާޖެއް ކޮށްފައެވެ.

އެގޮތުން މަސްވެރިން ކަޅު ޓީޝާޓު ލައިގެން ތިބިއިރު އެންމެންގެ އަނގަމަތީގައި ހުރީ ޓޭޕް އަޅާފައެވެ.

މަސްވެރިން ކުރި ހަމަހިމޭން އިހުތިޖާޖުގައި، އެމީހުންގެ ޝުއޫރުތައް ހާމަކުރީ ލިޔުމުންނެވެ. އެގޮތުން "މަސްްވެރިންނަށް ވީ ވައުދު ކޮބާ" އަދި "ބާނާ މަހަށް ހަމަ އަގު ނުލިބޭ" ފަދަ ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް މަސްވެރިން ވަނީ ބޭނުންކޮށްފައެވެ.

އިހުތިޖާޖް ކުރި މީހުން ކައިރިޔަށް ވަޑައިގަންނަވައި، ރައީސް ވަނީ އެމީހުންގެ ވާހަކަތައް އައްސަވާފައެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފަރެސްމާތޮޑާގައި ފާހަގަކުރަން ނިންމާފައިވާތީ އެރަށް ވަނީ ޒީނަތްތެރިކޮށްފައެވެ.

ރައީސް އެރަށަށް ކުރައްވާ މި ދަތުރުފުޅުގައި މިއަދު ހަވީރު މަސްވެރިންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ކުރިޔަށްގެންދާ ފިޝަރީޒް އެކްސްޕޯއަށް އެމަނިކުފާނު ޒިޔާރަތްކުރައްވާނެއެވެ. މީގެއިތުރުުން މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އެރަށުގައި ބާއްވާ މަސްކެނޑުމުގެ މުބާރާތާއި ފަރުމަސް ބޭނުމުގެ މުބާރާތް އެމަނިކުފާނު ޝަރަފުވެރިކޮށްދެއްވާނެއެވެ.

އަދި މިރޭ ބާއްވާ މަސްވެރިންގެ ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ފޫހި

    ކޮބާ ބާ ހަމަ އަގަކީ ބަލަ އޭރަކު މާކެޓުގަ ހުންނަ އަގަކައްދޯ މަސްގަނެވޭނީ ...މަސްވެރިން ބުނާއަގެއްގާ ނުގަނެވޭނެދޯ މަސްގަންނަ މީހުންވެސް ކުރަނީ ވިޔަފާރި ހަމަ މަސްވެރިންނެކޭ އެއްގޮތައް ނަފާހޯދާން

    4
    5
  2. އިލި

    ބެޔަސް ނުބެޔަސް 10000 ރުފިޔާ ލިބުނު ޔާމީންވެރިކަމުގަ މިވެރިކަން އައިސްގެން މަސްވެރިން މިޖެހެނީ މަހައްދާން .........ޔާމީންވެރިކަމުގާ މަސްދޯނިތައް އޮތީ ފަޅުގާ އަލާލާފަ ގޭގަ ދެފާ ގުޑުވާލަގުޑުވާލަ ކޮންމެ މަހަކުވެސް 10000ރ ދިޔައީ މަސްވެރިންގެ ބެންކު އެކައުންޓައްޖަމާވަމުން

    11
    9
  3. ނުރު

    ވ މޮޅު ދޮގް ވާހަކަ ކިޔާނެ، ފަރެސްމާތޮޑާ މަސްވެރިނަނަކީ ނަމޫނާ ބައެއް، ވ ގިނަ ކެޔޮޅުންނަކީ ހިތްވަރުގަދަ ތައުލީމީ ޒުވާނުން. ރ. ގެ ވާހަކަތަކައް ނެހެއްލޭތި 2023 ގައި ވެރިޔަކު ހޯދާއިރު ހިމް ބީ އައުޓް. ރ.ނަޝީދަށްވެސް ދޯކާ، މަސްވެރިންނަށްވެސް ދޯކާ. ޤައުމަށްވެސް ދޯކާ. ހޯޅުވަހީގެ އިމުގެ ސަބަބުން ދެކޮނުގެ މަސްވެރިކަން އެކީ ނެތިދާނެ. އެއީ އިއާދު ނުވާނެކަމެއް.

    17
    3
  4. ބޮގޭ

    ރ ޓީވީންނާއި ރ ނިއުސް އިން ޚަބަރު ފަތުރަނީ ވަރަށް ހޫނު މަރުހަބާއެއް ކުދިބިޑު އެންމެން ކީވާހަކަ! ކަޅުޓީޝާޓެއް ނުވެސް ދައްކާ އަމުދުން!

    14
    1
  5. ނަމަސްތޭ

    އާނ ކަލޭމެން ވަރަށްމޮޅުވީ ތި . . ޝުކުރު ކޮއްބަލަ ލިބޭ މިންވަރަށް . .ތީ އަމިއްލަ އިހްތިޔާރުގަ ނޫނީ ކުރަން ބޭނުންވެގެންވެސް ކުރިކަމެއްނޫން . . ކޮންމެސް ސިޔާސީ ބަޔަކުބުނެގެން ދެން ކޮއްލީ . . ގިނަ ދިވެހިންނަކީ ނަފްސްގެ މިނިވަންކަންވެސް ނެތްބައެއް . . ވޯޓެއްލިޔަސް ރަށުގަ އަޑުގަދަމީހާ ، ނޫނީ ސިޔާސީ މީހުން ބުނިގޮތެއް އެއީ ރނގއޅުގޮތް . . ކަންނިމުނީމަ އާހިރުގަ ހުރިހާ ފައިދާއަކާ މަންފާއެއް ވާނީ އެވއރިންނަށް . . ނިކަމެތިރައްޔިތުން ހަމަ ގުންބޯ ހައްދާފަ ތިބޭނީ . . މިކަހަލަ ހުތުރު ހުރިހާ ކަމެއޮކުރުވާފަ އެވެރިންތިބޭނީހޭން . . ނިކަމެތި ރައްޔިތުން މިފަދަ ކަންކަމާވިސްނާ . . އަނގަމަތީ ޓޭޕްއަޅަގެނ އަގުރަނގަޅު ވަންޏާ މަވެސް އަޅާނަން ރައްޔީތުންގެ ހައްގުގަ

    2
    6
  6. އަހުމަދު

    އެމްޑީޕީ ޒަމާނުއްސުރެން ރައްޔިތުންނަށް ދެއްކީ އަވާމެންދުރެއްކަން ރައްޔިތުންނަށް އެނގިއްޖެ

    21
    2
  7. Anonymous

    ދުވާލަކު މިލިއަނެއްގެ މަސްކިރާއިރު އަދިވެސް ސަބްސިޑީކައިގެންތަ އުޅެންވަނީ. ހިތައްއަރާ މިނޫނީ މިންވަރަށް ޝުކުރު ނުކުރާބައެއް ނޫޅޭނޭ. ކުރީޒަމާންތަކުގައި މަސްދޯންޏޭ ބުނާއިރު ސިފަވާނީ ގަދަހޫނުގައި ހިޔަލެއްނެތި ރޯމާދުވާލު މަސްބޭނުން، އެކަމަކު މިހާރު އެއީ ލަގްޒަރީ ޔޮޓެއްގައި އުޅުންކަހަލަ ކަމެއް. މިއީދެންބޮޑުވަރު އަދި މިލިސްޓަށް ލާންޖެހޭނެ ޓެކްސީ ޑްރައިވަރުންވެސް

    4
    3
  8. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް

    އެކަކަށް ކުރި އެއް ވަޢުދެއް ވެސް ނުފުއްދާ 2 ވަނަ ފަހަރަށް ވެރިކަމަށް އައްނަން އުޅޭ ކިނބު ލެއް ނުދެކެން މި ނޫނިއްޔަކާ!

    17
    3
  9. ޑައެލޯގް

    މަސްވެރިންނޭވެ. ތިއީ 2023 އަންނާތީވެ ހާލުބަލާހެދީއެވެ. ދެން ހޮވުނީމަ ރިއެކްޓެއް ނުކުރާނެއެވެ. އަބަދު އުޅޭނީ ދަތުރުތަކުގައި މަޖާކުރާށެވެ. އިބޫ ބުނި އެއްކަމެއްވެސް މިހާތަނަށް ވެފައެއްނެތެވެ.

    4
    2
  10. މާރިޔާ ޙަސަން ދީދީ

    ވަޢުދު ނުފުއްދުމަކީ ކުށެއް ކަމަށް ހަދަން ވެއްޖެ!

    4
    2
  11. ކިބޫ

    ކޮބާ މެނިފެސްޓޮގައި ޖެހި 35 ޑޮލަރު
    މިހާރު ހުރިހާ މަސްވެރިން ހިނގަނީ ޖީބު ޑޮލަރުން ފުރިގެން އެއްފަރާތް އަރިއަށް.

    35 ޑޮލަރު ލިބެނީ ހުވަފެނުގައި

  12. ޙަމަ ހަޤީޤީ

    މިފަހަރު ޔަޤީންކަން ދިނީ، އިތުރު 5އަހަރުގެ ދައުރެއް ދިނީމާ، މަހަށް ދާން ދިވެހިންނަށް ނުޖެހޭނޭ،ބަންގާޅުން މަހަށް ދާނެ ކަމުގެ ޔަޤީންކަން
    އަސްލުގައި ވެރިމީހާ އަށް އާޖުފާޖު ނޭގުމަކީ ރައްޔިތުން އޭގެ ބުރަ އުފުލަން ޖެހޭނެ ކަމެއއ