ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ހަތަރު މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

އެކްސިޑެންޓު ވެފައިވަނީ ދެ ސައިކަލެއް ޖެހިގެންނެވެ.

ފުލުހުން ވިދާޅުވީ އެކްސިޑެންޓު ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު މެންދުރު 13:00 ހާއިރު ކަމަށެވެ.

އެކްސިޑެންޓުގައި ތިން ފިރިހެނަކާއި އަންހެނަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވި ބައެއް މީހުންގެ ހާލު ސީރިއަސް އެވެ.

އެކްސިޑެންޓުވި ދެ ސައިކަލު ދުއްވަން ތިބި މީހުންގެ ތެރެއިން 23 އަހަރުގެ އަންހެން މީހާއަކީ ސައިކަލް ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށާއި އަނެއް ސައިކަލުގައި އިން ފިރިހެން މީޙާގެ އަތުގައި ލައިސަންސް އޮތް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޕޮގުބާ

    ލައިސަންސް ނެތުމަކީ ގާނޫނީ ކުށެއް ލައިސަންސް އޮތުމަކީ އެއީ އެކްސިޑެންޓް ނުހިގާނެކަކަމެއް ނޫން ލައިސަންސް އޮވެގެން ސަލާމަތްވާނެނަމަ ތިން ފިރިހެނުން ސަލާމަތްވެފަ އަންހެން ކުއްޖާޔަށް އެކަނި އަނިޔާވާނީ އަންހެންކުއްޖާޔަށް ފޮނިދަށްކަން ހަދައިގެން ތިބޮނޑި ލިބުނީ

  2. Anonymous

    އަންހެންވެރިން ލައިސަންސް ނެތި ސައިކަލު ދުއްވަނީ ވެސް ފިރިހެނުންނާ ހަމަހަމަވުމުގެ އިތުރަށް، ފިރިހެނުންނަށްވުރެ ކުރިއަރައިދާން ވެގެންނެވެ. ހުޅަނގުގެ ކާފިރުން ދައްކާ ކޮންމެ ދަޅައަކަށް ގިނަ އަންހެނުން ހެއްލެއެވެ.

    22
    1
    • މޮޔަނިމޮސް

      އާނ ދޯ .ސައުދީގަ ވެސް މަނާ

  3. އަންހެނާ

    ދެންފިރިހެންވެރިން ލައިސަންސް އެއްނެތި ނަންނުގައްޗެއްހެއް ދުންވަނީ ކާކައްދަންކަންށޯ؟

    8
    1
  4. ކޮތަރު

    އެކްސިޑެންޓްވީ ވަގުތަށް ބަލާއިރު ތިޔަ އެކްސިޑެންޓް ގައި އަނިޔާވީ ތިން ފިރިހެނުންވެސް މިއަދު ހުކުރަކަށް ނުދޭ. 13.00 ގައި ފުލުހުންނަށް ރިޕޯރޓް ކުރެވޭނީ އޭގެ ކުރިން އެކަން ވެގެން. ހުކުރު ނަމާދުން ސަލާމް ދޭއިރު ހުންނާނީ ގާތްގަނޑަކަށް 1.00 ވެފަ.

  5. ކޮތަރު

    ތިޔަ އެކްސިޑެންޓް ވީ ވަގުތަށް ބަލާއިރު ތިޔަ ތިން ފިރިހެނުންގެ ތެރެއިން އެކަކުވެސް މިއަދު ހުކުރަކަށް ނުދޭ