ދެންމެ ސިނަމާލެ ބުރިޖު ކައިރީ ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.

އެކްސިޑެންޓްގައި ނިޔާވެފައި ވަނީ 54 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ ބުރިޖު ޓްރެފިކް ލައިޓް ކައިރީގައި ކާރަކާއި ސައިކަލެއް ޖެހިގެން އެކްސިޑެންޓެއް ހިނގި ކަމަށް ފުލުހުންނަށް ރިޕޯޓް ކުރީ 14:30 ގައި ކަމަށެވެ.

އެކްސިޑެންޓްގައި އަނިޔާވި މީހާ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި އޭނާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެކްސިޑެންޓް ހިނގީ ހުޅުލެ އާއި ބުރިޖު ގުޅުވައިދޭ ބުރިޖުގެ އުތުރު ކޮޅުގައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޛަމަލް

    ޓުރެފިކް ނުބެލެހެއްޓޭ. ބާރު ސްޕީޑް ގައި ކާރު ދުއްވާފަ ގޮސް ލޭން ބަދަލު ކުރަނީ. ބައެއް ޑުރައިވަރުން ސައިޑް ވެސް ނުދޭ. އޯވަ ޓޭކް ކުރަނީ ވެސް ނުބައި ފަޅިން. ލޭން ނިމޭ ކޮޅު ލައިޓް ހިސާބަކީ ނުރައްކާ ހިސާބެއް. ބޮޑެތި ބަސް ތަކުގެ ދެމެދުގައި ސައިކަލް ތާށި ވެފަ. ލޭން ފުޅާ ކުރަން ޖެހޭ

    11
  2. ޕޮގުބާ

    55 އަހަރު އެއީ އިންޒާރެއް އެއީ އެހިސާބަށް ދާއިރު މީހާ ދުނިޔޭގަ ހުރެއްޖެނަމަ ހުރިހާ ނުބައި ކަމަކުން ދުދުވާންވީ އުމުރު

    3
    1
  3. ވިސްނާ

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن
    މައްޔިތާގެ ފާފަ ފުއްސަވައި،ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާ އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!
    آمین ياربّ العالمين

    10
  4. ހާޖީ އުމަރު

    ޕޯސްޓްމޯޓަމް ނަހަދާ ވަޅެއް ނުލެވޭނެއޭ ކިޔާ ހިފަހައްޓާނީއެއް ނޫން

    14
    2
  5. Anonymous

    إنا لله وإنا إليه راجعون
    ގަވާއިދާ ޚިލާފަށް އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ޙައްޤު އަދަބު ދޭން އެބަޖެހެއެވެ.

    11
    1
  6. 😥

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن
    މައްޔިތާގެ ފާފަ ފުއްސަވައި،ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާ އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!
    آمین ياربّ العالمين

  7. Anonymous

    انا لله وانا اليه راجعون
    اللهم اغفر له وارحمه !

  8. ލަވް

    ތީ ވަތަސް ސުންޕާ ބުރިޖެއް! ހްމމމމމ