ސިނަމާލެ ބުރިޖު ކައިރީ ހިނގި އެކްސިޑެންޓްގައި ނިޔާވީ ވިޔަފާރިވެރިއެއްކަން އެނގިއްޖެއެވެ.

އެކްސިޑެންޓްގައި ނިޔާވެފައި ވަނީ 54 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު މެންދުރު ބުރިޖު ޓްރެފިކް ލައިޓް ކައިރީގައި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.

"ވަގުތު"އަށް މައުލޫމާތު ލިބިފައިވާގޮތުގައި އެކްސިޑެންޓްގައި ނިޔާވެފައި ވަނީ ޖަމްބޯ ފޯވާޑީން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް މޫސާ އެވެ.

އޭނާއަކީ ތައިލެނެްޑް އާއި ޗައިނާ މެދުވެރިކޮށް ރާއްޖެއަށް ކޮންޓެއިނަރުގައި މުދާ އެތެރެ ކުރާ މީހެކެވެ. އޭގެ އިތުރުންވެސް އޭނާ ބައެެއް އިތުރު ވިޔަފާރިވެސް ކުރެއެވެ.

މި އެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބްރިޖް ޓެރްފިކް ލައިޓް ކައިރީގައި ކާރަކާއި ސައިކަލެއް ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މައުލޫމާތު ލިބުނީ މިއަދު މެންދުރު 14:30 ހާއިރު ކަމަށެވެ.

އަދި މި އެކްސިޑެންޓްގައި އަނިޔާވި މީހާ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިޔައިރު، އެ މީހާ ނިޔާވެފައިވާ ކަަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ލިބޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ދިރިހުރުމާއި މަރަކީ މިކަހަލަ ކަމެކެވެ. ހިނދުކޮޅެއްގެ ތެރޭގައި މިދުނިޔެއާ ވަކިވާން ޖެހިދާނެއެވެ. ތުއްތު ކުދިން އެއްލާލާފައި ބާޒާރުމައްޗަށް ނިކުމެ ފައިސާ ހޯދަން ހޭބޯނާރާއުޅޭ މަންމައިން، މިފަދަ ހާދިސާތަކުން ޢިބްރަތް ލިބިގަނެ އިޞްލާޙުވާންވީއެވެ. ކަށްވަޅަށް ދާއިރު ފައިސާއާއި މުދަލެއް ނުގެންދެވޭނެއެވެ.

    15
    1
  2. ހަސަނު

    އަނބިދަރިންގޭގަ ބައިތިއްބާފަ އެމީހުނަށް ޚަރަދު ނުކޮށް އަޅާނުލާ ހިލޭއަންހެނުންގޮވަައިގެން އުޅޭފިރިހެނުން މަދީތޯ؟؟ އެމީހުން މިކަމުން އިބުރަތް ހާސިލު ކުރާކަށް ނުވޭތޯ؟؟ އަނބިދަރިން އުކާލާފަ ހިލޭއަންހެނުންނަށް ޚަރަދު ކުރަމުން ރެސްޓޯރެންޓުތަކުން ކާންދެމުންދުވަނި..ހަލާލުދަރިންނާ ހަލާކުއަނބިންނަށް ދޭނެލާރިޔެއްނޯވޭ..ތިބުނާއަންހެ ުުނު ންވެސްދަނި ހަމަޒި ޭޭިޭޭިޭޭިޭޭިޭޭިޭޭޭިޭޭިޭޭިޭޭިޭޭޭޭިޭޭިޭޭޭޭިޭޭިޭޭިޭޭިނޭކުރަމުންދުވާ ފިރިހެނުންނާއެކިގަ ދެބައިމީހުން ވެސް ނުބައިވީމަނުބަޔޭ...އަބަދުއަންހެނިުންނޭ ތިކިޔަނީ!!!!

    15
    1
    • Anonymous

      ހަސަނު ވެސް ތިބުނީ ރަނގަޅަށެވެ. މިރާއްޖޭގެ އަންހެނުންނާއި ފިރިހެނުންގެ ބޮލަށް މިހާރު ވައްދާފައިވަނީ ޑޮލަރަށް ދަހިވެތިވުމެވެ. އަނބިން އެކަނި ނިދަން ދޫކޮށްލާފައި ބައެއް ފިރިން ދަނީ ޑޮލަރު ހޯދަން ރިސޯޓުތަކަށެވެ. ފިރިންގެ ގާތުން ވަރިވެގެން ބައެއް އަންހެނުން ދަނީ ޑޮލަރު ވިއްކާ ކައުންޓަރުތަކަށެވެ. އެންމެންގެ ވިސްނުން މިވަނީ ފަސާދަވެފައެވެ. މިފަސާދަ މިރާއްޖެއަށް ގެނައީ މައުމޫނު ކަހަލަ ސިޔާސީ މީހުންނެވެ. ސިޔާސީ މީހުންގެ ސަބަބުން މިރާއްޖޭގެ އާއިލީ ދިރިއުޅުން މިވަނީ ހަލާކުވެފައެވެ. ހުރިހާ ގެއްލުމެއް ލިބެނީ ކުޑަކުދިންނަށެވެ.

      5
      1
  3. ޙުސެން

    ކުރިން ޓްރެފިކް ބެލެއްޓުމަކީ ފުލުހުންގެ ކަމެއްނޫންތަ ކާރުތައް ލޭންބަދަލުކުރަނީ އޯވަޓޭކު ކުރަނީ ބޮޑުހަރަދުކޮށް ޖަހާފަހުރި ކެމެރާތައްވެސް ހުރެ ، ބެލޭނެގޮތެއްނެއް ކަންވީމަ އެވެސް އާންމުފަރުދަކު ގުޅައިފިއްޔާ ފުލުހުން އަންނާނެ އަންނާނެއިރަކުން ދެންބުނާނެ މައްސަލަބަލަމުންދާކަމަށް އެހިސާބުން އަނެއްކާވެސް އެހެންކަމެއް ހިނގައިގެން އުޅޭއަޑު އިވޭނީ މީ ހަގީގަތަކީ