ކޭޝް ކާޑުން ބަހަށް ފައިސާ ދެއްކޭނެ ގޮތް ހަދަން ނިންމައި، އެކަމާ ގުޅޭ ޓެސްޓުތަކެއް ހެދުމަށް އެމްޓީސީސީން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ މާސްޓާ ކާޑާއި ވިސާ ކާޑުގެ ކޮންޓެކްޓް ލެސް ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. މި ޓްރަޔަލް ކުރިއަށް ދާނީ މާދަމާ އާއި ހޯމަ ދުވަހު މާލެ ތެރޭގައި ކުރިއަށްދާ ބަސްތަކުގައި ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ.

"މި ޓްރަޔަލްގައި ވިސާ އަދި މާސްޓާ ކާޑް ބޭނުންކޮށްގެން ބަހުގައި ދަތުރުކޮށްލެވޭނެ،" އެމްޓީސީސީން ބުނެފައިވެއެވެ.

މާލޭ ތެރޭގައި ކުރާ ބަސް ދަތުރުތަކުގައި ނަގަނީ މީހަކަށް 7ރ.އެވެ. ބަހަށް ފައިސާ ދެއްކެނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ނުވަތަ ބަސް ކާޑު ބޭނުންކޮށްގެންނެވެ.

އެމްޓީސީސީން އަންނަނީ މާލެ އާއި ލ. އަތޮޅާއި އައްޑޫ އަދި ފުވައްމުލަކުގައި މިނީ ބަހުގެ ހިދުމަތް ދެމުންނެވެ. މި ހިދުމަތަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނާގާބިލު

    މަތްކަލާކޯ. އެކުން އަނގަ ގަދަ ނުކޮށް ތިކަން އަވަސް ކޮށްބަލަ. އޭރުވެސް އަހަރެމެން ބުނަމުންދިޔައިން ކޭޝްކާޑުން ފައިސާ ދެއްކޭގޮތް ހަދާށޭ. ބޯހަރުކަމުން އެކަމެއް ނުކުރި. މިހާރު އަރާ މީހުން މަދުވީމަ ފަޅޮލޭ ކިޔަނީ.. މިހާރު ކެރޭނެތަ މިއަދު ދަތުރުކުރިއޭ ބާރަހާސް މީހުންނޭ ބުނެލަން.