ވިލިމާލެ އިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހުން ގެއްލިގެން ހޯދަމުން އަންނަ އިރު، އެމީހުން ދަތުރުކުރި ބޯޓު ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ވިލިމާލެ އިން ތެޔޮ ބޯޓެއްގައި ފުުރި ދެ މީހެއްގެ ހަބަރެއް ނުވެގެން އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަން ފުލުހުން އިއުލާނު ކުރީ އިއްޔެއެވެ.

ގެއްލިގެން ހޯދަމުން ދަނީ ގދ. ތިނަދޫ/މުނާރު މުހައްމަދު ނިޒާމް 45އ އާއި ބަންގްލަދޭޝް ރައްޔިތެއް ކަަމަށްވާ މޮހައްމަދު ލިޓަން 35އ.އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މީހުން ދަތުރުކުރި ތެޔޮބޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ނެރު ކައިރިން އޮޔާދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ފެނިފައިވާ ކަމަށެވެ. ނަމަވެސް އެ ދެމީހުން އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެއެވެ.

އެ ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ނަންބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުގެ 9911099 އަށް ގުޅައި ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރެފްރީ

    ވަރަށްހިތާމަހުރިކަމެއް

    20