އިއްޒުއްދީން ފާލަން ކައިރިއަށް ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅީ އެ ސަރަހައްދު ތަޣައްޔަރުވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ ތިން ނަންބަރު ޖެޓީ ސަރަހައްދުގައި ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފައި ހުރި ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 9:10 ހާއިރު ކަމަށެވެ. އެހެންވެ، އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

މިކަމުގައި ކޯސްޓްގާޑުގެ ސިފައިންނަށް އެހީތެރިވުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނާއި މާލެ އޭރިއާ މެރީންސާއި މެރިން ޕޮލީސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މީގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ފަރާތުންވެސް އެހީތެރިކަން ފޯރުކޮށްދީ ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.

ފަޅުތެރެޔަށް ކަޅުތެޔޮ އެޅުމުން މޫދުގެ ފެންގަނޑު ތަޣައްޔަރުވެ، މޫދުގައި އުޅޭ ދިރޭތަކެއްޗަށް އޭގެ ސަބަބުން އުނދަގުލާ ކުރިމަތިވާނެއެވެ. ފަޅުތެރޭ ހުންނަ ދޯނިތަކާއި ބޯޓުތަކުން މޫދަށް ތެޔޮ އެޅުމުގެ ސަބަބުން ކަނޑާއި ފަރުގެ ދިރުންތައް ދަނީ ހަލާކުވެ ނެތި ފަނާވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލްޖިބްރާ

    ހަމައެކަނި ތިން ނަމްބަރު ޖެޓީ ކައިރިއަކު ނޫން ؟ހެންވޭރު އާރޓިފިޝަލް ބީޗްވެސް އޮތީ ތެލުން ތަޣައްޔަރުވެފަ ! މިއީ ކޮންބަޔަކު އެޅި ތެލެއްކަން އެގެން ޖެހޭ ! އަދި އެބަޔަކަށް ޤާނޫނީ ފަޔަވަޅު އަޅަން ޖެހޭ !

    10
  2. ފިތުނަ 2023

    ކޮބާ ކެމެރާތަށް ގަސްތުގަ ބަޔަކު ކުރިކަމެއް ވިއްޔާ ފިޔަވަޅު އެޅެންވާނެ. ތިވާނީ ވަތަން ދެކެލޯބިވާ ޔާމިން ފެކްޝަންގެ ކަމަކަށް.

    4
    15
  3. ބަޑަންޑޫ

    ތިހިސާބަށް އާއްމުކޮށް ކައިރިކުރާނީ ފެރީތަށް ތިހުންނަނީ ތިހެން އަޅައިނުލާދޫކޮށްލާވަރުގެ ކަންކަމެއް ނޫން ތިކަންކުރިބަޔަކު ބަލާ ފިޔަވަޅުވެސް އަޅަންޖެހޭނެ

  4. ކޭ

    ކޮންމެސް ގައުމަކުން ވަރަށް ފަހުން ކަނޑަށް އެޅޭ ތެޔޮސާފު ކުރެވޭ މެށިނެއް ހަދިޔާކުރި

  5. ހާމިދު ޝާހިދު

    ތިވާނީ ޖަޕާނު ސަރުކާރުން ދާދިފަހުން ދިން ކަނޑަށް އެޅޭ ތެޔޮނަގާ ސިސްޓަމްއާއި އެކަމަށް ބޭނުންުކުރާ އުޅަނދު ޓެސްޓް ކޮށްލަން ކުރި ކަމެއްކަމައް. އެހެންނޫނީ ތިސަރަހައްދަށް ކަޅު ތެޔޮ އުޅަނދަކުން ހަމަ ހުރެލާފައި އެޅެންޖެހޭ ސަބަބެއް ނުވިސްނޭ.