މި އަހަރު ފެށިގެން މިދިޔައީ ރައްޔިތުންގެ އުންމީދުތައް ހުރަގޭގައި ބަންދުކޮށްފައި ވަނިކޮށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ފެށުނީ ޓެކްސް ބޮޑުކޮށް ރައްޔިތުންނަށް ހާސްކަން އިތުރުކޮށް، ރައްޔިތުންގެ 2023 ގެ އުންމީދުތައް ހުރަގޭގައި ބަންދުކޮށްފައި ވަނިކޮށް ކަމަށެވެ.

"ނަމަވެސް މާޔޫސްނުވެ ރައްޔިތުންގެ އަޑު އިއްވައި ރައްޔިތުންގެ އުންމީދުގައި ކުލަ ޖެއްސުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމުގެ އަޒުމު އާކުރަމެވެ." އާދަމް ޝަރީފް ވިދާޅުވިއެވެ.

މިދިޔަ އަހަރު ދިވެހިންނަށް ހާސިލު ކުރެވުނު ކަންކަމާ މެދު ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އާ އަހަރުގެ ތަހުނިޔާ ރައްޔިތުންނަށް ފޮނުއްވައި ވިދާޅުވެފައެވެ.

ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގިނަ ގޮންޖެހުންތަކަކާ އެކުގައި ވެސް މިދިޔަ އަހަރަކީ ދިވެހިންނަށް ކަންތައްތަކެއް ހާސިލް ކުރެވުނު އަހަރެއް ކަމަށެވެ. އަދި އެކަންކަން ހާސިލް ކުރެއްވުނީމަ، ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަދި މި ފެށުނު އާ އަހަރާ އެކީ އިތުރު ފުރުސަތުތައް ފަހިވެ، ދިވެހިންނަށް އިތުރު ފާގަތިކަމަށް އެދިވަޑައިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ހުރިހާ ދިވެހިންނަށް އުފާވެރި، ދުޅަހެޔޮ އަދި ފާގަތި 2023 އަކަށް އެދެން." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަރީ

    އާދަނު ތިޔަ ވިދާޅުވަނީ ވައްކަމަކީ ރައްޔިތުންގެ އުންމީދުކަމައްތޯ

    2
    1
  2. އަލްޖިބްރާ

    ހުރަގޭގައި ބަންދު ކޮށްފަ ހުރީ ދިވެހިންގެ އުއްމީދު ތަކެއް ނޫން ! އެތާ ބަންދުކޮށްފާހުރީ މިޤައުމުން ބޮޑުތަނުން ވައްކަންކޮށް ރިޝްވަތުގެ ފައިސާ ބަޑަށް އަޅައިގެން ހުރި ބޮޑު މުޖްރިމެއް !

    3
    2
  3. ނަމަސްތޭ

    ކަލޯ .. ނޭންގެންޏާ ދަސްކޮއްބަލަ . . ޓެކްސްބޮޑުކޮށްގެންވެސް ހަމަ ނިކަމެތިރައްޔިތުންނަށް ފައިދާވާނީ . . ޓެކްސްއަށް ނަގާލާރި ވައްނަނީ ރައީސްމީހާގެ ގެއައްތަ ، ނޫނީ ދިވެހިންގެ ޒަރޫރީ ބޭނުންތަކައްތަ . . މިކަހަލަ މީހުންވެސް ޓުވީޓެއް ،ނޫނީ ސުނެޕެއް ކޮއްލިޔަސް މިނޫސްތަކުގަ އަދިޖަހާނެ . . ތަންކޮޅެއް އޮއްޓަރު ހުންނަކަހަލަ ވާހަކަޖަހާބަލަ

    3
    2
  4. ރަންނަ

    މުޒާހަރާ އަށް ނުކުންނަ މީހުން ހައްތަހާ ވަނީ މަދު. ވަދާއީ ޖަލްސާގަވެސް މަގިނަ ބަޔަކު ނެތް

  5. Anonymous

    ތި ބުނާ ރައްޔިތުންގެ އުއްމީދު ލައްވާ ވައްކަން ކުރުވީވެސް ކަލޭމެން..

    2
    1