މި ފެށުނު އާ އަހަރުގެ އަޒުމެއްކަމުގައި ކޮންމެ މީހަކު ވެސް ކަނޑައަޅަންވީ، ކޮންމެ ކަމެއްގައި ވެސް، ސުލްހަމަސަލަސްކަމާއި ހަމަޖެހުމާއި އެއްބައިވަންތަކަން އިސްކޮށް، ބައިބައިވުމާއި ދެބަސްވުމާއި ދެކޮޅުވެރިކަމަށް ނޫނެކޭ ބުނެ ހިޔާލު ތަފާތުވުންތަކާ އެކުގައިވެސް، ގައުމީ މަސްލަހަތަށް ބުރޫ އެރިޔަނުދީ، ސުލްހައިގެ މަގު އިހްތިޔާރު ކުރުމަށް ކަމަށް ތައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވެފައި ވަނީ 2023 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތޯބުގަ އެވެ.

ރައީސްގެ ވިދާޅުވީ، ނިމިގެން ދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ލިބުނު އެންމެ މަތިވެރި އަރުތައަކީ، ދިވެހި މުޖްތަމައުގައި ސުލްހަވެރިކަމާއި ހަމަޖެހުން ގާއިމުވެފައި އޮތުން ކަމަށެވެ. އަދި، އިންސާނީ ހައްގުތައް ކުރިއަރުވައި، އިޖްތިމާއީ އަދާލަތު ގާއިމުކޮށް ،އަދުލު އިންސާފު ގާއިމުކުރުމަށް، މުހިންމު މަސައްކަތްތަކެއް މިދިޔަ އަހަރު ކުރެވުނުކަމަށާއި، ރަނގަޅު ނަތީޖާއެއް ވެސް ހާސިލުކުރެވުނު ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް، ހަމަހަމަކަމާ އެކު އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވެސް، އެކަށީގެންވާ މުހިންމު މަސައްކަތްތަކެއް ކުރެވި، ރައްޔިތުންނަށް އެކަމުގެ ލާބައާއި މަންފާ މިހާރު ދަނީ ލިބެމުންނެވެ.

" ކޮވިޑްގެ ދަތިތަކުން އަރައިގަނެ ގައުމުގެ އިގްތިސާދީ ދުވެލި ހަލުވިކުރުމަށް، މިދިޔަ އަހަރުގެ ތެރޭގައި ކުރެވުނު މުހިންމު މަސައްކަތްތަކަށް ފަހު، މިއަދު ތައްޔާރުވާންވީ، ކޮވިޑްގެ ކުރިން އޮތް އިގްތިސާދީ ހާލަތަށް ވުރެ ވެސް މާ ރަނގަޅު ހާލަތަކަށް ރާއްޖޭގެ އިގްތިސާދު ގެންދިއުމަށް. އަދި، ދިވެހި ފަތުރުވެރިކަމާއި ދިވެހި މަސްވެރިކަމުގެ ނަފާ އިތުރުކުރެވޭނެ އައު ގޮތްތަކާ މެދު ވިސްނުން ހިންގުމަކީ، މިއަދު ކުރަންޖެހިފައިވާ ކަމެއް. ގައުމީ ތަރައްގީގައި ދިވެހި ޒުވާނުންގެ ދައުރު ފުޅާކޮށް، މިންތީގެ ހަމަހަމަކަމަށް ޖާގަ ދިނުމަކީވެސް، އިގްތިސޯދު ހަރުދަނާ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް." ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަދު މި ފެށުނު އަހަރަކީ، ފައްކާވަމުން އަންނަ ދިވެހި ޑިމޮކްރެސީގެ ސިޔާސީ ހަޔާތުގައިވެސް މުހިންމު ހަރަކާތްތަކަކަށް އަލިވިލުނު އަހަރެއް ކަމަށެވެ. އަދި، މިއަދު ދިވެހިން ތިބީ ޑިމޮކްރެސީގެ ވެސް ހެޔޮ ނުބައި ވަކިވާ މިންވަރަށް ސިޔާސީ ގޮތުން ތަސައްރަފު ފުދިފައި ކަމަށާއި، ގައުމުގެ އެންމެ މަތީ މަސްހަލަތު ރައްކާތެރިކުރެވޭނެ ގޮތަށް ސިޔާސީ ހަރަކާތްތައް ހިންގުމަކީ، ކުރިމަގުގެ ޖީލުތަކަށް އަދު ތިބީން ދައްކަން އޮތް އެންމެ ރީތި ނަމޫނާ ކަމަށް ވިދާޅުވި އެވެ.

ގައުމުގެ ސިޔާސީ އަދި އިޖްތިމާއީ މިސްރާބު ކަސިޔާރުވިޔަ ނުދިނުމަށްޓަކައި ވެސް، ދިވެހިންގެ ކޮނޑުގައި އެޅިފައިވާ އެންމެ މަތީ ޒިންމާއަކީ، ގައުމުގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަމަށް ބުރޫ ނާރާނެ ފަދަ ގޮތަކަށް، ޑިމޮކްރެސީގެ ހަރަކާތްތައް ކުރިއަށް ގެންދިއުންކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޗާބޫކުން

    ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫނޭ ރައްޔިތުން ފެލައިގެން ޓެކްސް ބޮޑު ކުރާ ސަރުކާރު ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫނޭ ޓޫރިޒަމް ދާއިރާ ފުނޑާލާ ސަރުކާރެއް ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫނޭ ރައީސް މީހާގެ ބޭރު ދަތުުރު ތަކަށް 500 މިލިއަން ޑޮލަރު ޚަރަދު ކުރާ ސަރުކާރު މީ ރައްޔިތުންނަށް ހުރި ބޮޑު ވޭނެކޭ މީ ރައްޔިތުންނަށް ހުރި ދުއްޕާނެކޭ މީ ރައްޔިތުންނަށް ހުރި ޗޮއިސް އެއްނޫނޭ މީ ސީދާ ރައްޔިތުންގެ މާލިއްޔާގައި ޗާބޫކުން ތަޅަނީއޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ހޯއް ހޯއް ހޯއް ހޯއް ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ އޯއް އޯއް އޯއް އޯއް..

    31
  2. ނާޒް

    ދީނަށާއި ގައުމަށް ޢައްދާރު ބަޔަކު ވެރިކަމުގައި ތިބޭހާ ހިނދަކު ގައުމަށް ހެވެއް ލިބިދާނެތަ.؟

    36
  3. Anonymous

    އާ އަހަރޭކިޔާއިރު ކަލޭގެ ލަދުހަޔާތުގެ ޒައްރެއްވަރުވެސް ނެތީތަ؟؟؟އާއަހަރު މިފެށެނީ ހުރިހާއެއްޗެއްގެ އަގު އަތްނުފޯރާފަށަށް މަތިވަމުން!!

    39
    1
  4. ކަނޑާލާ

    މުއިއްޒު މޭޔަރު ކަމުން ބޭރުކުރޭ ނަރީޝް ވެސް ޑެޕިއުޓީ މޭޔަރު ކަމުން ބޭރުކުރޭ މާލޭ ރައްޔިތުންނަށް މިހާރު މާލެ ސިޓީ ކައުންސިލް ވަނީ ބަލާ އަކަށް ވެފައޭ ބަލަގަ މިރާއްޖޭގައި އުޅެނީ ދިވެހިންނޭ ދެން ހޭބަލި ވެގެންތޭ ބޭރު މަގުގައި ކަދުރު ރުށްތައް އިންދީ ގަމާރުންގެ ވެސް ގަމާރުންނޭ ކައުންސިލް ގައި މިތިބީ ބޭރު މަގުގައި އަނބުގަސް އިންދިނަމަ ހިޔާ ލިބި އަދި އެގަހުގެ ފައިދާ ވެސް ރައްޔިތުންނަށް ވީސްއޭ މޭޔަރު ކަމުން މުއިއްޒު ދުރަށްދާންވީއޭ މުއިއްޒު ގެއަށް ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ...

    1
    43
  5. ސުބު

    މިވަރުގެ އޯގާތެރި މަޑުމައިތިރި ރައީސަކު ދެން ނުލިބޭނެ. ސާބަސް ރައީސްސޯލިހު.

    1
    49
  6. އހ

    އާއަހަރައް އަޅުނގަޑުމެން އަޒުމަކީ ރައީސް ސޯލިހު ވެރިކަމުން ބާލުވަން

    50
  7. ހާޞީބާ

    އާ އަހަރަށް ކޮންމެ ދިވެއްސެއްގެ އަޒުމަކަށްވާންވީ މި ބަލާވެރިކަން ބަދަލުކުރުން. މިއީ މިއަދު ދިވެހިނަށް ވާޖިބުވެފައިވާކަމެއް ! އަޅުގަނޑުގެ މިއަދު އަޒުމު ކަނޑައަޅައިފިން މިވެރިކަން ބަދަލުކުރުމަށް..އިންޝާﷲ މިކަންވާނެ.

    38
  8. ާދަލޭކް

    ވަރަށް ހިތްތިރި މަޑުމައިތިރި ވާނެ މޑުމައިތިރިކަމުން ގޮސް ސްޕީޗް ވެސް ނުބައްލަވާ ހިތައް އެރިގޮތަކަށް ވީދާޅުވާނީ.

    23
    1
  9. އަބުދުﷲ

    ބައިއަތު ހިފަން ތިބުނަނީ ކުންފުނުތަކާ އޮފީސްތަކުގަ ހައްދެއްނެތި އޮތް ކަރެޕްށަން ދެމެހެއްޓުމާއި 23 ވަނައަހަރުގެ 60% އިތުރު ބަޖެޓުގެސަބަބުން އިކިނޮމީ ސުންނާފަތިވެ ދިވެހިން ބިކަވެ ދިއުމަކީ މައްސަލައެއް ނޫންކަމުގެ ބައިއަތު.

    30
  10. ބޯދިގުޒައީމް

    ޢާއަހަރުގެ އަޒުމަކައްވާންވީ އެމްޑީޕީސަރުކާރު ބޭރުކުރުން އާއަހަރާއެކް ރައްޔިތުންފެލާލަނީ އެމްޑީޕީ ވެރިކަމަތްއާދެވޭ ކޮންމެފަޖަރަކު ރައްޔިތުންފެލާ ޓީބިލްދެއްކުން މިހީހުން ރަނގަޅީ މަގުމަތީ ގަތެޅިބާލަން އެމްޑީޕީ ގައުޅޭ މެންބަރުންވެސް އުޅެންޖެހެނީވޯޓް ވޯޓްދީފަ ކައްމަތީފިހާރަ ވިކުރާފޮތުގަ ހުރިދަރަނިވެސްނުދެއްކިގެން

  11. އަބުދުﷲ

    0 ޓޯލަރެންސް ...!! ތުރާކުނުން ފެށިގެން އައްޑު އާދެމެދު ކުރާނެމަސައްކަތެއް އުފުލަންޖެހޭ ޒިއްމާއެއް ނެތި ވަޒީފާއޭކިޔާފަ މަހުންމަހަށް މިދޭ ހުރިހާފައިސާއަކީ މަގާމުގެ ބޭނުން ނަހަމަގޮތުގަ ހިފައިގެން ދައުލަތުގެ ބަޖެޓުން ވޯޓުހޯދުމަށް ބަހާ ފައިސާ. މިއަދާ ހަމައަށް ޙިސްޓުރީގަ އެއްމެ ކޮރަޕްޓު ރައީސް އަކައްވާނީ 0 ޓޯލްރެންސް.

  12. އެއްލާލާތި

    ކާކަށްތަ އިނގޭނީ ކުރަން ހިތުލަފާ ޓެކްސް ކުޑަ ކޮށްދޭން އަދި ޓެކްސް ނިޒާމް އިސްލާހު ކުރަން އައި ސަރުކާރުން ފަހަރަކު ގާނޫނެއް ފާސްކުރަމުން ގޮސް އިންކަމް ޓެކްސް ފުރަތަމަ ނެގީ ތަމެން ފަޔަށް ހިނިއަރައިގެން އުޅޭހެންނޭ ހީވަނީ އިންކަމް ޓެކްސް ނުނެގިގެން ދެން ތައާރަފް ކުރީ މިނިމަމް ވޭޖްއޭ އެއިން ވެސް ނިކުތް އެއްވެސް ނަތީޖާ އެއް ނެތޭ ދެން އަނެއްކާ ޓެކްސް ބޮޑު ކުރީއޭ މިއިން ވެސް ނިކުންނާނެ އެއްވެސް ނަތީޖާ އެއް ނުހުންނާނެއޭ މެތެމެޓިކަލް އިންޖިނިއަރިންގް މަސައްކަތް ކުރާ ގޮތް ދަންނަ ހަމައެކަކު ވެސް އެމްޑީޕީ ގައި ނެތީއޭ އެމްޑީޕީ ގައި ތިބީ މުޅިން ވެސް ބޮޑެތި ވައްކަން ކުރަން ދަންނަ ދަ ކިއްލިތަޅާ ކިޔަވައިގެން އައިސްތިބި މީހުންނޭ މުޅިން ވެސް ޓްރިކީ އޯލްޑް ޓީޗަރ ގޭމް ޖައްސަައިގެން މާސްޓަރސް ނަގައިގެން އުޅޭ ފޭކް އޮފް ދަ ފޭކްއޭ އެމްޑީޕީ ގައި ތިބީ އެމްޑީޕީ ޖެހޭނީ މިފަހަރު އެއްލާލަން މައިދާނުން ބޭރަށް އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ...

  13. Anonymous

    އެމްޑީޕީގެ ވެރިކަން ވީމަ މަޑުމައިތިރިވެ ސުލްހަ ވުން.
    އެހެންބަޔަކު ވެރިކަމުގައި ތިބިއްޔާ ނޭވައަކު ދެކޮޅު މުޒާހަރާ ޖެއްސުން.
    ސަޅި ގޮތްގޮތް.
    ރައްޔިތުންނަށް މިހާރު ވާނުވާ އެނގޭ. ތަކެތީގެ އަގުވެސް އެނގޭ. ރައްޔިތުންގެ ޖީބުތައް ފުރާލަން ވެރިކަމަށް އެރިމީހުން ރައްޔިތުންގެ ޖީބުތަކުން އެކި ނަންނަމުގައި ފޭރުން ކަމަށް ރައްޔިތުންނަށް ސިފަވަނީ.

  14. ދަރަނި ދަންތުރަ

    އަޒުމް ކަނޑައަޅަންވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގެ ވޯޓުން މި ނުލަފާ ޖާހިލު ގޮތްކުޑަ ޗޯރު އިބުރާހީމް ބޮޑު ތަނުން ބަލިކޮށް މީނަ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާތީ އަދި ގައުމުގެ އިސްތިގުލާލު ނަގާލާ އަޅުވެތިކޮށްފައި ވާތީ މިކަމުގެ ހައްގު އަދަބު އިބުރާހީމް މުހައްމަދު ސޯލިހް ދޭން

  15. ދިވެހި ރައްޔިތުން

    އެމްޑީޕީ އަށް ވިދިވިދިގެން ދެދައުރުގެ ރާއްޖޭގެ ވެރިކަން ކުރުމުގެ ދުސްތޫރީ ރަންތާޖު ހޯދަން އެމް.ޑީ.ޕީ މީހުން ބޭނުން ނަމަ އެމްޑީޕީގެ ގިނަމީހުން ޕްރައިމަރީގައި ވޯޓްދޭންވީ ރައީސް އިބޫއަށް ނޫނީ އެ ރަންތާޖް ނުލިބޭނެ

    1
    1