އެމްޕީއެލް ސަރަހައްދުން ފެނުނު ކަޅުތެޔޮ ނިޔުޓްރޮލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ރަސްމީ ފާލަން ސަރަހައްދަށް އެޅިފައިވާ ކަޅުތެޔޮތައް ނެގުމަށް ބޫމިންގ ބޭނުންކޮށްގެން، ކޮންޓެއިންކޮށް އަދިވެސް ތެޔޮތައް ނަގަމުންދާ ކަމަށެވެ.

އެމްޕީއެލް ސަރަހައްދުން ފެނިފައިވާ ކަޅުތެޔޮތައް ނިޔުޓްރޮލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެފައި ވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ތިން ނަންބަރު ޖެޓީ ސަރަހައްދުގައި ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފައި ހުރި ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 9:10 ހާއިރު ކަމަށެވެ.އެހެންވެ، އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ކަމުގައި ކޯސްޓްގާޑުގެ ސިފައިންނަށް އެހީތެރިވުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނާއި މާލެ އޭރިއާ މެރީންސާއި މެރިން ޕޮލީސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މީގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ފަރާތުންވެސް އެހީތެރިކަން ފޯރުކޮށްދީ ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.

ފަޅުތެރެޔަށް ކަޅުތެޔޮ އެޅުމުން މޫދުގެ ފެންގަނޑު ތަޣައްޔަރުވެ، މޫދުގައި އުޅޭ ދިރޭތަކެއްޗަށް އޭގެ ސަބަބުން އުނދަގުލާ ކުރިމަތިވާނެއެވެ. ފަޅުތެރޭ ހުންނަ ދޯނިތަކާއި ބޯޓުތަކުން މޫދަށް ތެޔޮ އެޅުމުގެ ސަބަބުން ކަނޑާއި ފަރުގެ ދިރުންތައް ދަނީ ހަލާކުވެ ނެތި ފަނާވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    ކޮބާ ކަނޑުން ތެޔޮސާފުކުރަން އިހަކަށްދުވަހު ޖަޕާނުންދިން އުޅަނދު. އޭގެބޭނުންކޮށްބަލަ.

  2. މއކ

    ތިކަޅުތެޔޮ އެޅުނީ ކޮންއުޅަދަކުން ނޫނީ ކާކުއަތަކުންކަން ހަމަ ނޭގެނީތަ. ރޯޔަލްމީހަކީތަ ނޫނީ އެމްއެންޑީއެފް އަތުން ވީކަމެއްތަ