ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީން މިހާތަނަށް ފެނުނު ހަތަރު މައްސަލައެއް ފާހަގަކޮށް އިންސާފުވެރި އިންތިހާބަށް ޖާގަ ދިނުމަށް އެ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޓީމުން ގޮވާލައިފިއެވެ.

ޕްރައިމަރީގައި ރައީސް ނަޝީދާ ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެވެ.

ނަމަވެސް ރައީސް ސޯލިހު އެ ޕްރައިމަރީ ގަޑުބަޑުކުރައްވަން އުޅުއްވާ ކަމަށް ރައީސް ނަޝީދުގެ ޓީމުން ކުރިއްސުރެ ވެސް ގެންދަނީ ބުނަމުންނެވެ.

ރައީސް ނަޝީދުގެ ޓީމުން އެންމެ ބޮޑަށް ފާހަގަކޮށްފައިވާ މައްސަލައަކީ އެމްޑީޕީގެ 39،398 މެންބަރުން މެންބަރުން އެމްޑީޕީގެ ދަފްތަރުން އުނިކޮށްފައި ވުމެވެ. އެއީ ޕާޓީގެ ދަފްތަރުގެ 42 އިންސައްތައެވެ.

ނަޝީދުގެ ޓީމުން ބުނީ މިއީ ނަޝީދަށް ވޯޓުދިނުން އެންމެ ގާތް މެންބަރުންގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުމަށް ހިންގާފައިވާ ނާއިންސާފު އަދި ޙީލަތްތެރި އަމަލެއް ކަމަށެވެ.

"މިއީ ބަލައިގަނެވޭނޭ ކަމެއް ނޫނެވެ. މާފަހުން އެކުލަވާ ޝަރުތުތަކެއް، މާއިހުއްސުރެ އެމްޑީޕީއަށް ސޮއިކޮށްގެން ތިބި ޕާޓީގެ އެންމެ ސީނިއަރ މެންބަރުންގެ މައްޗަށް ތަންފީޒުކުރުމަކީ ބުއްދީގެ މަގުންވެސް، އަދި ޤާނޫނުގެ ދަށުންވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައިވާ ހިނދު، ގަނޑުކޮށް އުނިކުރި މެންބަރުންގެ މެންބަރޝިޕް އިޔާދަކޮށް، އެމެންބަރުންގެ ސިޔާސީ-މަދަނީ ޙައްޤުތައް ޙިމާޔަތްވާނެ މަގުން، އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ދިނުމަށް މިކެންޕެއިނުން ޕާޓީގެ ޗެއަރޕާސަނާއި، އިސް އޮފިޝަލުންގެ މައްޗަށް ގޮވައިލަމެވެ." ނަޝީދުގެ ޓީމުން ނެރުނު ބަޔާނުގައި ވެއެވެ.

ދެވަނައަށް ފާހަގަކޮށްފައިވާ މައްސަލަ އަކީ ރިޔާސީ ޕްރައިމެރީގެ އެންމެހައި ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުމުގެ ޒިންމާ އަސާސީ ގަވާއިދުން ހަވާލު ކޮށްފައިވާ ކޮމިޓީ، އަސާސީ ގަވާއިދުގައި ބަޔާންކުރާ ގޮތަށް ގައުމީ މަޖިލީހުން އިންތިހާބު ކުރުމުގެ ކުރީން އެކޮމިޓީން ކުރާންޖެހޭ މަސައްކަތް ކޮންމެވެސް އެހެން ފަރާތަކުން ކޮށް، ޕާޓީއިން އެކަންކަން އިޢުލާނުކޮށް، ކުރިއަށް ގެންދިޔުމެވެ.

ނަމަވެސް މިއީ އަސާސީ ގަވައިދާ ހިލާފަށް ކޮށްފައިވާ ކަމަށް ރައީސް ނަޝީދުގެ ޓީމުން ބުނެއެވެ.

އޭގެ އިތުރުން ޕްރައިމަރީ އިއުލާންކުރީ 18 ޑިސެންބަރު 2022 ގައި ކަމަށްވީއިރު ޕާޓީން އާންމުކުރި 'ރިޔާސީ ޕްރައިމެރީގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ފުރާންޖެހޭ ފޯމު' އެ ތާރީހުގެ މާކުރިން ރައީސް ސޯލިހުގެ ކެންޕެއިނަށް ލިބި، އެމުއްދަތުގައި ތާއިދު ފޯމުތައް ފުރަމުން ގެންގޮސްފައިވާ ކަމަށް ރައިސް ނަޝީދުގެ ޓީމުން ތުހުމަތު ކުރެއެވެ.

"ހަތަރުވަނައީ، ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވޯޓުލެވޭނެ ކަމަށް ޕާޓީން ކަނޑައަޅާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ހިމެނޭ ޕާޓީގެ މެންބަރުންނަށް އެކަނި ކަމަށެވެ. އެގޮތުން، ޕާޓީގެ ނިންމުމަކީ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލި ތާރީހު ކަމުގައިވާ 18 ޑިސެމްބަރ 2022 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މެންބަރުންނަށް ކަމަށެވެ." ރައީސް ނަޝީދުގެ ޓީމުން ނެރުނު ބަޔާނުގައި ވެއެވެ.
ނަމަވެސް އެތާރީހުގައި އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ނުހިމެނޭ 457 މީހަކު އެމްޑީޕީގެ ދަފްތަރުގައި ހިމަނާފައިވާ ކަމަށާއި އަދި އެ މީސްމީހުން ދަފްތަރުގައި ހިމަނާފައި އެވަނީ ވާދަވެރި ކެނޑިޑޭޓަށް ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ބޭނުމުގައި ކަމަށް ބެލެވޭ ކަމަށް ބުނެފައި ވެއެވެ.
އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ލަވް

    ނަސީދޫ ވަޓް އަ ޖޯކް؟ ޔޫ ނުހޮވޭނެ ތީ ދެން ވާހަކަ އެއްވެސް ނޫން..ލޮލް!!

    5
    1
  2. އަލި ދީދީ

    ރޫހާނީ ލީޑަރު އަމިއްލަ ޕާޓީއެއް ހަދަންވީނު

    3
    1
  3. އަހައްމަދޫ

    ދެން ތިދުވަހަކު އިންސާފުވެރިއަށް ނުވާނެ. މީނާ ހޮވުނީމަދެން އިންސާފުވެރިވާނީ

  4. ޗާބޫކުން

    އަސްތާ ބުނަންތާ މަގޭ ކޮއިފުޅާ އެހެން ޕާރޓީ ތަކުގެ ދަފްތަރުގައި ތިބި މެމްބަރުން އެމްޑީޕީގެ ދަފްތަރުގައި ހިމަނައިގެން ކެނެރީގެ ނަޝީދު ބޭނުންވަނީ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރަންތޭ ޕިންކީންގެ ޕާރޓީން މެމްބަރުން ތަކެއް އެމްޑީޕީގެ މެމްބަރުންނަށް ހަދާ ޕީޕީއެމް އަށް ހަމްދަރުދީވާ ކަމަށް ދައްކައިގެން ޕީޕީއެމް މެމްބަރުންގެ ވޯޓް އޭނާ ހޯދަން ވެގެން ރާވާ ނުބައި ރޭވުމެކޭ މީސީދާ ޑިމޮކްރެސީ ގުދާރުގައި ޗާބޫކުން ތަޅަނީއޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ...

    2
    1
  5. ބަރުގޮނު

    މިފަހަރު ނަޝީދަށް މިއޮތީ ތިމާ ނިސްބަތްވާ ޕާޓީ ތެރޭގައި ވާދަޖަހަން ޖެހިފައި. އެމް. ޑީ. ޕީ އަށް މިފަހަރު ލައްކަ ގިނަ ކަންތައް ލައިގަންނާނެ. މަސްއަލަތައް އުފައްދާނެ. ފާޑުފާޑު ބަހަނާ ތަކުގެ ކޮޅު ހިއްލާނެ. ކުރީގައި އޮންނަނީ ނަޝީދަށް އެކަނި އޮންނަ ނަޝީދުގެ ގޮތް. މިފަހަރު ހަމަ އެޖެންޑާ 19 ގައި ބުނާހެން ތަފާތު ވާނެ.

  6. ފފ

    ޕްރައިމަރީ ޓިކެޓު ވަގަށް ނަގާގެން ކޯލިޝަނެއް ހަދާލައިގެން ވެރިކަމަށް އައުމަށް 45000 ރައްޔިތުން އައްނިގެ ހަށަންބަދެލާއިގެން އާދޮގޭ ކިޔަކިޔާ ތިބޭނެކަމަށް ހީކޮށްގެން ނުތިބޭ

  7. ޗާބޫކުން

    އަސްތާ ބުނަންތާ ޑިމޮކްރެސީ އަކީ އެއީ މުޝްރިކުން އުފައްދައިގެން އުޅޭ ވާނުވާ ނިޒާމެކޭ މި ނިޒާމަކީ އެއީ ކޮރަޕްޝަނާއި ފަސާދަ އާއި ވައްކަން ކުރުމާއި އަދި މީހުން މެރުން ގިނަ ނިޒާމެކޭ އެމެރިކާގެ ސްކޫލް ތަކުގައި ބަޑިން ހަމަލާ ދީ ކިޔަވާ ކުދިން މަރާނުލާ މަހެއް ފާއިތުވެގެން ނުދެއޭ މާލޭގައި ފޭކް ސަލާމް ޖަހާ މީހުން ގިނަވެ އެންމެ ފަހުން އިންޑިއާ އަދި ލަންކާ އަދި ބަންގާޅުން ވެސް ސަލާމް ޖަހަން ނިކުތީއޭ މީ ދިވެހިން ގައިގައި ޗާބޫކުން ތެޅުން ނޫންތޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ރައްޔިތުން ހަނާވެ ރޯނާ ވެއްޖެއޭ އެހެނެއް ނުވާނޭ ހަދަން ރައްޔިތުންނާއި މެދު އަވަަހަށް އެޗާބޫކުނޭ ގެންދަވާ އޯއް އޯއް އޯއް އޯއް ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ހޯއް ހޯއް ހޯއް ހޯއް....