މާލޭގެ އިއްޒުއްދީން ފާލަން ކައިރިއާ ދިމާލުން ފަޅުތެރެ ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން 15 ފީފާގެ ކަޅު ތެޔޮ ނަގާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ ރަސްމީ ފާލަމާ ދިމާލުން ފެނުނު ތެޔޮތައް ސާފުކުރުމުގެ މަސައްކަތް އިއްޔެ ނިންމާލާފައިވާ ކަމަށެވެ.

އެ ސަރަހައްދުން މުޅިއަކު 15 ފީފާގެ ކަޅު ތެޔޮ ނަގާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ. މިއީ 10،000 ލީޓަރުގެ ތެލެވެ.

ރަސްމީ ފާލަމާއި ތިން ނަންބަރު ޖެޓީ ދެމެދު ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފައި ހުރިކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ މި މަހުގެ އެއްވަނަ ދުވަހުގައެވެ.

ތެޔޮ ނެގުމުގައި ކޯސްޓްގާޑްގެ ސިފައިންނަށް އެހީތެރިވުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑްގެ ސްކޮޑްރަނާއި މާލެ އޭރިއާ މެރިންސްއާއި މެރިން ޕޮލިސްގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ފަރާތުން އެހީތެރިވެފައިވެއެވެ.

ފަޅުތެރެޔަށް ކަޅުތެޔޮ އެޅުމުން މޫދުގެ ފެންގަނޑު ތަޣައްޔަރުވެ، މޫދުގައި އުޅޭ ދިރޭތަކެއްޗަށް އޭގެ ސަބަބުން އުނދަގުލާ ކުރިމަތިވާނެއެވެ. ފަޅުތެރޭ ހުންނަ ދޯނިތަކާއި ބޯޓުތަކުން މޫދަށް ތެޔޮ އެޅުމުގެ ސަބަބުން ކަނޑާއި ފަރުގެ ދިރުންތައް ދަނީ ހަލާކުވެ ނެތި ފަނާވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހަވާސާ ހާދިސާ

    އެމްއެންޑީއެފްގެ މައިމަރުކަޒާއި ފުލުހުންގެ މައިމަރުކަޒު ކުރިމަށްޗަށް 15 ފީފާގެ ކަޅުތެއު އެޅިއިރު މިދެމުއަސަސާގެ މީހުން ނިދާފައި މިހާރު މިގައުމު ސަލާމަތްކުރެވޭނެ ވަރުވެސް މެދެ މުއައްސަސާގައި ހުރިކަމާދޭތެރޭ ސައްކު! އިޏްދިޔާއަށް ގޮސް ހުސްވީމާވާނެގޮތް މިވަނީ!

  2. ތީ ކިހިނެތްވީ ކަމެއް؟

    ބަޔަކު ކަޅުތެޔޮ އެޅީތަ؟ ނޫނީ އެޅުނީތަ؟ ތިހާ ބައިވަރު ކަޅުތެޔޮވީމަ ހަމަ އަހާލެވުނީ!

  3. ކޮރަލް

    ގްރީން ޒޯން އެވެ. ތެޔޮ އެޅި ބަޔަކު ޒިންމާ ވާނެ ބަޔަކު ނެތެވެ.

  4. އަހުމަދު

    ބަރަކާތް ކެޑީފަ އޮތް ސަރުކާރަކު އެއްކަމެއްވެސް ރަނގަޅަކަށް ނުދާނެ. މަ ހަނދާންވަނީ ރަސްފަންނު ހުޅުވިއިރު އެކަން ހަޖަމު ނުވެގެން އެމްޑީޕީ މީހުން ރަސްފަންނަށް ކަޅުތެޔޮ ޖެހި ދުވަސް

    4
    1
  5. ކަޅުފެން

    ތެޔޮ އެޅުނު ގޮތެއް ނޭނގެ! ވާރޭވެހުނު އިރު މަތިން ފޭބި އެއްޗެއްތޯ! ތެޔޮ އެޅުމަށް މެދުވެރިވި ގޮތެއް ހޯދާ ޖޫރިމަނާ ކުރެވެން ޖެހޭނެ!

  6. ވަހީދު

    މީކުރިމަގުވަރައްވިސްނަންޖެހޭކަމެއް، މިހާރުގެޓެކްނޮލަޖީބޭނުންގެންސެކިއުރިޓީވަރުގަދަކުރަންޖެހޭ....

  7. ޙަރުގަނޑު

    ތިހޮޅިން އަންނަތަން ފެންނަނީ ލޮނު!!؟؟ ޔަގީންތަ 15 ފީފާ ތެޔޮކަން! ކަނޑުން ލޮނު ހުސްނުކުރާތި!