އިންޑިއާގެ ރިހެބިލިޓޭޝަން ސެންޓަރެއްގައި ހުއްޓައި ގެއްލުނު އަބްދުﷲ އާލިމް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.

އާލިމް އަކީ ހދ. ކުޅުދުއްފުއްޓަށް އުފަން އުމުރުން 37 އަހަރު ޒުވާނެކެވެ. އާއިލާއިން އޭނާ ގެއްލިގެން ހޯދަން ފެށީ މިދިޔަ މަހުގެ އަށްވަނަ ދުވަހުއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އިންޑިއާގެ ރިހެބްއިން ދިވެއްސަކު ގެއްލިފައިވާ ކަމަށް އާއިލާއިން ރިޕޯޓްކޮށްފިވާ ކަމަށެވެ.

އެ މައުލޫމާތު ކަމާ ގުޅުން ހުރި އިދާރާތަކާއި ހިއްސާކޮށް ބަހަންޖެހޭ ކަންކަން ދަނީ ބަލަމުންދާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

އާއިލާއިން ބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުގެ ހެނދުނު ރީހެބްގައި ހުރެފައި ބޭރަށް ދިއުމަށް ފަހުގައި އަނބުރާ ނާންނަ ކަމަށެވެ. އެ ރިހެބް ސެންޓަރުން އާލިމް ފަރުވާ ހޯދާތާ މިހާރު އެއް އަހަރު ވެއްޖެ ކަމަށް ވެސް އާއިލާ އިން ބުންޏެވެ.

އާލިމް ގެއްލިގެން އިންޑިއާ ފުލުހަށް ވެސް އާއިލާއިން މައްސަލަ ވަނީ ހުށަހަޅާފައެވެ. އަދިވެސް އޭނާ ނުފެންނަ ކަމަށް އާއިލާއިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ އާރިފް

    ހަރުގެ ކުރިމަތިން އެއްވާތި ޗަންދަނީމަގުން ދާނީ

    5
    1
  2. ޙަޒްނަ

    ޙަަދަހަ ދެރައެ؟

  3. ފައުޒީ

    ދިވެހި ރާއްޖޭގެމި ކުޑަ ހިކިފަސްތަނުން މީހުން ނުހޯދިގެން ތަހުގީގު ނުކުރެވިގެން އުޅޭބަޔަކަށް އަދި. އިންޑިޔާގެ ބިޔަ ބައްރުން މީހަކު ހޯފިދާނެތޯ.؟މީހަކު ކަރުގަ ހިފާ މަރާލިކަންވެސް މިޖެހެނީ އިންޑިޔާއަށް ހަށިގަނޑު ފޮނުވައިގެން ޕޯސްޓުމޯޓަމުން އެމީހުން ބުނެދޭން. އެވަރުވެސް ކުރެވޭނެ ވާލެއް ނެތް ބަޔެއް މިތާއުޅެނީ.. . ްްްްްްް

    10
    1