ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އިދިކޮޅު ލީޑަރު ނުހައްގުން ތިންވަނަ ފަހަރަށް ޖަލަށްލައި ގިނަ ސަޕޯޓަރުން ވަނީ ހައްޔަރުކޮށްފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ރާއްޖޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރު ރޭ ފެނިގެންދިޔަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވުމާ ގުޅިގެނެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހްގެ ވެރިކަމުގައި ހުރި ހަމައެކަނި އިދިކޮޅު ސިޔާސީ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ތިން ވަނަ ފަހަރަށް ނުހައްގުން ޖަލަށްލާ ފައިވާ ކަމަށެވެ.

"މި އަހަރުގެ ތެރޭގައި އެކަނިވެސް 70 އަށްވުރެ ގިނަ އިދިކޮޅު ސަޕޯޓަރުން ހައްޔަރުކޮށް އަދި މަގުތަކަށް ސިފައިން ނެރެފި." އާދަމް ޝަރީފް ވިދާޅުވިއެވެ.

މި މަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހްގެ ކެމްޕެއިން ޖަލްސާއެއް އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި އިރު، އެ ބިމާ ޖެހިގެން އޮންނަ އާޓިފިޝަލް ބީޗުގައި އިދިކޮޅު ފަރާތްތަކުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި އެއްވުމެއް ބާއްވައިފައެވެ.

މިކަން ފާހަގަ ކުރައްވައި ފަޒްނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރެއަކީ ތާރީހީ ރެއެއް ކަމަށެވެ. އެއީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ޖަލްސާ އެއްތަނެއްގައި ބޭއްވުމުން ކަމަށް ވެސް ފަޒްނާ ވިދާޅުވިއެވެ.

"ރޭގައި ހިޔާލި ފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރު ފެނިގެންދިޔަ. ހަމަނުޖެހުމެއް ނުހިނގާ. ބާރުގެ ބޭނުންކޮށް އިދިކޮޅު ޖަލްސާއަށް ހުރަހެއް ނާޅާ. އެ ޖަލްސާ ނުހުއްޓުވާ އަދި މީހަކު ހައްޔަރެއް ނުކުރޭ." މެޑަމް ފަޒްނާ ވިދާޅުވިއެވެ.

ފަޒްނާ ވިދާޅުވި ގޮތުގައި މިކަމުން ހާމަވެގެން ދަނީ ރައީސް ސޯލިހަކީ ކެތްތެރިކަމުގެ ލާމަސީލު މިސާލެއް ކަމެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޕިސްޕިސް

    ކަލޯ ޔާމިނުވެރިކަމުގަ ޖަލަށް ލީ މީހުންގެ އަދަދު ގުނާލަބަލަ . . ބުރުމާ ، ނަޝީދު ، އަދީބު ، ނާޒިމް ، މައުމޫނު . . މިހެންގޮސްކިޔާނެ ކަމެއްނެޔް . . ކިތައްނޫސްވެރިން . . ކިތައް އެކްޓިވިސްޓުން . . ގުނާ އަޅާ ކިޔާލަބަލަ . . ހަމަ އެއްޗެކޭ ބުންޏަކަސް ނުފުދޭނެ . .

    19
    28
    • ލޖޖހ

      ހަގީގީވަގުން ޖަލައް ނުލައި ގައުމުގައި ކުރަންވެފައި ނުކޮށްހުރި ކަންކަން ހުރުމުން އެކަމަށް އިސްކަންދޭން ފެށުމުން ކޯޅިޝަން ޕާޓީތަކުގެތެތެއިން ބަގާވާތް ގެނެސްގެން ވެރިކަން ވައްޓާލަން ސާބިތުވެގެން ޝަރީއަތުން އެޅިފިޔަވަޅެއްއެޅީ. އެކަމަކީ މުހިއްކަމެއްކަމުގައި ދެކިގެން ކުރިނަމަ މީހާރުނަގާކިޔާ އެކަކުވެސް ސަލާމަތްނުވީސް. ގައުމު މިހާލަތުގައިވެސް މިއަދު އޮތީ ޔާމީނުގެ ހިކުމަތްތެރިކަމާއެކު އެޅުއްވި ހަރުދަނާ މަސައްކަތުގެ ސަބަބުން. ދިވެހިންގެ ކަމަކީ ތިމާ ހިތްނުރުހޭއިރަށް ދުލަށްއައި އެންމެ ހުތުބަހުން އަނެކުންނަށް މުހާތަބުކުރުން

      6
      1
    • އެނޮން

      މިސަރުކާރަށް ވުރެ މަދު ޔާމިން ޖަލަށް މީހުން ސިޔާސީ ކަންކަމާ ގުޅިގެން….. ކުޑަކޮށް ރާ ޓީވީ އިން ނުކުމެލާ ދުނިޔެ ބަލާލީމަ އެނގޭނީ… އބަދު ރާ އިން ފަތުރާ ދޮގުވާހަކަ ބަލައިގެން ނޫޅެ ލޯ ހުޅުވާލަބަލަ ގައުމަށް ވަމުން ދާ ގޮތައް

      8
      3
      • ޢެކަލޯ

        ރ އިން ނުކުމެ ދުނިޔެ މަތި ބެލޭނީ 13 އަތުން ދޫވެގެންތާ އެ ދޫވިނަމަ ތި ގޮތަށް ކޮމެންޓެއް ނުކުރީސް

        1
        7
  2. ނުރަބޯ

    ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތްނަމަ “އިންޑިއާ އައުޓް” ގޮވީމާ ގާނޫނުތަކާ ޚިލާފަށް ގަރާރު ނެރެގެން އެކަން ނުހުއްޓުވީސްތާ…!!!

    26
    7
  3. ޒަންޒަންސޯ ހު

    އެތައް ސިފައިންނެއް ވެސް މިކަލޭގެ ވެރިކަމުގަ ބަންދުކުރި

    14
    3
  4. ކ

    ބުރުމާ ނަޝީދު އަދީބު ނާޒިމް ،މައުމޫނު މިބަގަ ހިމާޔަޔް ކުރަން އިންޑިޔާއިން ފަންޑުކުރި އިންޑިޔާގެ ނޫސްވެރިން. އިންޑިޔާގެ އެކްޓިވިސްޓުން ބަންދު ނުކުރިނަމަކަ އެފަސް އަހަރުވެސްދާނީ ހަމަ މިފަސް އަހަރު ދިޔަގޮޔައް ތޮޅިއަށެވެ. ސުވާލަކީ މިމީހުން ބަންދުކުރުމުން އާއްނުންނަށް އެއްވެސް އުދަގުލެއް ކުރިމަތިނުވެ އެއްވެސް ސަރުކާރަކުން ފަސްއަހަރު ނުކުރާހާ ގިނަ ބިޔަ މުޅިން އާޕްރެޖެކްޓް ހިންގަމުން ބޭނުންވަރަކަށް އޭޓީއެމްތަކުން ޑޮލަރު ނަގަމުން އެމީހަކު ބޭނުންވާ ވިޔަފާރިއެއް ކުރަމުން ދެވެން އޮއްވާ އޭގެ އަގު ވަޒަން ނުކުރާ ރައްޔިތެއް އުޅޭ ގައުމަކަށް ޚިދުމަތް ކުރަން ގާބިލްމީހުން ފަސްޖެހުމަކީ މުސްތަގުބަލަށް އެޅޭ ވަރަށް ނުރައްކާ ކަމެއްކަމުގައި ދެކޭތީ ބުނެލީއެވެ. މިވާހަކަ ބުނާއިރުވެސް މިއީ ރޯނު އެދުރުން ގިނަ ގައުމެއްކަމުގައި ހަދާނުން ކެހިގެން ދިޔައީނޫންކަމުގައި ދަންނަވަމެވެ

  5. ޒަންޒަންސޯ ހ

    އެތައް ސިފައިންނެއް ވެސް މިކަލޭގެ ވެރިކަމުގަ ބަންދުކުރި

  6. ކަނބުރުބެ

    ބަލަގަ ކޮއިފުޅާ ޔާމީނުވެރިކަމުގަ ނުހައްގުން ޖަލައްލީ ކާކުތަ ނިކަން ބުނެބަލަ.

    8
    2
    • ެެކަލޯ

      ވައްކަންކޮށް ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެގެން އެކަން ސާބިތުވެގެން ޖަލަށްލީމަވެސް ތިކިޔަނީ ސިޔާސީ ކުށްވެރިއެކޭތަ. ސިޔާސީ ކުށްވެރިން އޮޅިއްޖެ

      2
      5
  7. އަސް

    އާދަނާ ކަލޭމެން ޤައުމާ ރައްޔަތުން ދެކެ ތިހާ ލޯބި ވާއިރު އެންމެ ފަހަރަކުވެސް ޔާމީނު ކައިރީ އަހާލަ ބަލަ އެހުރިހާ ފައިސާ ހޯދި ގޮތެއް. އިންސާފުވެރި ވުމަކީ ދަރި ވައްކަން ކުރިޔަސް އެކަމަށް އަދަބު ދޭން އެދުން.

    4
    4
  8. އެކަލޯ

    ހައްޔަރު ކުރި މީހިންގެ އަދަދު ގުނަކޮށްލާ 40 ހާ އޭރުން ވޭތުވެދިޔަ ސަރުކާރުގައި ހައްޔަރު ކުރި މީހުންގެ އަދަދު ލިބޭނެ

  9. ނުނން

    ޔާނު ނުކުރޭއެއްވެސްކަމެއް ހުރިހާކަމެއް ކުރީ މިސަރުކާރުން މިހާރު އޯކޭދޯ ދަތްދޮޅިޝަރީފޫ..

  10. ގަލަން

    ޖަލައް ލާނީ ކުށެއް ކުރެވިގެން އަދި އެކުރި ކުށެއް ސާބިތު ނުކޮއްދެވިއްޖެޔާ ގޭގަ ހުއްޓާ ޖަލަކައް ނުލާނެ ހެން ހީވަނީ. މަގު މައްޗައް ނިކުމެގެންނެ މިނިވަނެއް ނުވާނެ މަގު މައްޗައް ނިކުތީމަ ވާނީ ރަތްޔިތުންނަށް އުދަގޫ ވާނީ. އެމްޑީޕީ ވެސް އުޅެނީ މަގުމަތިން ކަންކަން ކުރަން ހިއެއް ނުވޭ މަގުމައްޗައް ނިކުމެގެން ހައްލުވާނެހެން

  11. ޖާބެ

    ޕީ.ޕީ.ޢެމް ދަސްކުރަންޖެހޭ އެބަ އެމް.ޑީ.ޕީ ތިޔަކަހަލަ ކަންކަމުގަ ކަންކަން ފަތުރާގޮތް އެގޮތައް އެކަން ނޭންގޭ ކަމައްވަންޏަ ދިވެހިން މިހާރަކު ބަލަޔެއް ނުގަންނާނެ

  12. Congratulations

    ކަލެމެން ޕޕއމ ތިހެންކިޔުމުގެ ހައްގެއްނޯނާނެ… ޖަލަށްލާ ހުކުމްކޮށް ފްރޭމް ކުރިއަދަދު ކަލޭމެންނަށްވެސް ނޭގޭނެ!!

  13. ކަދުރޭ

    ވާހަކަ ނުދައްކާ މަޑުންހުރޭ. ސީއްދާ..ޔާމީން ލޫޓުވި ފައިސާގެ އަދަދު ކަލެއައް ނޭގެނީތަ؟. މޮޔަ ބޮލައް އަރައިގެން އުޅޭ ސީއްދެއް

  14. އަލްޖިބްރާ

    ޔާމީނު ޖަލަށްލީމަ އެވާހަކަ އެކަނި ދައްކަން ޖެހޭ ސަބަބެއް ނެތް ! އެހެންމީހުންވެސް ކުށްކޮށްގެން އެކަން ޝަރީއަތަށް ސާބުތުވީމަ އަދަބު ތަންފީޒު ކުރަން ގެންދަނީ ޖަލަށް ! ޔާމީނެއްކަމަކު ކުށްކުރީމަ ހަމަ ދާންޖެހޭނީ ޖަލަށް !