ފުލުހުން އެދިގެން ޗެނަލް 13ގެ ސީއީއޯ މުހައްމަދު ސަމާހު ކޮންމެ ދުވަހެއްގެ 12 ގަޑިއިރަށް ގޭބަންދު ކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން ސިލްސިލާކޮށް މާލޭގައި ކުރިއަށްގެންދާ މުޒާހަރާ ތަކުގައި ގިނަބަޔަކު ހައްޔަރުކޮށް ދޫކޮށްލާފައި ވެއެވެ.

މި މުޒާހަރާ ތެރެއިން ސަމާހް ހައްޔަރުކޮށް އޭނާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުަރަސް އެޅުމެވެ.

އޭނާ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށްފަހު އިއްޔެ އޭނާ ވަނީ ދޫކޮށްލާފައެވެ.

އޭނާގެ ބަންދު އަމުރުގައި ބުނެފައި ވަނީ، އޭނާ ހައްޔަރުކޮށްފައި ވަނީ އިތުރު ބަޔަކު އެ ސަރަހައްދަށް ގެންގޮސްދިނުން ކަމަށެވެ. އެހެންވެ އާންމު ހިދުމަތަށް ބުރޫ އަރާ ފަދަ ކަމެއްގައި އޭނާގެ ބައިވެރިވުން ކުޑަ ކަމަށް ބުނެފައި ވެއެވެ.

އޭނާ ކޯޓުގައި ބުނެފައި ވަނީ އޭނާއަކީ ޗެނަލް 13ގައި މަސައްކަތް ކުރާ މީހެއް ކަމަށާއި، އޭނާ އެ ސަރަހައްދަށް ދިޔައީ ލައިވް ކުރަން ކަމަށެވެ.

ސަމާހް މީސް މީޑީއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ކޯޓުން އެންގީ އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ގޭގައި އޮންނަން ކަމަށެވެ. އަދި 30 ދުވަހުގެ މުއްދަތަކަށް މިގޮތަށް ކަންތައް ކުރުމަށް އަންގާފައިވާ ކަަމަށްވެސް ސަމާހް ބުނެފައި ވެއެވެ.

ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރ މަހުގެ 25 ވަނަ ދުވަހު އެވެ. ޔާމީންގެ ޖަލަށްލާން ހުކުމް ކުރި ފަހުން ރޭގެ ނިޔަލަށް 100 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ދަޅުކޯކް

    މިއޮތީ މީޑިޔާ މިނިވަންވެފަ! ސާބަހޭ

    99
  2. ވަރައް ވާހަކަ

    އިންސާފު މިއޮތީ އޮބިއަޅާފަ

    99
  3. އިއްބަރޭ

    2014 އިން 2018 އަށާ އެމް.ޑީ.ޕީ އެކަނިވެރި މައިން ވެސް އުޅުނީ ތިހެން..

    8
    58
  4. ހާމިދު ޝާހިދު

    މިއޮތީވާ ސަރުކާރެއް! ކީކޭ ބުނާނީ ދެން! ކިހާ ދެރަކަމެއް މިއީ! އަޅެ ފަހެ ކިހިނެތް ހަދާނީ!

    67
  5. ދިސްވޭ

    ކެނެރީގެ ނަޝީދުގެ ހިސާބުން ޓެކްސީ ޑްރައިވަރުން ދުއްވާ ކާރުތައް ސަރުކާރަށް ނުގަނެވޭނެއޭ އެއީ ބާކިބަޅި ކާރު ތަކޭ ދެން ސަަރުކާރުން ކާރު ގަނެފައި ފައިސާ ދައްކާ ގޮތަށް ޓެކްސީ ދީފިނަމަ ނުދައްކާނެއޭ އެންމެ ރަނގަޅު ގޮތަކީ ޓެކްސީ ކުރުމަކީ ކުންފުންނަކުން ކުރަން ޖެހޭ ކަމަށް ހަދާ އެމްޓީސީސީ އަށް ޓެކްސީ ކުރަން 1500 ކާރު ގަނެދޭންވީއޭ ޓެކްސީ ޑްރައިވަރުން ވެސް ދުއްވާނެ އެމްޓީސީސީ ދުއްވާނީ މާލެ ތެރެ10 ރުފިޔާ ހުޅުމާލެ އަށް 20 ރުފިޔާ ހުޅުމާލެ ތެރެ 10 ރުފިޔާއަށް އެއިރުން ޓެކްސީ ތައް ދުވަސް ކޮޅަކުން އަމިއްލަ މީސް މީހުން އަތުން ނެގިގެންދާނެއޭ އެއީއޭ އެކަން ކުރަން ޖެހޭނެ ގޮތަކީ..

    24
    5
  6. Anonymous

    ޔާﷲ، މި ނުބައި ވެރިޔާއަށް ދެވަނަ ދައުރެއް މިންވަރުނުކުރެއްވުމުގެ ހެޔޮ ތައުފީގު ދެއްވާށި.

    22
  7. ބަލާތި

    މިސަރުކާރަށް ޑޮލަރު ކިއޫ ނައްތާލަން ލިބުނު ނަމަ މިސަރުކާރުން ގެރިވަޅަށް ވެއްޓިގެން ގެރި ވަޅުން ނަގަން ޝަރީއަތް ކުރި ގޮތަށޭ އެކަން ކުރާނީ ޑޮލަރު ކިއޫ ވެސް ރާއްޖޭން މަމެން ޕިންކީން އޯވަރ ނައިޓަކުން ނައްތާލީމޭ ހަމަ އެގޮތަށް މަމެން ޕިންކީން ވެރިކަމަށް އަތުވެއްޖެނަމަ ޓެކްސީ ތައް މާލެ ސަރަހައްދުގައި ކުރާނީ އެމްޓީސީސީންނޭ މާލެ ތެރެ ދުއްވާނީ 10 ރުފިޔާ އަށް އަދި މާލޭން ހުޅުމާލެ އަށް 20 ރުފިޔާ އަށް ޑްރައިވަރުން ޓެކްސީ ދުއްވާ ރާއްޖެތެރޭގައި މީކުރަންޖެހޭ ގޮތަކީ...

  8. އިދުރީސް

    ތިހުރިހާ ކަމެއްގޯސްވެގެން ބަދަލުކުރިވެރިކަމުން މިހާރު ފެއްނަމުން މިދަނީ ކޮންކޮން ކަމެއްތޯ! ކަރައެއް 3/4 ފޮޗަށް ފަލިކޮއްފަ ކާލަށްކާންދިނުންފަދަ.

    14
  9. Anonymous

    ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމަކީ ކޮބާކަން ފުލުހުންގެ ޤާނޫނުގައި ބަޔާންކުރަންޖެހޭ. ޤާނޫނު ހުއްދަކޮށްފައިވާ ކަމެއް މުޒާހަރާކުރުމަކީ ޖިނާއީ ކުށެއްނޫން. ފުލުސްމީހާގެ ދައުރަށް ހުރަސް އަޅަން މީހަކު ކުރުޢަމަލީ ހަތިޔާރެއް ބޭނުންކުރުން ނުވަތަ މާރާމާރިއެއް ހިންގުފަަދަ ޢަމަލެއްނަމަ ޝަރުޠެއް ކުރެވިދާނެ ކުރު މުއްދަތަކަށް. ޖިނާއީ ބޮޑެތި ކުށްތައް ނުވަތަ ވައްކަން ފޭރުންފަަދަ ޢަމަލުތައް ކުރާ ފަރާތްތައްނަމަ ޝަރުޠުކުރެވިދާނެ
    އަދި ކްރިމިނަލް ކޯޓުގެ އަމުރުގެ ޝަރުޠަކީ ޤާނޫނުގެ ބޭނުން ނަހަމަގޮތުގައި ހިފާ ޤާޟީކޮށްފައިވާ އަމުރެއް.

    11
    1
  10. ހުސެން

    މިއީ އިބޫގެ އަންދާ ގާނޫން ގެ 2 ވަނަ ބާބު !

    25
  11. 💯

    ޗެނަލް 13ގެ ސީއީއޯ ކޮންމެ ދުވަހެއްގެ 12 ގަޑިއިރަށް ގޭބަންދަށް!!!! ގާޒީ ސަބަބުވެރި ވިސްނުމަކުން ވިސްނާފަ ކޯޓުން އެންގީ އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ގޭބަންދު !! ގާޒީ ބޮޑު ޖޯކު ކުށެއް ނުކުރާ މީހަކަށް އަނެއްބާރަ ގަޑިއިރު ބޭރުގަ އުޅެއް ހުއްދަ ދިނީ ގާޒީގެެ ރައުޔުން އޭނަ ކުށެއް ނުކުރާކަން ސާބިތުވާތީ ކީއްވެހޭ އޭނަ އަނެއް 12 ގަޑިއިރު ގޭބަންދު ކުރީ ހުދު ގާޒީންނަށް ވެސް ނޭގޭ ގާޒީ އަށް ކުރެވޭ ހުކުމެއްވެސް !! ގާޒީން ބާއްވާ ސަރީއަތުގެ މަޖިލިސް ޓިވީން ލައިވް ކުރުމަކީ ވަރަށް މުހިިންމުކަމެއް އޭރުންތާ ރައްޔިތުންނަށް އެގޭނީ ގާޒީން ބޮޑު މުސާރަ ކާގެން ހަރާން ހުކުުން ކޮށްގެން ކިތައްމަރަށް އިންސާފު ނުލިބޭ ބައެއްފަހަރު ގާޒީ ކުރާ ހުކުމުން ސިފަވަނީ މަރުވެ ދިޔަމީހާ މަރުވެ ދިޔައީ އަމިއްލަޔަށޭ އަދި ގާތިލު މިނިވަންވީ މީ ގާޒީންގެ ފެންވަރު ކީކުރާނީ އާހިރަތުގާ ގާޒީން ނާމެދު .............

    22
  12. ރާއްޖެތެރެ

    މި ސަރުކާރު ކަޑަ

    22
    2
  13. ޑރ ސާޖީ

    ނޫސްވެރިއެއްތަ.ސިޔާސީ މީހެއްތަ؟

    6
    8
  14. ސަމިކްސާ

    ވޯރކް ފްރޮމް ހޯމް!

  15. ތވޔހޔ

    ރަނގަޅު ދަންވަރަށް ފެލޭ ހުރިހާ އެންމެނަށް އަދި ފޮނިކަނޑާ މީހުނަށް މިހެން ހަދަންވީ