ފުލުހުން ތަހުގީގް ކުރަމުންދާ ވައްކަމުގެ މައްސަލައެއްގައި ބިދޭސީއަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.

ފުލުހުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށް އުމުރުން 25 އަހަރުގެ ކަޝެމް ކަމަށެވެ.

އޭނާ ހޯދަނީ ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވާތީ ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް ކަޝެމް އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ އާއި އާއިލާއަށްވެސް އޭނާ އުޅޭ ވަކި ތަނެއް އެނގިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށް ފުލުހުން ބުނެއެވެ.

ކަޝިމް ފުލުހަށް ހާޒިރު ކުރަނީ ވައްކަމުގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކޮށް މައުލޫމާތު ސާފުކުރުމަށް ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

އިއުލާނުގައި ބުނެފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހެނދުނު 10:00 ޖަލާއި ކަޝިމް ހާޒިރުވުމަށް އަންގާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހެހެހ

    މިރާއްޖެދެން ސަލާމަތެއް ނުވާނެ ، ބިދޭސީން މުޅިމިތަން ހިސާރުކޮށްފި ، ކަނޑުލެއް ރަނޑުލެއް ވައްކެއްނުވޭ ، މުޅި ހުޅުމާލެއަށް ބެލިއަސް ސިނާއީ ސަރަހައްދުގައި ކުދިކުދި ގޯޅިތަކުގައި ބިދޭސިން އެބައުޅޭ ، ހުޅުމާލެ ފަޅުތެރޭގައިހުރި ކުދި އޮޑިފަހަރުގައިވެސް އެހާބާވަރު ، ސިފައިންނާއި ފުލުހުން މިކަން ބަލާތަ ،

    • މުއައްޓޭ

      ނުބަލާ 😃