މާލެ އާއި ވިލިމާލެއާ ދޭތެރޭގައި އޮންނަ ވޭލް ސަބްމެރީން އިން ރާއްޖޭގައި ޖުމްލަ 11،000 ޑައިވްކޮށް ރެކޯޑެއް ހަދައިފިއެވެ.

ވޭލް ސަބްމެރީން އިން ބުނީ 11،000 ވަނަ ދަތުރު ހަމަކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. މިއީ ދިވެހި ކުންފުންޏަކުން ރާއްޖެ އަށް ހޯދައި ދިން ބޮޑު ކާމިޔާބީއެއް ގޮތުގައި އެ ކުންފުނިން ބުނެއެވެ.

ވޭލް ސަބްމެރިން

އެތަނުން ބުނި ގޮތުގައި ފާއިތުވެދިޔަ 22 އަހަރު އެ އުޅަނދު ވަނީ 350،000 ފަތުރުވެރިން ގޮވައިގެން ކަނޑު އަޑީގައި ދަތުރުކޮށްފައެވެ.

އަދި ޕަސެންޖާ ސަބްމެރިން އޮޕަރޭޝަންގައި ދުނިޔޭގައި އެއް ވަނައަށް ވޭލް ސަބްމެރިން އަރާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ވޭލް ސަބްމެރިންގެ ދަތުރުތައް ކުރަނީ ދުވާލު އެކަންޏެވެ. ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ސަބްމެރިންގައި ވިލިމާލެ ކައިރިން މޫދުގެ އަޑިއަށް ފީނައެވެ. ވޭލް ސަބްމެރިން އަކީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ހިއްސާ އޮންނަ ކުންފުންޏަކުން އޮޕަރޭޓް ކުރާ އުޅަނދެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަރީ

    ވޭލް ސަބްމެރިންއިން މިތާ އުޅޭ ސިޔާސީ ހައްދުފަހަނެޅި މީހުންތަށް ގެންގޮސް ކާށިދޫ ކަނޑުގެއަޑީގައި ބައިތިއްބާފައި އަންނަންވީނޫންތޯ. މިވެރިންގެ ބަލާވެރިކަމާހުރެ ގައުމު މިދަނީ ނެތެމުން.

    17
    1
  2. ހުސެންް

    ތިއީ ހުރިތަނަށް އަޑިއަށްގޮސް މައްޗަށް އަރާއެއްޗެއް. ދުއްވަނީކީނޫން. ސާވިސް އެހާކަޑަ. އަބަދު ޑިލޭވެފަ. ކޮންމެވެސް އެހެންބަޔަކު ތިވިޔަފާރީގެ ތެރެއަށް ވަންނަން އެބަޖެހޭ.

    4
    2