ކުޑަ ކުދިންނަށް ބޯން ދޭ ދިޔާ ބޭސްތަކެއްގައި ނުރައްކާތެރި މާއްދާތަކެއް ހިމެނޭތީ އެކަމަށް ސަމާލުވާން ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން މިއަދު އިލްތިމާސްކޮށްފިކޮށްފިއެވެ.

އެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ތަޣައްޔަރުވެފައިވާ އަދި ސިއްހަތަށް ނުރައްކާތެރި މާއްދާތަކެއް ހިމެނޭތީ ޑަބްލިއުއެޗްއޯއިން ހެލްތު އެލާޓެއް ނެރެފައިވަނީ އިންޑިއާގެ ކުންފުންޏަކުން އުފައްދާ އެމްބޮރޮނޮލް ކަފް ސިރަޕާއި ޑޮކް-1 މެކްސް ކިޔާ ދިޔާ ބޭހަކަށް ކަމަށެވެ.

މި ދެ ބޭހަކީ ރާއްޖެ އެތެރެ ކުރުމަށް ހުއްދަ ދީފައިވާ ބޭސްތަކެއް ނޫނެވެ.

އެކަމަކު، އެފްޑީއޭ އިން ބުނީ ބޭސް ސިޓީ ލިޔެދީގެން އެ ބޭސް އެތެރެވުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ. އެހެންވެ، އެކަމަށް ސަމާލުވުމަށް ވަނީ އެދިފައެވެ.

އަދި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާ އިރު ހާއްސަ ސަމާލު ކަމެއްދީގެން ޕޯޓްތަކުގައި ބަލައި ފާސް ކުރަމުން ގެންދާނެ ކަން ބަޔާނުގައި ފާހަގަ ކުރިއެވެ.

އެފްޑީއޭ އިން ބުނީ އެ ދެ ބޭސް ތަޣައްޔަރުވެފައި ވަނީ އެތެލީން ގްލައިކޯލް އަދި ޑަޔަތެލީން ގައިކޯލް ކިޔާ ދެ މާއްދާއަކުންނެވެ.

އެ ދެ ބޭހާ ގުޅިގެން ޑަބްލިއުއެޗްއޯއިން އެލާޓް ނެރުނީ އެ ދެ ބޭސް ބުއި އުޒްބަކިސްތާން ކުދިންތަކެއް މަރުވުމުންނެވެ. މެރިއޯން ބަޔޯޓެކް ކިޔާ ކުންފުނިން މިހާރު ވަނީ އެ ދެ ބޭސް އުފެއްދުން ހުއްޓާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ސަރުކާރުގެ ބޮޑުންނަށް ބައިއަޅައިގެން ގެންނަ ބެހުގައި ތިފަދަ ކަމެއް ހުރެދާނެ

    24
  2. ޢ

    ޑަބްލިއު އެޗްއޯއިން މިބޭސް ނުރައްކާކަމައް ބުނިނަމަވެސް މިބޭސް އުފައްދާ އިންޑިޔާގެ ކުންފުނިން އަދިވެސް އެކަންގަބޫލެއްނުކުރެ

    11
    1
    • ޙސހސ

      އެހެންވެއްޖެޔާ މިމީހުންވެސް ގަބޫލުކުރާނެބާ. ދަށުވެ ނަގޫފިތިފަ ތިބިބަޔަކަށް ގަބޫލު ކުރަން އުދަގޫވާނެ ދޯ

  3. Anonymous

    ރާއްޖޭގައި ވިއްކާ ބައެއް ބޭހުގައި ލިޔެފަ އެބަހުރި މި ބޭސް ބޭނުންކުރީމާ ކެންސަރު ޖެހޭނެޔޭ. ނަމަވެސް އެފަދަ ބޭސް ވެސް ބައެއް ބޭސްފިހާރަތަކުން ދަނީ ވިއްކަމުން.